ކުށެއް ކުރުމަށް ފަހުގައި ގިނަ ކުށްވެރިން ކުރާ ކަމަކީ ފިލުމެވެ. މިއީ އެފަދަ ގޮތަކަށް ކުށެއް ކުރުމަށް ފަހު ފިލި މީހެއްގެ ވާހަކައެވެ. ނަމަވެސް މި މީހާ ފިލައި އޮތް ތަން ފަޅާ އެރީ ވަރަށް ވެސް އާދަޔާ ހިލާފް ގޮތަކަށެވެ.

އެމެރިކާގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާ އެއްގައި ކުރާ އެ މީހާ ހައްޔަރު ކުރުމަށް ފުލުހުން އައުމުން އެ މީހާ ވަނީ ބޮޑު ގަސްތަކެއްގެ ތެރެއަށް ވަދެ ފިލައިފައެވެ. މިކަމާއި ގުޅިގެން ފުލުހުން އެމީހުންގެ ކުއްތާތައް ބޭނުން ކޮށްގެން އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ނަމަވެސް، އެ މީހާ ފެނުނީ ކުއްތާ އަކަށް ނޫނެވެ. ފިލައި އޮވެ ޖެހި ބާރު ފޮޑި އެއްގެ ސަބަބުން ފުލުހުން ވަނީ އެ އަޑު އައި ދިމާލަށް ވަގުތުން ގޮސް ބަލައިފައެވެ. އަދި އެ ފޮޑި ޖެހީ އެ ޑްރަގް ޑީލަރުކަންވެސް ފުލުހުންނަށް ހާމަވިއެވެ.

މި ހާދިސާ ހިނގައި ދިޔަ ގޮތް ފުލުހުން އެމީހުންގެ ފޭސްބުކް ޕޭޖުގައި އެ ޑްރަގް ޑީލަރަށް މަލާމާތް ކުރަމުން ހިއްސާ ކޮށްފައި ވާއިރު، މި ހަބަރު މިހާރު އަންނަނީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ދައުރުވަމުންނެވެ. އަދި އެ މީހާ ހައްޔަރު ކުރި ފުލުހުންނަށް ތައުރީފްތައް އޮހެމުން އަންނަ މި ދަނޑިވަޅުގައި ފޮޑި ޖެހި މީހާ އަށް ގިނަ ބަޔަކު ޖޯކު ޖަހަމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔާ

    ހައްހާ....ހީހީ ހަލާކު ވެއްޖެ..

    19
    1
  2. ހުސޭނުބޭ

    ހާޖަރާގޭ ލުތުފީ ލަންކާ އެމްބަސީގައި އޮވެގެން ފޮޑިނުޖަހާކަމަށްވަނީ! އެހެންވެގެންނޯ ރާއްޖޭ ފުލުހުންނަށް އެކަން ނޭގުނީ!

    36
    2
  3. Ali rafeeu

    ލޮލު....ހިހިހީ...

    10
    1