ރަޝިއާގެ ކޯރަކަށް ދިވެހިރާއްޖޭގެ ނަމުން ނަން ދީގެން އުޅޭ ޚަބަރެއް މީގެ ހަފްތާއެއްހާ ދުވަސް ކުރިން މީޑިއާގައި ގެނެސްދީފައި ވެއެވެ. މިއަދު ދިވެހިރާއްޖެ އެއް އޮތް ޚަބަރު ލިބެނީ އެމެރިކާ އިންނެވެ.

ގަލްފް އޮފް މެކްސިކޯ ކައިރިން ފްލޮރިޑާގައި އޮތް ރީތި އަތިރިމައްޗެއް ދޮންވެލިން އޮންނާތީ އެސަރަހައްދަށް ޒިޔާރަތް ކުރާ މީހުން އެސަރަހައްދަށް ކިޔަނީ "ދިވެހިރާއްޖެ" ކަމަށް އެމެރިކާގެ ނޫހެއްގައި ބުނެފައި ވެއެވެ.

މިސަރަހައްދުގެ އަތިރިމަތި ދޮންވެލިން އޮންނަތާ އަހަރުތަކެއް ވެފައި ވީނަމަވެސް މިއީ ދިވެހިރާއްޖެ ފަދަ ތަނެއްގެ ގޮތުގައި މީޑިއާތަކުން މީގެ ކުރިން ރިޕޯޓް ކުރި ކަމެއް އެނގިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މިހާރު މިއީ ދިވެހިރާއްޖެ ފަދަ ތަނެއްގެ ގޮތުގައި މީޑިއާތަކުން ރިޕޯޓް ކުރަމުން ދަނީ ރާއްޖޭގެ މައުލޫމާތު މިހާރު އެމެރިކާ މީހުންނަށް ވެސް ފަސޭހައިން ލިބި ރާއްޖޭގެ މަގުބޫލްކަން އިތުރު ވެފައި ވާތީއެވެ.

"ދިވެހިރާއްޖޭގެ ރީތި ކަން މިސަރަހައްދުން ވަރަށް ފުރިހަމަ އަށް އެބަ ފެނޭ." ފްލޮރިޑާގެ އަތިރިމައްޗަށް ޒިޔާރަތް ކުރި މީހަކު ބުނެފައިވެއެވެ.

ފްލޮރިޑާގެ އަތިރިމަތި ވެފައި ވަނީ މިހާރު ބޮޑެތި މީހުންނާއި ކުޑަކުދިންގެ މެދުގައި ވެސް ވަރަށް މަގުބޫލް ތަނަކަށެވެ.

ދިވެހިރާއްޖެ އާއި އެމެރިކާ ދުރުކަމުން އެމެރިކާގެ ފަތުރުވެރިން ރާއްޖެ އަށް ދަތުރު ކުރާ މިންވަރު ވެސް މަދެވެ. ނަމަވެސް ހޮލީވްޑްގެ މަޝްހޫރުތަރިންނާއި، އެމެރިކާގެ މަހުޖަނުންނާއި މަޝްހޫރު ބޭފުޅުންގެ މެދުގައި ރާއްޖެ އަކީ މަގުބޫލް މަންޒިލެކެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އެމެރިކާގެ ބިލިއަނަރު ބިލް ގޭޓްސް ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުންނާއި، ދަނބިދަރިކަލުން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަގޭ ޚިޔާލު

    ދިވެހިރާއްޖޭގެ ނަމުން ނަން ދޭ ކޮންމެ ތަނަކީ ދިވެހިންގެ ތަރިކައެއް ކަމަށް ހަމަޖައްސާ މަޖިލީހުން ފާސްކުރަންޖެހޭ. ދިވެހިރާއްޖޭގެ ނަން ބޭނުންކޮށްގެން، އެހެން ބަޔަކު އެއްވެސް ގޮތަކަށް ފައިދާއެއް ހޯދިޔަދީގެން ނުވާނެ.

    37
    3
    • ހުސޭނުބޭ

      ޝާހިދު ގާތު ބުނެބަލަ އެއްބަސްވުމެއްގެ ދަށުން އިންޑިޔާއަށް ދިވެހިން އަޅުންގެ ގޮތުގައި ވިއްކާލި ފަދައިން ދިވެހިރާއްގޭގެ ނަންދޭ ގޮނޑުދޮށެއްގައި ހުންނަ ދޮންވެލިކޮޅު ފްލައިޓަށް އަޅައިގެން ގެންނާށޭ!

  2. އ. ޖ. އ

    މި ރަށުގައި ޝާނީ ވެސް އުޅޭ

    5
    5
  3. ހާޝިޔާ

    ސަޅި ދޯ

    10
    1