"ގޭމް އޮފް ތްރޯންސް" އިން ބެލުންތެރިންގެ ބޮޑު މަގުބޫލް ކަމެއް ހޯދި ސޯފީ ޓާނާ އާއި ލަވަކިޔުންތެރިޔާ ޖޯއީ ޖޯނަސް ރާއްޖޭގައި ހަނީމޫން ހޭދަކުރަމުން ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި އާއްމުކޮށް ރާއްޖޭގެ ރީތިކަން ދުނިޔެއަށް ދައްކާލައިފިއެވެ.

ސޯފީ އާއި ޖޯއީ ތިބީ ސޮނޭވާ ފުށީގައެވެ.

ސޯފީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ "މިއީ ސުވަރުގެ. ޖާދުލެއް ފަދަ ތަނެއް މިއީ"

ޖޯއީ ކުރި ޕޯސްޓެއްގައި ބުނީ އުފާވެރިކަން އޮތީ މިތަނުގައި ކަމަށެވެ.

https://www.instagram.com/p/Bz5YdETBtGn/

https://www.instagram.com/p/Bz5ZTeqBMt-/

ސޯފީ އާއި ޖޯއީ ރާއްޖޭގެ ފޮޓޯތަކެއް އާއްމު ކޮށްފައި މިވަނީ ހަނީމޫން ނިންމުމަށް ފަހު ރާއްޖެ އިން ފުރި ފަހުންނެވެ. ރާއްޖެ އިން ފުރައިގެންދަމުން ޕްރައިވެޓް ޖެޓެއްގައި އިނދެ ނަގާފައިވާ ވީޑިއޯއެއް ސޯފީ ހުކުރު ދުވަހު އާއްމު ކޮށްފައިވެއެވެ.

ސޮނޭވާފުށީގައި ސޯފީ އާއި ޖޯއީ ޗުއްޓީ ހޭދަކުރި ވިލާގައި އެންމެ ރެޔަކު މަޑުކޮށްލަން ވެސް 14270 އެމެރިކާ ޑޮލަރު (ދެލައްކަ ވިހިހާސް ދިވެހި ރުފިޔާ) ދައްކަން ޖެހޭނެއެވެ.

ސޯފީ އާއި ޖޯއީގެ މިލްކިއްޔާތު 30 މިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް ވެއެވެ.

ސޮނޭވާފުއްޓަކީ ރާއްޖޭގެ އެންމެ ނަން މަޝްހޫރު އެއް ރިސޯޓެވެ. މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި އެންމެ މަޝްހޫރު އެންމެ ބޮޑެތި މުއްސަނދިން އެންމެ ގިނައިން މަޑުކުރި އެއް ރިސޯޓަކީ ވެސް އެއީ އެވެ. ދުނިޔޭގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ޑޭވިޑް ބެލަމް ފަދަ މީހުން އާއިލާ އާއި އެކު މީގެ ކުރިން އެތައް ފަހަރަކު ސޮނޭވާފުށީގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަޅޭ

    ޑޭވިޑް ބެލަމް އެއީ ކޮންބައްތަރު މީހާ

    6
    1
  2. ފެކްޓް ޗެކް

    އިޓްސް ނޮޓް "ޖޯއީ"

    6
    1