އިންޑިއާގެ ޑްރާމާ ސީރީޒް ތަކުގައި މަޝްހޫރު ކަން ހޯދި އަދި ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު އަނީތާ ހަސަންދާނީ ދެން ފެނިގެންދާނީ އެކްތާ ކަޕޫރުގެ "ހައިވާން" އިން ކަން އިއުލާން ކޮށްފިއެވެ.

މަޝްހޫރު ޝޯ ނަޗް ބަލިޔޭ 9 ގެ ފަހުން "ހައިވާން" ވެގެން ދާނީ އަނިތާ ދެން ފެނިގެންދާނެ ޓެލެ ޑްރާމާއަށެވެ.

މި ޑްރާމާގެ ލީޑް ރޯލުން ރަދީމާ ޕަންޑިތް އަދި ޕަރަމް ސިންގް ފެނިގެން ދާއިރު އަނިތާ ފެނިގެންދާނީ ނެގެޓިވް ރޯލުންނެވެ.

މި ރޯލުން އަނިތާ ފެންނާނެ ކަން އިއުލާން ކުރި އިރު މީގެ ކުރިން ދަރިއަކު ހޯދާ އަމިއްލަ ދިރިއުޅުމެއް ފަށަން އުޅޭ ކަން އަނީތާ ވަނީ ހާމަ ކޮށްފަ އެވެ.

އަނީތާ ގިނަ ބަޔަކަށް އެނގިގެން ދިޔައީ "ޔޭ ހޭ މޮހައްބަތައިން" އިން ޝަގުންގެ ރޯލުންނެވެ. އެޝޯގެ އިތުރުން "ނާގިން" ގައި ވެސް މަސައްކަތް ކުރިއެވެ. އަނީތާ ވަނީ ގިނަ ބޮލީވުޑު ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

އަނީތާ ވަނީ ހިންދީ ފިލްމާއި ޑްރާމާގެ އިތުރުން، ތެލުގޫ ޓެމިލް އަދި ކަންނަޑާ ބަހުން އުފައްދާފައިވާ ފިލްމާއި ޑްރާމާތަކުގައި ވެސް ހަރަކާތްތެރި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު