އަންހެނަކު 300 އަހަރުވީ ޖިންނި އަކާއި ކައިވެނިކޮށްފި އެވެ.

ނޮދަން އަޔަލޭންޑްގެ އަމަންޑާ ލާޖް ބުނީ އޭނާ 300 އަހަރުވީ ކަނޑުފޭރޭތަ ޖިންނިއަކާއި ދިމާވީ މީޑިއޭޓް ކުރަނިކޮށް ކަމަށެވެ. އެތައް މަހެއް ވަންދެން ޖިންނީންނާއި ވާހަކަ ދައްކާ އަމަންޑާ މި ޖިންނި ދުރަށް ދިޔުމަަށް އެދުމުން ވެސް ދެ ފަހަރެއްގެ މަތިން ވަނީ އަމަންޑާ އާއި ވާހަކަ ދައްކަން މައްސަކަތް ކޮށްފައެވެ.

އަމަންޑާ ބުނިގޮތުގައި އޭނާ އެންމެ ފަހުން ނިންމީ ޖިންނިއާއި ވާހަކަ ދައްކާށެވެ. އަމަންޑާ އަށް މި ޖިންނީގެ ޖާދޫގައި ޖެހި ލޯބިވީ ކަން ހާމަކުރަމުން އޭނާ ބުނީ 2016 ވަނަ އަހަރު އެޓްލާންޓިކް ކަނޑުގައި އޮތް ނަވެއްގައި މި ޖިންނިއާއި ކައިވެނިކުރި ކަމަށެވެ.

އަމަންޑާ ބުނީ އޭނާ ޖިންނި އާއި މުއާމަލާތް ކުރަން ފެށީ 3 މަހުގެ ދަރިފުޅު 2010 ވަނަ އަހަރު މަރުވި ހިސާބުނެވެ. އަމަންޑާ ޖިންނިއަކާއި ކައިވެނިކުރިކަން އެންމެ ފުރަތަމަ މީޑިއާތަކަށް ތިލަވީ 2018 ވަނަ އަހަރު އެވެ.

އިންސީންނާއި ޖިންނީން ލޯބީގެ ގޮތުން ގުޅުން ނުވަތަ ކައިވެނިކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.

މާތް ﷲ އިންސާނުންނަށްޓަކައި ލައްވާފައިވަނީ އިންސާނުންގެ ޖޯޑެވެ.

އަދި ކައިވެނި ކުރުމުގެ ހުއްދަ ދެއްވާފައިވަނީވެސް އިންސާނުން އިންސާނުންނާއެވެ.

މިކަމާއި ޚިލާފުވާ ފަރާތްތަކަށް ދުނިޔޭގެ ލައްޒަތުން ވަގުތީ އުފާވެރިކަމެއް ލިބުނު ކަމުގައި ވީނަމަވެސް ދާއިމީ ހިތާމައާއި ކުރިމަތިލާން ޖެހޭނެކަމާއި މެދު ޝައްކެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޫތުއްފާށަނާ

    ލިޔުން ތެރިޔާ އަކީ މުފްތީ އެއްތޯ

    2
    10
  2. އިހުސާނާ

    މީ ހަމަ ތެދެއްބާ؟

    3
    4
  3. ޝާން

    މިވެސް ދެން ހަބަރެއްތޯ؟ ހަބަރު ގެނެސް ދޭ ނޫސްތަކުން ވަގުތު އިޒް ތަ ބެސްޓް.