ފޮޓޯ އިން ތިޔަ ފެންނަނީ ރަނގަޅަށެވެ. އެ ސާރިދޯޅު އެ ހުރީ ލަގްޒަރީ ރިސޯޓެއްގެ ބެލްކަނީގައި އަރަމުން އަންނަ އިރަށް ބަލަހައްޓައިގެންނެވެ. ކާނާ ހޯދުމަށް ޖަންގަލީގައި މާ ބުރަކޮށް އުޅެފައި އޭތިވެސް ޗުއްޓީ އެއް ބޭނުންވީ ކަމަށް ވެދާނެއެވެ.

އެމެރިކާގެ ނިއު ހެމްޝިއާގައި ހުންނަ ލަގްޒަރީ ރިސޯޓެއް ކަމުގައިވާ އޮމްނި މައުންޓް ވޮޝިންގްޓަން ރިސޯޓުގައި މި ސާރިދޯޅަ ހުއްޓައި ފެނިފައި ވަނީ އެތަނުގައި މަސައްކަތް ކުރަމުން އަންނަ ގީސްމަން އަށެވެ.

ގީސްމަން ބުނި ގޮތުގައި ހެނދުނު ތެދުވެގެން ފަރުބަދަ ތަކުގެ ފޮޓޯ އެއް ނަގައިލުމަށް އޭނާ ނިކުތް ވަގުތު އެ ސާރިދޯޅު ސިޑިން މައްޗައް އަރާތަން ފެނުމުން އޭތި ފަހަތުން ދިޔައީ އެވެ.

އަޑުގަދަ ކުރުމުން ސާރިދޯޅަ ދަނީ

ގީސްމަން މައްޗައް އަރައި ބެލި އިރު އެ ސާރިދޯޅު ހުރީ ފޮޓޯގައި އެ ފެންނަ ފަދައިން ބެލްކެނިން ބޭރުން ފެންނަ ރީތި މަންޒަރަށް ބަލަހައްޓައިގެންނެވެ. އެހެނީ އޭތި ޖަންގަލި ތެރޭ އުޅޭ އިރު ފެންނަ ގޮތާއި އެ ރިސޯޓުން ފެންނަ މަންޒަރު ވަރަށް ތަފާތު ވާނެއެވެ.

އެ މަންޒަރު ބަލަން ސާރިދޯޅު އިރުކޮޅެއް ވަންދެން ހުރުމަށް ފަހު ގީސްމަން އޭތި ފޮނުވާލުމުގެ ގޮތުން އަޑުގަދަ ކުރަން ފެށުމުން އޭތި ވަނީ އެތަނުން ގޮސްފައެވެ.

މާ ބޮޑަށް އަޑުގަދަ ރިސޯޓެއްގައި ހުންނަން ބޭނުން ނުވުމުން އެހެން ރިސޯޓަކަށް ދިޔައީ ކަމަށްވެސް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައި

    ވަޓް އަ ބުލް ޝިޓް

    6
    7
  2. ސާރިދޯޅު

    އޭނަ އަށް ވެސް މާ ކަމުދިޔައީ އިރު އަރާ މަންޒަރާ ލަގްޒަރީ އެޕާޓްމަންޓް. އަލަށް ކަންނޭގެ އެފެނުނީ ވެސް

    10