ކޮމީޑީއަން ސިދާތް ސަގަރް ގެއްލިގެން ހޯދަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ އުޅެނީ ފިލައިގެންނެވެ. ކީއްވެކަމެއް އެއްގޮތަކަށްވެސް ހާމަކޮށްފައެއް ނުވެެއެވެ. އެހެން ނަމަވެސް ވަރަށް ފަހުން އޭނާ ވަނީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ފިލައިގެން އުޅޭ ސަބަބު ހާމަކޮށްފައެވެ.

ސިދާތް އަކީ ކޮމެޑީ ސާކަސް، ކޮމެޑީ ނައިޓްސް، ކޮމެޑީ ކްލާސެސް ފަދަ ޝޯވތަކުން ފެނިގެން ދިޔަ ފަންނާނެކެވެ.

ވީޑިޔޯއެއް މެދުވެރިކޮށް އޭނާ ފިލައިގެން އުޅޭ ސަބަބު ހާމަކޮށްފައިވާއިރު، އޭނަ ބުނީ ޖެހުނީ އާއިލާ ތެރޭގެ މައްސަލައެއް ކަމަށެވެ. އަދި އާއިލާގެ ފަރާތުން އޭނާއަށް ނަފްސާނީ ގޮތުން ގެއްލުން ކުރިމަތި ކުރުވަމުންދާ ކަމަށެވެ. އެކަމާއި ގުޅެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.

"އަަހަރެން މިވަގުތު މިހިރީ ވަރަށް ރައްކާތެރިކަމާއެކު. މިކަމާއި ގުޅޭ ތަފްސީލުތައް ކުރިއަށް އޮތް ދެ ދުވަހެއް ނޫނީ ތިން ދުވަސް ތެރޭ ހާމަ ކުރާނަން"

ސިދަތްގެ މަންމަ ބުނިގޮތުގައި، ސިދާތް ފިލައިގެން އުޅެނީ ޑެންގޫ ޖެހިގެންނެވެ. އެހެން ނަމަވެސް އެކަން ސިދާތްގެ ބައްޕަ ދޮގުކުރެއެވެ.