މަރުނުވާ މީހެއް، މަރުވިކަމަށް ކަނޑައަޅާ ޕޯސްޓްމޯޓަމް ހަދަން އުޅުނު މައްސަލައެއް، އިންޑިޔާއިން ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އިންޑިޔާގެ މަދިޔާ ޕްރަދޭޝްގެ ހޮސްޕިޓަލެއްގައެވެ.

"އިންޑިޔާ ޓައިމްސް" ގައި ބުނެފައިވާ ގޮތުގައި 24 އަހަރުގެ ހިމަންޝޫ ބަރްދުވާޖް ނަމަކަށް ކިޔާ މީހަކު، ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ސައިކަލު އެކްސިޑެންޓެއްގައި އަނިޔާވެގެންނެވެ. ޑޮކްޓަރުން ބެލި ބެލުންތަކުން އެމީހާގެ ސިކުނޑިއަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބިފައިވާކަން ހާމަވިއެވެ. އަދި، އެކަންކަން ބަލަން އެހެން ހޮސްޕިޓަލަކަށް ފޮނުވާލާފައިވެއެވެ.

ފޮނުވާލި ހޮސްޕިޓަލުން ބެލުމަށްފަހު، އެމީހާގެ ސިކުނޑި މަރުވެފައިވާކަމަށް ބުނެ ވަނީ ކުރިން ބެލި ޗިންދްވަރާ ހޮސްޕިޓަލަށް ފޮނުވާލާފައެވެ. އެއަށްފަހު، ބެލި ބެލުންތަކަށްފަހު، ހިމަންޝޫގެ ފުރާނަ ނެތްކަމަށް ކަނޑައެޅިއެވެ. އަދި އޭނާގެ ޕޯސްޓްމޯޓަމެއް ހެދުމަށް ޗިންދްވަރާގެ ހޮސްޕިޓަލުން ނިންމިއެވެ.

ޕޯސްޓްމޯޓަމް ހަދަން ތައްޔާރުކޮށް، ހިމަންޝޫ މޯޗަރީއަށްވެސް ގެންދެވުނެވެ. އޭނާގެ ހަށިގަނޑުން ހަރަކާތްތަކެއް ކުރާކަމުގެ ނިޝާންތަކެއް ފެނުނީ، އިއްޔެ މެންދުރުފަހު، ޕޯސްޓްމޯޓަމް ކުރިއަށް ގެންދާ މީހުންނަށެވެ.

މޯޗަރީގެ ފަރާތްތަކުން މިކަން ވަގުތުން ޑޮކްޓަރުންނަށް އަންގާފައިވާއިރު، ޑޮކްޓަރުންގެ ޓީމެއްވަނީ މޯޗަރީއަށް ގޮސް ފަރުވާ ދޭން ފަށާފައެވެ. އަދި، އެއަށްފަހު އޭނާ ހޮސްޕިޓަލަށް ގެންގޮސް ދިން ފަރުވާތަކަށްވެސް އިޖާބަ ދެމުން އަންނަކަމަށް އިންޑިޔާ ޓައިމްސްގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ހިމަންޝޫގެ އާއިލާގެ މީހަކު ބުނެފައިވަނީ މިކަމުގައި އިހުމާލުވާ ޑޮކްޓަރުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޭލާ

    ބަލަ މިސަރުކާޜުން ލޯނު ނަގާތަ؟ މިހާރު ރައްޔިތުންގެ ބޮލުގައި ދަރަނި ނޯވޭދޯ؟

    5
    2
  2. ގައުމުގެ ދޫ

    ހޭލާ ނަމަކަށް ކިޔަސް ތިހުންނެވެނީ ދެބަން ދިހާރަ ވެފަ. ބަލަ ޚަބަރާ ނުވެސް ގުޅޭ ކޮމެންޓެއް ތިޔަ ކުރެއްވެނީ ކީއްވެގެން ތޯ އަހާލެވިދާނެތޯ؟

  3. ވާންޗޯ

    ކައެމެން ދެގޮލާވެސް ގޯސް. ލޮލް.