އެމެރިކާއިން ހަނދަށް ދިޔަތާ 50 އަހަރު ފާހަގަ ކުރަން އެންމެ ފުރަތަމަ ހަނދުގައި ހިނގި މީހާގެ ގޮތުގައި މުޅި ދުނިޔެ އަށް މަޝްހޫރުވި އެމެރިކާގެ އެސްޓްރޮނޯޓް ނީލް އާމްސްޓްރޯންގެ ސްޕޭސް ސޫޓް އާންމުކޮށް ދައްކާލައިފިއެވެ.

އެމެރިކާގެ ސްޕޭސް އެންޑް ނޭޝަނަލް މިއުޒިއަމްގައި މި ސޫޓް ދައްކާލުމަށް ފަހު އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ބުނީ މިސޫޓްގެ ވެރިފަރާތަކީ ހީރޯއެއް ކަމަށާއި އޭނާ މަތިން ދުވަހަކު ވެސް އެމެރިކާގެ ރައްޔިތުން އަދި މުޅި ދުނިޔެ ހަނދާން ނުނެތޭނެ ކަމަށެވެ.

ޖައްވީ އުޅަނދު އެޕޯލޯ 11 ގައި ނީލް އާމްސްޓްރޯންގެ ހަނދަށް 1969 ގައި ކުރި ތާރީހާއި ދަތުރުގައި ތިން ފަޅުވެރިން ކަމަށްވާ ނީލް އާމްސްޓްރޯންގް، ބަޒް އަލްޑްރިން އަދި މައިކަލް ކޮލިންސް ބައިވެރިވިއެވެ.

އިންސާނުން ހަނދަށް ދިޔަ ކަމަށް ގަބޫލު ނުކުރާ އެތަށް ބަޔަކު ތިބި ނަމަވެސް ނާސާައިން ބުނާ ގޮތުގައި އެޕޯލޯ 11 ނަން ދެވިފައިވާ ޖައްވީ އުޅަނދެއް ހަނދުގައި ޖެއްސި ކަމަށެވެ. ހަނދަށް ޖެއްސުމަށް ބޭނުންކުރި އުޅަނދަކީ ނިސްބަތުން ކުޑަ އުޅަނދެކެވެ.

ހަނދުގައި މިހާރުވެސް އެމެރިކާގެ ދިދަ އާއި އެސްޓްރޮނޯޓުންގެ ފިޔަވަޅުތައް އެބަ ހުއްޓެވެ. އޭގެ އިތުރުން އެސްޓްރޮނޯޓުން ބޭނުންކުރި ބައެއް ސާމާނުތައް ވެސް ވަނީ ހަނދަށް ދޫކޮށްލާފައެވެ. އެއީ އެމެރިކާގެ ޖައްވީ ހޯދުމުގެ މުހިންމު ނިޝާންތަކެކެވެ.

ޖަޕާން ,ޗައިނާ އާއި އިންޑިއާ އިން ވެސް ޖައްވީ ޕްރޮގްރާމްތައް ފުޅާކުރަމުން އަންނަ އިރު ނާސާ އާއި އެ ނޫން ވެސް ޖައްވީ އިދާރާތަކުން އަންނަނީ 2030ގެ އަހަރުތައް އަންނަންވާއިރަށް ހަނދަށް އެސްޓްރޮނޯޓުން ފޮނުވަން ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ހަނދަށް ދިއުމުގެ ގާބިލުކަން ލިބިފައި ހުއްޓަސް ކުރަންޖެހޭ ހަރަދާއި އަޅާ ބަލާ އިރު އިންސާނުން ހަނދަށް ފޮނުވުމަކީ ހަގީގަތުގައިވެސް ބޭކާރު ކަމެކެވެ. ސަބަބަކީ އިންސާނުންގެ ފުރާނަ ގުރުބާން ނުކޮށްވެސް މިހާރު ހަނދުގެ ދިރާސާތައް ކުރެވެން އޮތުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށަވިޔަނި

    ދުނިޔޭގައި މިހާތަނައްހެދި އެއްމެބޮޑު އެއްބުހުތާނު ދޮގު.

    10
    1
  2. އެނާ

    ކީއްވެ؟ ހަނދައް މީހުން ނުފޮނުވާ އެތިބެނީ! ތި، އަޅެ، ދޮގުހެދިޔަސް ބޮޑުވަރު ދޯ!
    ގަބުރުސްތާނަކަައް ގޮސްފަ ވެސް ބުނެދާނެ މިއައީ ހަނދައް ގޮސްފައެ!
    ހުސް ހޮޅިވާހަކަ!
    ދުނިޔޭގެ އޯޒޯން ފޫއަޅުވާލާފަ ދޯ ދިޔާ!
    ޤުރުވާނުގަވެސް އެބައޮތް ތިޔަބައިގަޑަށް ނޭރޭނޭ އުޑަކަށް!
    ވަކިހިސާބަކައް ދާއިރިށް ފޭލްވާނެ ދެން ކޮން ވާހަކައެއް މިދައްކަނީ ރުޅިއަރުވާން!
    ލައްކަ ވަރު ކޮއްފިންދޯ ގައިބު ހޯދާން ތިކަމެއްެސް ނުވާނެ ! ﷲ ދެއްވި ނިއުމަތައްވެސް ސުކުރުވެރިވާން ދަސްކޮއްބަލަ!
    އަހަރެމެންގެ ދަރިންގެ އީމާންތެރިކަން ބަލިކުރަން ފާާާޑު ފާޑުގެ ބުހުތާން ދޮގު ވާހަކަ ނުފަތުރާހިމޭނުން ތިބީޔާ މާރަނގަޅުވާނެެ!

    8
    2