އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ކައިވެނީގެ ހަދިޔާ އަކަށް އަންހެނުންގެ އާއިލާގެ ފަރާތުން ސައިކަލެއް ނުލިބުމުން ކައިވެނި ކުރިތާ 24 ގަޑި އިރު ނުވަނީސް ތިން ފަށް ވަރިއަކުން އަނބިމީހާ ވަރިކޮށްފިއެވެ.
ތިންފަށް ވަރިން ވަރިކުރުމުގެ މައްސަލަ މިހާރު އާންމު ވަމުން އަންނަ އިންޑިއާގެ ޖަހަންގިރާބާދްގެ ޝާހޭ އާލަމް ރުކްސާނާ ބާނޯ އާއި ކައިވެނި ކުރީ މިމަހު 13 ވަނަ ދުވަހުއެވެ. އިންޑިއާގައި ވެސް ތިން ފަށް ވަރިއަކުން ވަރި ކުރުމަކީ ޤާނޫނީ ގޮތުން ކުށެކެވެ.
ކައިވެނީގެ ހަދިޔާ ނުދީގެން ދަރިފުޅު ވަރިކުރި މައްސަލާގައި ރުކްސާނާ ބާނޯގެ ބައްޕަ މިހާރު ވަނީ ފުލުހަށް މައްސަލަ ހުށައަޅާފައެވެ. ރުކްސާނާ ބާނޯގެ ގެ ބައްޕަ މައްސަލަ ހުށައެޅީ ޝާހޭ އަލަމް އާއި އޭނާގެ އާއިލާގެ 12 މީހަކާއި ދެކޮޅަށެވެ.
މުސްލިމް ފިރިން އެމީހުންގެ އަނބިން ތިންފަށް ވަރިން އެއްފަހަރާ ވަރިކުރާ މައްސަލަ ބޮޑުވެގެން އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ 2017 ވަނަ އަހަރު އެފަދަ ވަރި މަނާކުރާ ޤާނޫނެއް ފާސްކޮށްފަ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ޤާނޫނުގައިވާ ގޮތުން، ތިންފަށް ވަރިއަކުން ވަރިކޮށްފި ނަމަ، އެ ފިރިހެނަކު ތިން އަހަރުގެ މުއްދަތަށް ޖަލަށް ލެވޭނެ އެވެ.
ތިންފަށް ވަރިން ވަރިކުރުމުގެ މައްސަލަ ބޮޑުވެ އަދި އެފަދަ ވަރީގެ ސަބަބުން އަންހެނުންގެ ހައްގުތައް ގެއްލި އެފަދަ ވަރީގެ ސަބަބުން ގިނަ އަދަދެއްގެ އަންހެނުން ހާލުގައި ޖެހެމުންދާ ކަމަށް ބުނެ 2017 ވަނަ އަހަރު އިންޑިޔާގެ މުސްލިން އަންހެނުންތަކެއް ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއްވެސް ހުށައަޅާފައެވެ.
އާބާދީ ބޮޑު އިންޑިޔާގައި ދެ ވަނަ އަށް އެންމެ މީހުން ގިނަ ދީނަކީ އިސްލާމް ދީނެވެ. ދީނުގައި ވަރިކުރުމުގެ ބާރު ފިރިހެނުނަށް އޮތް ނަމަވެސް މުސްލިމުންގެ މެދުގައި ތިންފަށް ވަރީގެ މައްސަލަ އޮތީ އިންޑިޔާގައި ވަރަށް ބޮޑުވެފަ އެވެ.
ސައިކަލަކާތަ އެސޮރުއިނީ
ކޮންމެތާކު ތިއްބަސް މުސްލިމުންގެ ކިބައިން ތިޔަކަހަލަ ކަންތައް ފެންނާނެ.
އެއީ މުސްލިމުން ވެގެން ވާގޮތެއްނޫން. ދީނުގެ ކަންކަން ނޭންގޭތީ ވާގޮތެއް . އެހެންދީން ތަކުގެ ޙާލަތު މާ ދައްވާނެ އަދި .
ސައިކަލް ގަނެފަ އެސޮރަށް ގުޅި އިރު ކޮއްކޮ ތިންފަށްކޮއްފި.. ދެން ދެވޭނެ އެއްވެސް ގޮތެއްނެތް.
އެ ސޮރު ފުރަތަމަ އިނީވެސް ސައިކަލަކާ ،ސައިކަލް ނުލިބުނީމަ ފުރަތަމަވެސް އެހުރީ ވަރިވެފަ ދޯ .ރާއްޖޭގަ އެބަތިބި ފައްކަނޑަދިނުމަށް ނަމަވެސް އިންނަންބެނުންވާމީހުން އެމަންޖެ މިރަށަފޮނުވާދޭށޭ ބުނޭ. އޭރުން ސއކަލެއްނުދިނަސް އެންނާނެ މީހަކު ވެދާނެ.
ތިންފަށް ވަރިން ވަރި ކުރެވޭތަ؟؟؟ އެއީ އޮންނަ ކަމެއްތަ؟
އެއްފަހަރުން ތިންފަށް ވަރި ކުރިނަމަވެސް ވަރިވާނި އެންމެ ފަހަރަކު
އިންޑިޔާވީމަ އޯކޭވާނެ.
3 ފަށް ވަރިނަ ވަރިކުރެވޭ އެއީ ހަރާމްކަމެއް .
ކާކު ބުނިވާހަަކަ އެއްތީ
އަސްލު ވެސް އެއީ ހަރާމް ކަމެއް