އެމެރިކާގެ ސިޓީއެއްކަމަށްވާ މިޝިގަންއަށް ނިސްބަތްވާ އެއްމާބަނޑު ދެބެއިންނަށް މިދިޔަ އަންގާރަ ދުވަހު ބޮޑު ސަޕްރައިޒެއް ލިބިއްޖެއެވެ. އެއީ އެ މީހުން އެއްވެސް ވަރަކަށް އުއްމީދުކޮށްގެން ތިބި ކަމެއް ނޫނެވެ.

މި ދެބެއިންނަށް ލިބުނު ސަޕްރައިޒަކީ ދެބެއިންގެވެސް އަނބިން އެއްދުވަހެއްގައި ވިހެއުމެވެ.

ޖޯޝުއާ ތޮރިންގޓަަން އާއި އޭނާގެ އަނބިމީހާ ޑިނައިސްއަށް ފިރިހެން ކުއްޖަކު ލިބުނީ މާރިޗް މަހުގެ 27 ވަނަ ދުވަހުގެ ފަތިހު 4:18 ހާއިރުއެވެ. އޭގެ ގަޑިއެއްހާއިރުފަހުން، ޖަސްޓިން ތޮރިންގޓަން އާއި އޭނާގެ އަނބިމީހާ ހަމަ އެ ހޮސްޕިޓަލަށް އައިސްފައި ވަނީ އޭނާގެ އަނބިމީހާގެ ބަނޑުގައި ރިއްސާތީއެވެ. އެލެކްސް ވިހާފައި ވަނީ އެދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެންމެ ފުރަތަމަ ޖޯޝުއާ އަށާއި، ޑިނައިސްއަށް އެލެކްސް ވިހެއި ކަމެއް ނޭނގެއެވެ. މި ދެ މީހުންވެސް ތިބީ ޖަސްޓިން އާއި އޭނާގެ އަނބިމީހާ އެ މީހުންގެ ދަރިފުޅު ބަލަން ނައުމުން ހިތްހަމަނުޖެހިފައެވެ. ނަމަވެސް ޖަސްޓިން ވަނީ އޭނާގެ އަނބިމީހާވެސް ވިހައިގެން އުޅޭކަމަށް ބުނެފައެވެ.

ދެ މީހުންނަށް ލިބިގެން ދިޔައީ ސަޕްރައިޒެކެވެ. އެލެކްސް ވިހާފައި ވަނީ އަންހެން ކުއްޖެކެވެ.

ދެބެއިންވެސް ތިބީ އެކަމާއި ވަރަށް ބޮޑަށް އުފާވެފައެވެ. އެއީ ދެމީހުން އެކުގައި އުފަންދުވަސް ފާހަގަކުރެވޭނެ ތީއެވެ. މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މ

    އަލްހަމްދުލިއްލާހި. މާޝާﷲ
    މާތްﷲ އިރާދަކުރެއްވެވި ގޮތް. އެގޮތަށް މެދުވެރިކުރެއްވެވި ސަބަބު މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ.