އެމެރިކާގެ ރައީސް ޑޮނަލްޑް ޓްމްރަމްޕް އާއި އަނބިމީހާ މެލާނިއާގެ ވަރީގެ ވާހަކައަކީ އާވަހަކައެއް ނޫނެވެ. ޓްރަމްޕް ވެރިކަމާއި ހަވާލުވި ދުވަސްކޮޅު ވެސް މެލާނިއާ ޓްރަމްޕް ކައިރިން ވަރިވާން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. މިހާރު އަނެއްކާވެސް މިވަނީ އެއަޑުތައް ގަދަވެފައެވެ.

ޓްރަމްޕްގެ ދެމަފިރިން ވަރިފަށަށް އަރާފައިވާ ކަމަށް މިފަހަރު ޚަބަރު ފަތުރަމުންދާ މީޑިއާތަކުގެ ތެރޭގައި ދުނިޔެއަށް މަޝްހޫރު ބޮޑެތި މީޑިއާތަކަށް ވެސް ހިމެނެއެވެ. އޭގެތެރޭގައި "ބިޒްނަސް އިންސައިޑާ" އަދި "އެންބީސީ" ފަދަ މީޑިއާތައް ހިމެނެއެވެ. އެހެންކަމުން މިފަހަރު ފެތުރިގެން އުޅޭ ވާހަކައަކީ ހަޤީޤަތެއް ކަމަށްވުން ވަރަށް ގާތެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މެލާނިއާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޓްރަމްޕް އޭނާ އާއި ކައިވެނިކޮށްގެން ހުރެ އޭނާ އަށް ބޭވަފާތެރިވެފައިވުމެވެ. ބަރަހަނާ ފިލްމް ކުޅޭ އަންހެނަކާއި އެކު ޓްރަމްޕް ގުޅުން ބާއްވާފައި ވަނީ މެލާނިއާ އާއި ކައިވެނި ކޮށްގެން ހުރެއެވެ.

އޭގެ އިތުރުން ދެމަފިރިން ކައިވެނިކޮށްގެން ތިބެ، ހޯދާ މުދަލާއި ފައިސާ މެލާނިއާ އާއި ހިއްސާ ކުރަން ޓްރަމްޕް މިހާތަނަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައި ނެތުން އެއީ ވެސް މެލާނިއާގެ މައްސަލައެކެވެ. އެހެންކަމުން ހަޔާތުން އިތުރު ދުވަސްތަކެއް ބޭކާރު ކޮށްލަން އޭނާ ބޭނުން ނުވާ ކަމަށް ވެއެވެ.

ނަމަވެސް ޓްރަމްޕް އަކީ އެފަދަ އެއްބަސްވުމެއްގައި ސޮއި ކުރަން ވަރަށް ދެކޮޅު މީހެކެވެ. މީގެ ކުރިން ވެސް ޓްރަމްޕް ދެ ކައިވެންޏެއް ކޮށްފައި ވާއިރު އެފަދަ އެއްބަސްވުމެއްގައި ސޮއި ކޮށްފައެއް ނުވެއެވެ.

އެމެރިކާގެ އެއްވެސް ރައީސަކު އަދި ވެރިކަމުގައި ހުރެ، ކައިވެނި ރޫޅާލާފައެއް ނުވެއެވެ. ނަމަވެސް ދުވަހަކު ވެސް އެފަދަ ކަމެއް އެމެރިކާގެ ރައީސަކަށް ދިމާވާނަމަ އެކަން ދިމާވާނީ ޓްރަމްޕް އަށް ކަމަށް ގިނަ މީހުން ބުނެއެވެ. ސަބަބަކީ ޓްރަމްޕްގެ އަމަލުތައް ހުރީ ވަރި އާއި ގާތައް ކަންތައްތައް ދާގޮތައް ކަމަށް ވާތީއެވެ.