ގިނަ ދަރިން ބޭނުންވާ ކަމަށާއި ފުރަތަމަ ދަރިފުޅު، ސްޓޯމީއަށް ކޮއްކޮއެއް ހޯދައިދޭން ކެތް މަދުވެފައި ހުރި ކަމަށް މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ ބުނެފިއެވެ.

ދަ "އިންސައިޑާ" އިން ރިޕޯޓް ކުރާ ގޮތުގައި ދެވަނަ ދަރިއަކު ހޯދުމުގެ މައްސަކަތް ކައިލީ މިހާރު ވަނީ ފަށާފަ އެވެ.

ކައިލީ އަށް ފުރަތަމަ ދަރިފުޅު ސްޓޯމީ ލިބުނީ އުމުރުން 21 އަހަރުގަ އެވެ.

ކައިލީ ބުނީ މިފަހަރު ބޭނުންވަނީ ފިރިހެން ކުއްޖެއް ކަމަށެވެ.

ކައިލީ އިތުރު ދަރިއަކު ބޭނުންވާ ކަމަށް ބުނިއިރު ކައިލީ ވަނީ އޭނާގެ ފުރަތަމަ ދަރިފުޅު "ސްޓޯމީ" މިދިޔަ އަހަރު ވިހާފައެވެ.

ކައިލީ ވިހާފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ.

ކައިލީ ބަނޑުބޮޑުވެ ވިހާފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ.

ދެމީހުން ލޯބީގެ ގޮތުން މީގެ ދެއަހަރު ކުރިން ގުޅިފައިވާއިރު އެދެމީހުން ކައިވެނި ކުރަނީ ކޮން އިރަކު ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހދހުދ

    މި މީހުން ޒިނޭ ކުރާއިރު އެއްވެސް ބިރުވެރިކަމެއް ހިތުގައި ނުވަނީތަ؟ މިހެން އުޅެން ބޭނުންވާ ދިވެހިން ވެސް ގިނަ މިހާރު

    50
    2
    • XD

      އެމީހުން އެއީ މުސްލިމުންތަ ޒިނޭއެކޭ އަނެކައްޗެކޭ ކިޔަން.

      7
      25
      • ވާނުވާ

        ކާފަރުން ކުރިޔަސް އެވާނީ ޒިނޭ އަށް. ﷲ ގެ ހަޒްރަތުގައި ހުރިހާ އިންސާނުންނަށް އޮންނާނީ އެއް ހުކުމެއް

        32
  2. އުގޫފާރު މީހާ

    މިކަހަލަ ތާކުންތާކުން ނުޖެހޭ ހަބަރު ނުގެނެސްބަލަ؟ އެއްވެސް ވަރަކަސް މުހިއްމެއްނޫން.

    51
    2
  3. ހަގީގަތް

    އަހަރުން ބޭނުމެއް ނުވޭ އެމީހުން ޒިނޭ ކުރާ ވާހަކަ އަޑު އަހާކަށް

    43
    2
  4. .

    ކާފަރުންް ޒިނޭ ކުރާ ކަމެއް ނުދަންނަން. މުސްލިމުން ކައިވެނިން ބޭރުގަ ކުރީމަ އެއީ ޒިނޭ އެއް ކަން އިނގެން އޮތީ ކާފަރުންނަކީ މުސްލިމުންގެ ރޫލްސް ތައް ގެންގުޅޭ ބައެއް ނޫން. އަދި މުސްލިމުންވެސް ކާފަރުން ގެންގުޅޭ ސްޓައިލްސް ތައް ކޮޕީ ނުކުރީމާ ނިމުނީ އިޓްސް ސިމްޕަލް. އެއްވެސް ހާލެއްގަ އެއްބަޔަކު އަނެއް ބަޔަކައް ފާޑު ކިޔުން އެއީ އޮންނަ ގޮތެއް ނޫން.

    6
    28
    • ޙުއް

      ކާފަރަކަސް މުަސްލިމަކަސް އެއީ ޒިނޭ ކުރުން. ޝަރުޢީ ކާވެންޏެއް ނުކޮށް ކުރާ ކަންކަމަށް ޒިނޭ ނޫން ނަމެއް ނުދެވޭނެ

      39
    • ހދހސ

      ކަލެއަށް މާ ބޮޑަށް ތި އިގެނީ. ﷲ ސުބުހާނަހޫ ވަތައާލާ ނިންމަވާފައިވަނީ ކައިވެނި ނުކޮށް އެއްދާން ކުރުމަކީ ޒިނޭ ކުރުންކަން. މުސްލިމުންނަށް އެކަނި އޮތް ހުކުމެއް ނޫން އެއީ. އެހެންވީ މައި ކައިވެނި ނުކޮށް އެއްދާން ކުރުމަކީ ޒިނޭ ކުރުން

      25
      1
      • ޝައިޚް

        އެހެންވިއްޔާ ކާފަރުކަންމަތީ މީހަކު ހުރެ ކުރާ ހެޔޮކަންކަމައް ސަވާބު ލިޔުއްވޭތަ.؟ އަދި ކާފަރުންގެ މައްޗައް ދީނުގައި ކަނޑައަޅާފައިވާ ޒިނޭގެ ހައްދު ތަނފީޒުކޮއް ހުކުމް ކުރެވޭތަ..؟

        3
        5
      • .

        އަހަންނެއް ނުބުނަން ކައިވެނި ނުކޮށް އެއްދާން ކުރުމަކީ ހަލާލު ކަމެކޭ. އަހަރެން ބުނީ އެއްވެސް ހާލެއްގަ މީހުންނަށް ފާޑު ކިޔުން އެއީ އޮންނަ ކަމެއް ނޫނޭ. ކަލޭ ބޭނުން ހިތުހުރި އެއްޗެއް ގޮވަން ވީމާ އެހެން މީހުން ކިޔާ އެއްޗެހި މާނަ ކުރަނީ އެކޮޅުކޮޅުން. ކަލެއަށް މަ ކިޔާ އެއްޗެހި އޮޅިގެން ތިޔުޅެނީ. ފުރަތަމަ ކޮމެންޓް ކިޔާފަ އަމިއްލަ އަށް އިސްލާހު ވެބަލަ!

        2
        2
  5. އެންތްރެކްސް

    ބްރަދަރ..ކާފަރަކަސް މުސްލިމަކަސް ކައިވެނި ނުކޮށް އެނދުދާން ކުރުމަކީ ޒިނޭ އަށް ވާނީ ބްރަދަރ...

    24
  6. އ. ޖ. އ

    މިމީހުން ކީއްކުރަން ކުރާ ކައިވެންޏެއް

    11
  7. ނަބާ

    ﷲ ގެ ޙަޟްރަތުގައި ދީނަކީ ހަމަ އެކަނި “ އިސްލާމް ދީން” ދެން ހުރި ދީންތަކަކީ އެބަޔަކު އަމިއްލަ އަށް ގެނެސްގެން އުޅޭ ދީންތަކެއް! ވީ އިރު ޒިނޭވާނީ ހަމަ ޒިނޭއަށް، އެކަމުގެ ޙައްޤު އަދަބު ލިބެންޖެހޭ ދުވަހު އެމީހުންނަށް ވެސް ލިބޭނެ! އެދުވަހު އެމީހުން ބުނާނެ” ( މުލްކް ސޫރަތުގެ 10) އާޔަތުގެ މާނަ ބައްލަވާ !!!

    11
  8. ވާނުވާ ނޭނގޭ

    ކިތަންމެ އަނގަޔަށް ބާރުލާފަ ބުނެވޭނެ ކާފަރުންވެސް ކުރަނީ ޒިނޭއޭ. މިއުޅެނީ ފުރަތަމަ އަމިއްލަ ގައުމު 100 ޕަސެންޓް މުސްލިމު އެކަމަކު އެއޮތް ގެން ދަރިން ވިހަނީ ބޮޑެތި ފަލަ ސުރުހީ ތަކަށް ވެސް އަރަނީ. ގިނަ ފަހަރު އެމީހުންގެ އުމުރު ދުވަސް ހޭދަ ވަނީ ކައިވެނި ނުކޮށް ރައްޓެހި ވެގެން އުޅެ. ކީއްވެގެންތަ 100 ޕަސެންޓް މުސްލިމު ގައުމެއްގަ އެކަކު އަނެކަކު ރައްޓެހި ވެގެން 4 ، 5 އެހެން ގޮސް 10 އަހަރު ފާއިތު ވާއިރު ޒިނޭ ނުކޮށް އަނެއް ކަމެއް ނުކޮށް އެބުނާ ބީދައިން މާ ފޮޅުވާ ކަމެއް ނުކޮށްތަ ހުންނަނީ.. މީ ހަލާލު ކަމެއް ތަ؟ .. ދެން އިންނަންޏާ އިނދެގެން ނޫނީ ނުއިނދެ ކުށް ދައްކާފަ ދޫކޮށް އަނެއް މީހާ ނޫނީ ހައެއްކަ މީހުން ފަހަތުން ދުވުން ވެސް މީ އިސްލާމީ ޝަރީއަތުގަ އޮންނަ ކަމެއް ތަ ކުރަން 100 ޕަސެންޓް އިސްލާމީ ޤައުމެއްގަ؟.. ދުނިޔޭގަ އޮވޭތަ ދިވެހިން ނޫނީ އިނދެ ވަރި ކުރުމުގެ ރިކޯޑު އޮންނަ ބައެއް..؟ ފުރަތަމަ ތިމާ މެން އަމިއްލަ އަށް އިސްލާހު ވަންޏާ ވެގެންތާ އެހެން މީހުންނާ ދިމާލަށް އިނގިލި ވެސް ދިއް ކުރެވޭނީ، މި އޮންނަ އުސޫލަކީ މަ ގެރި ފޫކޮޅުގަ ހުންނަ ގުއި ނުފެނި ދެން ކުރިމަތީގަ ހުންނަ ގެރީގެ ފޫކޮޅުގަ ހުންނަ ގުއި ފެންނަ އުސޫލުން ވާހަކަ ދައްކާ ކަމަށް ވަންޏާ ކިޔޭނޭ ކިތަންމެހާ އެއްޗެއް ވެސް ހުންނާނެ. އަހަރެމެންގެ އަމިއްލަ ނަފްސު ތަކަށް ނުބަލާ އިރު މާ ދުރުގަ ހުންނަ މީހުން ކުރާ ކަންތައްތައް ވެސް ފެންނަން ޖެހޭ އުސޫލަކީ ފުރަތަމަ ތިމާމެން އަމިއްލައަށް އިސްލާހުވުން.

  9. ހުމާ

    އަނެއްކާ އަނެއް ދަރި އެހެން ހޯދަން ވެފަދޯ މިހިރީ.. މިކަހަލަ ހަބަރު ނުގެނެސް ބަލަ.. މީހުން ކުރާ ފާޙިޝް އަމަލުތަކުގެ..

    12
    1
  10. އިސަލްހަތޭ

    މިތާގަ ކޮމެންޓުކުރާ ބަޔެއް މީހުން ދެކޭ ގޮތުގައި ކާފަރުންނައް ދަރީން ލިބެނީ ހަމައެކަނި ޒިނޭކޮއްގެނެވެ. އެހެނީ ކާފަރުން އެމީހުން ކުރާ ކައިވެންޏަކީވެސް އިސްލާމީ ޝަރީއަތާއި އެއްގޮތް އެއްޗަކައް ނުވާއިރު ކާފަރުންގެ އާދަކާދައިގެ މަތީން ކައިވެނި ކުރިޔަސް ލިބޭނީ ހަމަ ޒިނޭދަރީންނެވެ..އެއީ އެމީހުންގެ ކައިވެނި ރަނގަޅުކައިވެނި ކަމުގައި ނުބެލެވޭތީއެވެ. އަދި ކައިވެނި ނުކޮއް އެމީހުން ކުދިންހޯދުމަކީވެސް ހަމަ ޒިނޭއެވެ. މި ވިސްނުން އަދި މުޅީން ރަނގަޅެއް ނޫނެވެ. ސަބަބަކީ އިސްލާމީޝަރީއާ މީހެއްގެ މައްޗައް ހިނގަންފަށަނީ ފުރަތަމަ މުސްލިމަކައް ވެގެން ކަމައްވާތީއެވެ. އެހެން އެކަން ނެތްނަމަ ފެންނަކޮންމެ ޣައިރު މުސްލިމަކު އިނދެގެން އުޅުނަސް ނުއިނދެ އުޅުނަސް އެމީހުންގެ މައްޗައް ޝަރުއީ ހައްދުޖަހަންޖެހިފައިވާނެއެވެ.

    1
    1
    • ހހހހހ

      ކަލޭ ކޮންމެ އެއްޗެއް ކިޔަސް އެ ވާނީ ޒިނޭއަށް. ކީރިތި ޤުރުއާނުގައި ސާފުކޮށް އޮންނާނެ އެ ޒިނޭކަމަށް. މި ދުނިޔެމަތީގައި އެމީހުންނަށް އެމީހުންގެ ޤައުމު މީހުން އިސްލާމީ ޝަރީޢަތުގެ ހުކުމްތައް ތަންފީޒު ނުކުރިޔަސް ޤިޔާމަތް ދުވަހުން އެމީހުންނަށް އެކަމުގެ ހައްޤު ސަޒާ ލިބޭނެ! އެ ދުވަހުން އޭނާ ވަނީ ހަމަ ޒިނޭ ކުރި މީހަކަށް. ޣައިރު މުސްލިމެއްތޯ ނުބަލާނެ އެދުވަހަކުން. މި ދިވެހިންގެ ވިސްނުން މި ހުންނަ ގޮތަކުން އަޖައިބު އަންތަރީސްވާ ވަރުވޭ!

      4
      1
  11. އާޔާ

    ވަގުތުން ނޫހުން ހަބަރުތައް ގެނެސްދެނީ އެންމެ ރަނގަޅަށް . އެއީ ކޮންމެ މީޑިޔާތައްވެސް ކުރާ މަސައްކަތަކީ. މިއިން ނުބައި މާނަ ނަގާ އެޑްވާންޓޭޖް ކޮށް ޑިސްއެޑްވާންޓޭޖް ކޮށް މާނަ ނަގާ ބަޔަކީ ކިޔުން ތެރިން. އެއީ ސިޔާސީ ވާން ވެސް ކިޔާ އެއްޗެއް އެހެންނޫނީ ހައްޤަށް ބުނާ ބަހެއް. ތިމާމެނަށް ފެންނަ ގޮތަކަށް ބަސް ބުނުމަކީ އެއީ ފީޑްބެކް ދިނުން. އޭގަ މައްސަލައެއް ނެތް .. އާން ދެން ކޮން ކަމެއް މީހަކު ކޮންމެ ކަމެއް ކުރިއްޔާ ބެހޭވެސް ކަމެއް ނޫން އެއީކީ. ތިމާމެން އަމިއްލައަށް އިސްލާހުވެގެން އުޅުނީމާ ނިމުނީ. އެބަޔަކުވެސް އެ ފާހިޝް އަމަލެއް ނުކުރާނެ އނގި ތިބޭ ހާލު އަޒާބު ލިބޭނެ ކަން އިނގޭ އިރު. އެއީ މަށަށް ވިސްނޭ އެއްޗަކީ. އެއްގޮތަކަށްވެސް ނުބުނަން ހަރާމް އެޗެއް ހަލާލެކޭ.. އެކަމް ވެސް ވީ ކާންޓް ޖަޖް ވަޓް ވީ ޑޯން ނޯ އަބައުޓް ސޯ ބެޓަރ ލެޓްސް ޝަޓް ޑައުން ދަ މައުތްސް ވީ ހޭވް. .. ޖަޖް ކުރުމަކީ ހަމަ އެކަނި ﷲއަށް ލިބިގެންވާ ހައްޤެއް އަހަރެމެން މިކަން ކުރަން ވެއްޖެއްޔާ މާ އަނގަ ދިޔާވެ މީހުންގެ އަބުރަށް ވެސް އަރައި ގަނެވިދާނެތީ ބިރު ގަންނަން.

  12. ކައިލީ

    މިތާކޮމެންޓް ކުރާމީހުން ހާދަމޮޔައޭދޯ..ކައިލީ އަކީ ކާފަރެއްދޯ..އެހެންވީމަ ކައިލީ ޒިނޭކުރިޔަސް ނުކުރިޔަސް ދާނީ ނަރަކަޔަށްދޯ..އެކަމަކު މަރުވުމުގެ ކުރިން ޝަހާދަތް ކިޔާ އިސްލާމް ވެއްޖެއްޔާ އޭގެ ކުރިން ކައިލީ ކުރި ހުރިހާ ފާފައެއް ފޮހެވިގެން ދާނެދޯ..އެކަމަކު މުސްލިމަކު ކުރާ ފާފަތަކަށް ﷲ ޖަޒާދެއްވާނެ...