ސައުތް އެފްރިކާގެ އަވަށެއްގައި ޕިއްޒާ ގެޔަށް ގެނެސްދޭތަނަކުން ލަހުން ޕިއްޒާ ގެނައުމުން އެކަން ބޮޑު މައްސަލައަކަށްވެ، ބޮޑު މާރާމާރީއެއް ހިންގައިފިއެވެ.

ސެކުރިޓީ ރިއެކްޝަން ޔުނިޓް ސައުތް އެފްރިކާއިން ބޭރުގެ މީޑީޔާތަކުގައި ބުނެފައިވަނީ ޕިއްޒާ ޑެލެވެރީ ކުރަން އައި މީހާ އާއި ޕިއްޒާ ގަތް އަންހެން މީހަކާއި ދެމެދު ބަހުގެ ހަމަލާތެއް ކުރިމަތިވެ، އެކަން ގޯސްވެ މާރާމާރީއެއް ހިނގާފައިވާ ކަމަށާއި އެއިދާރާއަށް އެމައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލަ މިހާރު ބަލަމުންދާއިރު މި 27 އަހަރުގެ އަންހެން މީހާ ބުނެފައިވަނީ އޭނާ އޯޑާރ ކުރި ޕިއްޒާ ގެޔަށް އައީ އޯޑަރ ގެންނާނެ ކަމަށް ބުނިތާ އެއް ގަޑިއިރު ފަހުން ކަމަށާއި އޭނާ ޕިއްޒާ ގަތް ތަނުގެ ޕޮލިސީ އިންނަ ގޮތުން 5 މިނެޓަށްވުރެ ޑެލެވަރީ ލަސްވެއްޖެނަމަ ޕިއްޒާ ހިލޭ ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

މިމީހާ ބުނެފައިވަނީ މިވާހަކަ ބުނުމުން ޕިއްޒާ ޑެލެވެރީ ކުރަން އައި މީހާގެ ގާތަށް އައީ ރުޅި ކަމަށާއި އަދި ޒުވާބު ކުރަން ފެށިކަމަށެވެ. ޒުވާބު ހޫނުވެ މިއަންހެން މީހާގެ ކަރުގައި މިފިރިހެން ސޮރު ހިފިކަމަށާއި އަދި އޭނާ ދުއްވި ސައިކަލްއިން އަންހެން މީހާގެ ފަޔަށް އަރުވާ ޒަޚަމްކޮށްލި ކަމަށް މިއަންހެން މީހާ ބުނެއެވެ.

ފުލުހުން ކުށުގެ ވެއްޓަށް ދިޔައިރު ޕިއްޒާ ޑެލެވެރީ ކުރި ފިރިހެން މީހާވަނީ ފިލާފައެވެ. އެފްރިކާގެ އިދާރަތަކުން ދަނީ މިމީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު