އިންޑިއާގެ މީހެއްގެ ބަނޑުން އެކި ކަހަލަ 33 އެއްޗެއް ނަގައިފިއެވެ. އުމުރުން 30 އަހަރުގެ ޔޮގެޝް ތަކުރު ނަމަކަށް ކިޔާ އެ މީހާ ބަނޑުން ނެގި ތަކެތީގެ ތެރޭގައި ރޭޒަރާއި ވަޅިވެސް ހިމެނެއެވެ.

ބަނޑުގައި ރިއްސާތީ މި މަހުގެ 14 ވަނަ ދުވަހު މަދްޔަ ޕްރަދޭޝްގެ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ޔޮގެޝްގެ މަންމަ ކުސްމާ ބުނީ، އޭނާގެ ދަރިފުޅު އަތު ޖެހުނު ކޮންމެ އެއްޗެއް އަގަޔަށް ލައިގެން ކައި ކަމަށެވެ. އޭނާގެ މަންމަގެ ވާހަކަތަކާއި ގުޅިގެން ޑޮކްޓަރުން ވަނީ ޔޮގެޝްގެ ބަނޑުގެ އެކްސްރޭއެއް ނަގާފައެވެ.

އަދި އޭނަގެ ބަނޑުން އެ ތަކެތި ފެނުމުން ޑޮކްޓަރުންނަށްވެސް ދިޔައީ ބޮޑު ހައިރާން ކަމެއް ލިބިފައެވެ. އޭނާގެ ބަނޑުން ފެނުނު ތަކެތީގެ ތެރޭގައި، ވަޅި އިސްކުރު ރޭޒަރު ތިލަ އަދި ޕްލާސްޓިކް ބައެއް ތަކެތި ހިމެނެއެވެ.

ޑޮކްޓަރުން ބުނެފައިވާގޮތުައި، އޭނާގެ ބަނޑުން އެ ތަކެތި ނެގުމަށް އޮޕަރޭޝަނެއް ކުރެވުނުއިރު، އޭނާގެ ހާލު މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެެވެ.

އޭނާ ތޫނު އެއްޗެހި ކައި ހަދަނީ ސިކުނޑީގެ މައްސަލައެއްގެ ސަބަބުން ކަމަށް ޑޮކްޓާރުން ވަނީ ބުނެފައެވެ. އަދި އޭނާގެ މައިންބަފައިން ބުނެފައިވާފޮތުގައި، އެންމެ ކުޑައިރުން ފެށިގެންވެސް ޔޮގެޝް މިފަދަ ތަކެތި ކައި އުޅެއެވެ. އަދި ފަހުން ބޮޑުވެގެން އެކަންތައް ރަނގަޅުވާނެ ކަމަށް ހީކުރެވުނު ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުގޫފާރު މީހާ

    ސުބުހާނަﷲ

    11