ވަޒީފާގެ ފުރުސަތުތަކަކީ މިހާރު މަދު އެއްޗެއް ނޫނެވެ. އެހެން ނަމަވެސް އަދިވެސް ރަނގަޅު ފެންވަރުގެ ވަޒީފާ ނުލިބިގެން ބައެއް ޒުވާނުން އުޅެން ޖެހެނީ އެ ޒުވާނުން އިންޓަވިއުތަކުން ފާސް ނުވާތީއެވެ. އެހެން ދިމާވަނީ އިންޓަވިއުގައި ވާހަކަ ދައްކަން ޖެހޭ ގޮތުގެ ހުނަރު ގިނަ ޒުވާނުންނަށް ލިބިފައި ނުވާތީއެވެ.

މާހިރުން ބުނާ ގޮތުގައި ވަޒީފާގެ އިންޓަވިއުއެއްގައި ނުދައްކަން ޖެހޭ މުހިންމު ހަތަރު ވާހަކައެއް ހުރެއެވެ. ތިރީގައި މިވަނީ އިންޓަވުގައި ދެއްކުން އެދިވިގެން ނުވާ ހަތަރު ވާހަކަތަކެވެ.

1- ތިމާގެ ރަނގަޅު ސިފައަކީ ބަލިފައެއް ކަމަށް ބުނުން

އިންޓަވިއުއެއްގައި، އިންޓަވިއު ކުރާ މީހާ ހިތްހަމަ ޖެއްސުމުގެ ގޮތުން ވަޒީފާއަށް އެދޭ ފަރާތުން އޭނާގެ ރަނގަޅު ސިފައެއް ބަލިފައެއް ކަމަށް ހަދައިގެން ވާާހަކަ ދެއްކުމަކީ މާހިރުން ބުނާ ގޮތުގައި ކުރުން އެދެވިގެން ނުވާ ކަމެކެވެ. ސަބަބަކީ އެއީ ވަރަށް ގިނަ މީހުން ކުރާ ކަމަކަށް ވުމުން އިންޓަވިއު ކުރާ މީހާއަށް ވަޒީފާއަށް އެދޭ މީހާ އަކީ ތެދުވެރިއެއް ނޫން ކަމަށް ހީވެދާނެތީީއެވެ.

2- ކުރިން ވަޒީފާ އަދާ ކުރި ތަނަށް ހުތުުރުވާ ގޮތައް ވާހަކަ ދެއްކުން

ވަޒީފާގެ އިންޓަވިއުއްގައި ކުރިން ވަޒީފާ އަދާ ކުރިތަނުގެ މުވައްޒަފުންނާއި މެނޭޖުމެންޓުގެ އިސްފަރާތްތަކަށް ހުތުރުވާގޮތައް ވާހަކަ ދެއްކުމަކީ މާހިރުން ބުނާ ގޮތުގައި ވަޒީފާ ލިބުމުގެ ފުރުސަތު ކުޑަވާ ކަމެކެވެ. ސަބަބަކީ އެގޮތައް ވާހަކަ ދެއްކުމުން ތިމާާ އަކީ "ނެގެޓިވް" ވިސްނުން ހުންނަ މީހެއްގެ ގޮތުގައި ފެންނާތީއެވެ.

3- އެހެން ތަންތަނަށް ވެސް ވަޒިފާ ހޯދުމަށް ލާފައިވާކަން ހާމަ ކުރުން

މާހިރުން ބުނާ ގޮތުގައި އިންޓަވިއުއެއްގައި އެެހެން ކުންފުނިތަކަށްވެސް ވަޒީފާ ހޯދުމަށް ހުށަހެޅިކަން ހާމަ ކުރުމަކީ ރަނގަޅު ކަމެކެވެ. ސަބަބަކީ އެކަމުން ތިމާގެ ތެދުވެރިކަން އިންޓަވިއު ކުރާ މީހާއަށް އެނގި ތިމާާ އަކީ ކަންނެތް މީހެއް ނޫންކަން ހާާމަވެގެންދާތީއެވެ.

4- ޗުއްޓީގެ ވާހަކަ ދެއްކުން

އިންޓަވިއުގައި މުސާރައިގެ ވާހަކަ ދެއްކި ނަމަވެސް އޭގެ އިތުރަށް ޗުއްޓީ އޮންނާނެ ގޮތުގެ ވާހަކަ އޮޅުން ފިލުވުމަކީ މާހިރުން ބުނާ ގޮތުގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެކަމުން ތިމާ މަސައްކަތައް ޝައުގުވެރިކަން ނެތްކަން ހާމަވެގެންދާތީ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަންޖެ

    - "އެހެން ތަންތަނަށް ވެސް ވަޒިފާ ހޯދުމަށް ލާފައިވާކަން ހާމަ ކުރުން" މިވެސް ނުކުރަންވީ ކަމެއްތަ؟؟ ރަނގަޅަށް ތަންދޮރުބަލާފައި ލިއެބަލަ