މެދުއިރުމައްޗަށް ފުރަތަމަ ފަހަރަށް އައްޔަން ކުރެވުނު ފުރަތަމަ ޝަރުއީ އަންހެން ފަނޑިޔާރު ހުލޫދު އަލް ފަގީހުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ ރޭ އޮލިންޕަހުގައި ސްކްރީން ކޮށްފިއެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖާއި އުތަމަ ޖަމިއްޔާ ގުޅިގެން ރޭ މި ޑޮކިއުމެންޓްރީ ސްކްރީން ކުރުމުގެ ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
2017 ވަނަ އަހަރު އުފައްދާފައިވާ "ދަ ޖަޖް" އަކީ އިންސާފު ހޯދައިދޭން އަދި ވަކީލެއްގެ ގޮތުގައި ހޫލޫދު އަލް ފަގީހު ކުރެއްވި އުނދަގޫ މަސައްކަތް ފެންނަ ދޮޅުގަޑި އިރުގެ ޑޮކިއުމަންޓްރީ އެކެވެ.
މި ޑޮކިއުމެންޓްރީ ސްކްރީނިންގައި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވިއިރު ޑޮކިއުމަންޓަރީ ދައްކާލުމަށް ފަހު "ފަނޑިޔާރުގެ އާއި އަންހެނުން" މައުސޫއަށް ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޕެނަލް ޑިސްކަޝަންގައި ތިން ބޭފުޅަކު ބައިވެރިވިއިރު އޭގެ ތެރޭގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ގެ އިތުރުން ގާނޫނީ ވަކީލު ޑރ.އަޒްމިރަލްދާ ޒާހިރު އަދި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަނީސާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެއްވިއެވެ.
މި ޕެނަލް ޑިސްކަޝަންގައި ރޭ ދެއްކި ޑޮކުމެންޓްރީ އާއި ރާއްޖޭގެ ފަޑިޔާރުގެއާއި ހުރި ގުޅުމާއި މެދު ވަނީ އާންމުންނާއި ޕެނެލިސްޓުންނާއި ހިޔާލު ބަދަލު ކޮށްފައެވެ.
އިސްލާމްދީނުގައި އަންހެނަކު ފަނޑިޔާރަކައް އިސްކުރުމަކީ ލާދީނީ ކަމެއް.
އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމަކީ ސީދާ ލާދީނީ ކަމެކޭ އަދި ބުނުމަކުން ނުފުދޭ އަންހެނުން ނަށް ފަނޑިޔާރުކަން ކުރެވިދާނެ ބައެއް ބާވަތް ތަކުގެ މައްސަލަ ތައް އެބަހުރި އަންހެނުންނާ ގުޅުން ހުންނަ ޚާއްޞަ މައްސަލަތައް ބައްލަވާ
"ވިލާޔަތުލް މަރުއަ ފިލް އިސްލާމް" ޑރ. މުޙައްމަދު އަންވަރު ލިޔުއްވާފައިވާ މި ފޮތުން ތިބޭފުޅާ އަށް އަންހެނުންނަށް އަދާ ކުރެވިދާނެ ވަޒީފާތަކާއި ގުޅޭ ގޮތުން ފިޤުހު ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތަކާއި ޙުއްޖަތުތައް އެނގިލައްވާނެ
އެއްވެސް ހާލެއްގައި އަންހެނުންގެ މައްސަލަތައްވެސް ކުޑަކުދީންގެ މައްސަލަތައްވެސް ނުބެލޭނެ
ތީ އޮޅުމެއް
ދެން ސަލަފު ޖަމިއްޔާ ފައްޗަކައް މަހައްދޭ!!!!
އަންހެނުންނަކީ ޖަޒުބާތީ ބައެއް. ފަނޑިޔާރު ކަމެއް ނުކުރެވޭނެ އަދި އެކަމަކީ ސީދާ ނަހީ ކުރައްވާފަވާ ކަމެއް. ޖާބިރު ދައްކާ ކަހަލަ ވާހަކަ ދެން ދައްކަން ޖެހެނީ. ރަލާ އޫރުމަސް ހަމަ ވިޔަފާރި ކުރަނީއެކަމު ކެސީނޯ އޯކޭއެއް ނުން. ހަމަ މިހެން އަންހެނުން ފަނޑިޔާރުކަން ކުރަންވެސް.
އަންހެން ފަނޑިޔާރެއް ގޮވައިގެންބާ އެބުނާ ޑޮކިއުމެންޓްރީއެއް އެބަލަނީ
އަޒްމިރާލްދާ ކަމަކު ނުދޭ ޝުޖޫން ރަނގަޅު
ލާދީނީ ކަންކަން މި ގައމުގައި ހަރުލއްވޭތޯ އެއުޅެނީ
ކަލޭ ހިޖުރަ ކުރޭ އަފްގާނިސްތާނަށް.އަންހެނުން ގާޒީން ނަށް ނުތިބެން ގުރުއާނުގަ ނެއް
ތިޔައީ ވަކިބައެއްގެ އެޖެންޑާއެއް 500 އެއްހާ މީހުންނަށް ދައުވަތު ދީގެން ދާނެ މީހަކަު ނުވި މުޅިން ތިބީ ހާމިދާ އަބްދުލްގަފޫރު ކަހަލަ ދީނީ މިނިވަން ކަމަށް ގޮވާ މީހުން... ތިޔަ ބައްދަލު ވުމަށް 30 މީހުންވެސް ހަމަ ނުވި ކޮބައިތަ ސަރުކާރުގެ ވަޒީރުންތައް ކޮބައިތަ މަޖިލީހުގެ އެމް ޑީ ޕީ މެންބަރުންތައް ވަރަށް ދެރަވަރު މިހާ މީހުން މަދުވީމާ ރައީސްގެ ފަހަތުންވެސް ފެންނަނީ ބޮޑީ ގާޑުން އެކަނި
???