ބޮލީވޫޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން އޭނާގެ އާއިލާ އާއި އެކު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ޝާހު ރާއްޖެ އައިސްފައި ވަނީ އަނބިމީހާ ގޯރީ ޚާންގެ އިތުރުން އޭނާގެ ދޮށީ ދަރިފުޅު އާރިޔާން ޚާނާއި އަންހެން ދަރިފުޅު ސުހާނާ ޚާނާއި ހަގު ދަރިފުޅު އަބްރަމް ޚާން ގޮވައިގެންނެވެ.

މަޢުލޫމާތުލިބިފައިވާ ގޮތުގައި އެމީހުން ތިބުމަށް ހަމަޖެހިފައިވަނީ ޖުމެއިރާ ވިޓަވެލި ރިސޯޓުގައެވެ. ޖުމެއިރާ ވިޓަވެލި ރިސޯޓަކީ ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓެވެ. އެ ރިސޯޓްގައި އެންމެ ދުވަހަކު މަޑު ކޮށްލަން ވެސް 22000 ރުފިޔާ ދައްކަން ޖެހެއެވެ.

ފަހަކަށް އައިސް ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެ ވަނީ ވަރަށް މަގުބޫލް މަންޒިލަކަށް ވެފައެވެ. މިއަހަރުގެ ތެރޭވެސް ބޮލީވީޑްގެ މަޝްހޫރު ގިނަ ތަރިން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ އައިސްފައިވެއެވެ. އޭގެތެރޭގައި މަލައިކާ އަރޯރާއާއި އަރްޖުން ކަޕޫރު، ކްރިތީ ސެނޯން އަދި ކެޓްރީނާ ކައިފް ފަދަ ތަރިން ހިމެނެއެވެ.

ބޮލީވްޑްގެ ތަރިންގެ މެދުގައި ރާއްޖެ މަގުބޫލް ވުމުން އިންޑިއާގެ އާއްމުން ވެސް ރާއްޖެ އަންނަ މިންވަރު މިހާރު ވަނީ އިތުރު ވެފައެވެ. މިއަހަރުގެ ފުރަތަމަ ފަސްމަސް ދުވަހުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ޢަދަދު ދެގުނައަށް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަރޭ

    ބުތުގާ އަޅާގެން އެހުރީ އޭނާގެ ވައިފްތަ

    14
    5
    • ޕސޓ

      މަ ބިޓާ ނުބެހޭ

  2. ހަހަހާ

    މަރޭ ބުތުގާ އެއީ ކޯޗެއް؟؟؟

    10
  3. މިލީ

    ދިވެހި އަންހެނުން އުޅެ ގޮތް ދޯ. ފިލްމުސްޓަރ ނޫނީ މޮޑެލެއް ފެނިއްޖެ ނަމަ އެމީހުން ޖަހާ ކުޅުވެސް ހިފަން ފަހަތުން ދުވާނެ. ބަލާބަ އެމަންޖެ ވ ވެފަ ހުރި ވަރު . އޭނާގެ އންހެނުންކަމަށް ހެދިގެން

    17
    3
  4. އ. ޖ. އ

    އޯލްޑް ފިލްޓާ ލަމާ

  5. ޟިމް

    ޝާހު ތިއައީ ވ ވިއްސާރަ ދުވަސްވަރެއްގަ، ދެން މުޅިން ކަޑައެއްނު!ޗުއްޓީ ކުރު ކޮށްފަ ދާނީ ކަން ނޭގޭ

    2
    2
  6. ޙިމް

    55 އަހަރު ވީމަ ވެސް ބޯ ހާވާލާގެން ޒުވާން ހެދިގެން 25 އަހަރު ނޫނީ 35 އަހަރު ކަމަށް ހިތާ...ލޮލް

    3
    3
    • ނީނާ

      ދެން ތީނަޔަށް ކީއްތަ ޝާހު ބޯ ބާލައިގެން ހުއްޓަސް. ބައެއް ދިވެހިން ނޯވެ ނުބެހޭކަމެއް! އެމީހަކަށް އެގޭނީ އެމީހަކު ހުންނާނެގޮތް 100 އަހަރު ވިޔަސް. އެހެން މީހުންގެ އަމިއްލަ ދިރިއުޅުމާ ނޫޅެ ތީނަ އަމިއްލަ ކަންތައް ތަކައިގެން އުޅެމާ!

      6
      1
    • މާލެޑިވެން

      ދިވެހިން ދިވެހިންގެ ގޮތުގާ ޤަމާރުކަންމަތީ މީހުންގެ ކަންތަކާ ބެހެމުން އަބަދަށް.

    • ޝާހު

      ކައޭ ވަރަށް ޖޭ ވެއްޖެ ދޯ މަ 55 އަހަރު ވީއިރުވެސް ޓީނޭޖް ބޯއީއެއްހެން ހުރީމަ. ގެޓް އަ ލައިފް މޭން.

      5
      1
    • އާރިޔާން

      ހޭ މޭން. ޑޯންޓް ބީ ޖޭލަސް އެބައުޓް މައި ޑަޑާ ހެއާރ އެންޑް ހިޒް ސްޓައިލް. ޕްލީޒް ޓްރައި ޓު ޓޯކް ސަމްތިން އެބައުޓް ޔޯ އޯން ލައިފް. ޕާހެޕްސް ހީލުކްސް ޔަންގާރ ދެން މީ. އިޒްންޓް އިޓް؟

      6
      1