ބައިވެރިޔާއެއް ހޯދުމުގައި އެތައް ބަޔަކުވަނީ ނާކާާމިޔާބުވެފައެވެ. ދިރިއުޅުމުގެ އެހެންކަންކަމުގައި ކިތަންމެ ކާމިޔާބު ވީނަމަވެސް، ރަނގަޅު ބައިވެރިިއެއް ނެތްނަމަ ދިރިއުޅުމުގެ އެހެން ކަންކަމުން ކާާމިޔާބުވާނެ ހެނެއް ހީއެއް ނުވެއެވެ.

މިގޮތުން މިފަހަރު މިބަލާލަނީ އަންހެއް މީހަކަށް ދިރިއުޅުމުގައި ކާމިޔާބު ބައިވެރިޔަކު ހޯދުމަށް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަމެވެ.

ރަނގަޅު އަޚްލާގެއްގެ ވެއަކަށްވުން

ޒަމާން މިއޮތީ ބަދަލުވެފައެވެ. މީސްމީޑިޔާގައި ގިނަ ލައިކް ލިބުނު މީހަކީ ސެލެބްރިޓީއެއް ކަމުގައި ކަޑައަޅާ ހިސާބަށް މިވަނީ ގޮސްފައެވެ. މިހެންވެ، ބައެއް އަންހެނުން އައުރަ ނިވާނުކޮށް މީސްމީޑިޔާއަށް ފޮޓޯލައެވެ. މީހާގެ މަޝްހޫރުކަން މިކަމުން ކިތަންމެ ބޮޑަށް އަރައިގެންދިޔަ ނަމަވެސް، މިކަމުން ސަބަބުން އެމީހަކަށް މީހުންގެ ތެރޭގައި ލިބިފައިވާ ޤަދަރު ކުޑަވެގެންދެއެވެ. މިގޮތަށް ފޮޓޯ ލުމުން ކިތަންމެ ގިނަ ލައިކްސްއެއް ލިބުނު ކަމުގައި ވީނަމަވެސް މިއީ ރަނގަޅު ބައިވެރިއެއް ލިބުމަށް އެޅޭ ހުރަހެކެވެ. ސަބަބަކީ އެއްވެސް ފިރިހެނަކު އޭނާގެ ބައިވެރިޔާގެ ބަރަހަނާ ފޮޓޯތަށް މީސްމީޑިޔާގައި ހުންނަ މީހަކަށް ވާކަށް ބޭނުމެއް ނުވާނެއެވެ.

އަމިއްލަ ފައިމައްޗަށް ތެދުވުން

އަބަދުވެސް މީހެއްގެ ތައްޕާހުގައި އުޅުމަކީ ވަރަށްގިނަ އަންހެނުން ކުރާކަމެކެވެ. އެހެންނަމަވެސް މިއީ އެއްވެސް ގޮތަކަށް އޮންނަން ޖެހޭގޮތެއް ނޫނެވެ. ޑޭޓްއަކަށްގޮސްފައިވެސް ކޮންމެ ފަހަރަކު ބިލް ދައްކަން ޖެހޭނީ ފިރިހެންމީހާއެވެ. ރަގަނޅު ބައިވެރިއެއް ބޭނުންނަމަ ޖެހޭނީ "ކްރައުޑުން" ފެހިގަންނާށެވެ. މިހެންވާން ބޭނުންނަމަ ތިމާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހުރި މީހަކަށްވާށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު