ރައްޓެއްގެ ރައްޓެއްސެއް ފޭސްބުކަށް ލާފައި އިން އޭނާގެ ބައްޕަގެ ފޮޓޯއެއް ފެނިގެން މިއަދަކީ ބައްޕައިންގެ ދުވަސްތޯ އެ ރަހްމަތްތެރިޔާ ކުރެން އަހާލީމެވެ. އާއްމުކޮށް ބައްޕައާއި މަންމަގެ ފޮޓޯ އެގޮތަށް ލަނީ މިދެ ދުވަހުން ކޮންމެވެސް ދުވަހެއްގައި ކަމަށް ވާތީއެވެ. ނަމަވެސް ކަންވީ ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. އެއީ އެ ރަޙްމަތްތެރިޔާގެ ފޮޓޯއެވެ.

މިހާރު މީސްމީޑިޔާގައި ދައުރުވަމުން އަންނަ ޒުވާނުން މުސްކުޅި ވުމުން ހުންނަ ގޮތް ދައްކުވައިދޭ ގޮތް އަންގައިދޭ ފޮޓޯތަކުގެ ފަހަތުގައިވަނީ "ފޭސްއެޕް" ނަމަކަށް ކިޔާ އެޕްލިކޭޝަނެކެވެ. 2017 ވަަނަ އަހަރު އުފައްދާފައިވާ މިއެޕްލިކޭޝަން ދިވެހިންގެ ތެރެއަށް އާއްމުވެފައިވަނީ މިދުވަސްވަރުގައެވެ.

 

މިހާރު ގިނަ ދިވެހިންވަނީ މިއެޕްލިކޭޝަން ބޭނުން ކުރަން ފަށާފައެވެ.

އެޕްލިކޭޝަންއާ ބެހޭ މަޢުލޫމާތު

މި އެޕްލިކޭޝަންއަކީ ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ވަޔަރލެސް ލެބްއިން އުފައްދާފައިވާ އެޕްލިކޭޝަންއެކެވެ. 2017 ވަނަ އަހަރު އުފެދިގެން އައި މި އެޕްލިކޭޝަންއަށް މީގެ ކުރިން މާ ބޮޑު ސަމާލުކަމެއް ލިބިފައިނުވި ނަމަވެސް، މި އެޕްލިކޭޝަންއިން މީހުންގެ މަޢުލޫމާތު ވަގަށް ހޯދަމުންދާ ކަމުގެ އަޑު ތަކާއެކު މި އެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. ނަމަވެސް ވަޔަރލެބް އިންވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ފޭސްއެޕް އިން އެޑިޓްކޮށްފައިވާ ކުރީގެ ރައީސް މައުމޫންގެ ފޮޓޯއެއްް

މަޝްހޫރު ވެގެން އައީ ކީއްވެ؟

މި އެޕްލިކޭޝަނަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވަނީ ބޮލީވުޑްގެ ގިނަ މަޝްހޫރުތަރިންތަކެއް މި އެޕްލިކޭޝަން ބޭނުން ކުރަން ފެށުމުންނެވެ.

ފޭސްއެޕް އިން އެޑިޓްކޮށްފައިވާ ކުރީގެ ރައީސް ނަޝީދުގެ ފޮޓޯއެއްް

ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މި އެޕްލިކޭޝަން މިހާރުދަނީ ބޭނުން ކުރަމުންނެވެ. އަދި ފޭސްބުކް އަދި ވައިބަރ ފަދަ އެޕްލިކޭޝަންތަކުގެ ޑިސްޕްލޭޑް ފޮޓޯއަށް މިފަދަ ފޮޓޯތައްދަނީ ލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަމްމަޑޭ މާމިގިލީ

    އަދި އަލަށް ތަ ވަގުތު ނޫހަށް މި އެޕް ތިޔަ ފެނުނީ. މިހާރު އަހަރުން ކުޅިކުޅި ބައު ކޮއްފިޔޭ މި އެޕް.

    13
    14
  2. ށަލަމް

    އައްމަޑޭ ބޭނުންކޮއް މުސްކުޅި ވިޔަސް މިއެޕް ވައިރަލް ވީ މިހަފްތާ ތެރޭގަ

    32
    5
  3. ބާރީ

    ތި އެޕް ވައިރަލް ކުޜީ އެމެރިކާގެ އެފް ބީ އައި ބޭނުމަ... މަށަ އިންގޭ އެކަން....