ދަރިފުޅު އަބަދު ގޭމް ކުލޭތީ އެކަމާ މައިންބަފައިން ހިތްހަމަ ނުޖެހެއެވެ. އެކަން ކުރުމުގައި ވަކި ހައްދެއް އޮންނަންވާނެ ކަމަށް އެ މައިންބަފައިން ބުނެއެވެ. އެއީ ހަަމަ ހަގީގަތެކެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް ވަކި ހައްދެއް އޮންނާނެއެވެ. އެހެން ނަމަވެސް މައިންބަފައިންނަށްވެސް އިނގެން ވީ އެއް ކަމަކީ ގޭމް ކުޅެގެންވެސް އެ ކުދިންނަށް ފައިދާތަކެއް ވާނެ ކެމެވެ. ގޭމް ކުޅެން އެ ކުދިންނަށް ފުރުސަތު ދޭން ވާނެ ކަމެވެ.

ގޭމް ކުޅެގެން ލިބޭ ފައިދާތަކަށް ބަލާއިރު،

ގޭމް ކުޅުމުން ސިކުނޑިއަށް ހަމަޖެހުން ލިބޭ

ގޭމް ކުޅެގެން ސިކުނޑިއަށް ހަމަޖެހުން ލިބޭކަމަށް ޔުނިވާސިޓީ އޮފް ލޯވާ އިން ހެދި ދިރާސާއަކުން ދައްކައެވެ. އެ މީހުން ބުނާގޮތުގައި، ގޭމް ކުޅެގެން ސިކުނޑިއަށްވެސް ފަސޭހަކޮށްދެ އެވެ.

ގޭމް ކުޅުމުން ގޯސް އާދަތަކުން ދުރުކޮށްދޭ

ބްރައުން ޔުނިވާސިޓިން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ގޭމް ކުޅެން އިންނަ ގަޑިތަކުގައި ސިގިރެޓް ފަދަ އެއްޗެއްސާއި ދުރުކޮށްދޭނެއެވެ.

ގޭމް ކުޅެގެން އަތަށާއި، ލޮލަށްވެސް ފައިދާ ކުރޭ

ގޭމް ކުޅުމުގެ ސަބަބުން އަތަށާއި، ލޮލަށްވެސް ފައިދާ ކުރާއިރު، މީގެ ސަބަބުން ވަރަށް ގިނަ ސާޖިއަންސްއަށް ފަސޭހަވާކަމަށް ވެއެވެ.

މިއީ ޑިޕްރެޝަންއާވެސް ދުރުކޮށްދޭ ކަމެއް

ވިސްނުންވެސް ތޫނުކޮށްދޭނެ

ކަންކަމުގައި އެޓެންޝަން ދިނުމުގައި އާއި ފޯކަސްކުރުމަށްވެސް އެހީވެދޭ

ކިޔުންތެރިންގެ ހިޔާލު