ދުނިޔޭގައި މުއްސަނދި މީހުންނާއި ފަޤީރު މީހުން އުޅެއެވެ. އަދި ފަޤީރު މީހުންގެ ގިންތި އާއި މުއްސަދިންގެ ގިންތި އަދި މިދެމީހުންގެ މެދުގައި އޮންނަ ފަރަޤު މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި މުއްސަދިންނަށް ޚާއްސަކޮށްގެން އުފައްދާ ތަކެތިވެސް މިދަނީ މިހެން ކަމުން ދުނިޔޭގައި ގިނަވަމުންނެވެ.

މިގޮތުން މުއްސަދިންނަށް ޚާއްސަކޮށްގެން ތަކެތި އުފައްދާ ޕެޝަން ޖްވެލަރސްއިން މިވަނީ އާދަޔާ ޚިލާފަށް އަގުބޮޑު ފައިވާނެއް ހަދާފައެވެ. މުޅިންހެން ރަނުން ހަދާފައިވާ މިފައިވާނުގެ އަގަކީ 17 މިލިޔަން ޑޮލަރެވެ. ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޕެޝަން ޖްވެލަރސްއިން ހަދާފައިވާ މިފައިވާ ދައްކާލުމަށް ހަމަޖެހިފައިވަނީ ދުނިޔޭގައި ހުރި ހަމައެކަނީ 7 ތަރީގެ ހޮޓެލް ކަމުގައިވާ ބްރުޖް ޚަލީފާގައި ހުންނަ ޚާއްސަ މާލަމެއްގައެވެ.

17 މިލިޔަން ޑޮލަރުގެ އަގުބޮޑު މި ފައިވާނަކީ އަންހެން ޖިންސްއަށް ޚާއްސަކޮށްގެން ހަދާފައިވާ ފައިވާނެކެވެ. 9 މަސް ދުވަހުގެ ބުރަ މަސައްކަތުން ހަދާފައިވާ މިފައިވާން ހަދާފައިވަނީ މުޅިންވެސް ރަނުންނެވެ. އެތެރޭގައި ހަރުކޮށްފައި ހުރި ލޭބަލްވެސް ހަދާފައިވަނީ ރަނުންނެވެ. އަދި މިފައިވާން ވަށައިގެން ޑައިމަންޑް ހަރުކުރެވިފައިވެއެވެ. މިފައިވާނަކީ ވަން ޕީސްއެކެވެ. އަދި މިފައިވާނުގެ އިތުރު އެހެން ފައިވާނެއް ނުހަދާގޮތަށްވަނީ ހަމަޖެހިފައެވެ. މިއީ ސައިޒް 36 ގެ ފައިވާނެކެވެ

މިފައިވާ ޑިޒައިންކުރުމުގައި އިސްކޮށް ހަރަކާތްތެރިވި، ޕެޝަން ޖްވެލަރސްގެ ޗީފް އެގްޒެކެޓިވް، ހަމިންޓަން ބުނެފައިވަނީ މިފައިވާނަކީ ވަރަށް ޚާއްސަ އަދި މަދުން ނޫނީ ނުފެންނަ ޑައިމަންޑްތަކެއް ބޭނުންކޮށްގެން އުފައްދާފައިވާ ފައިވާނެއް ކަމަށާއި، މިފައިވާނުގެ އަގު ބޮޑުވަނީެވސް މިސަސަބާއި ހުރެ ކަމަށެވެ.

މީގެ ކުރިންވެސް ޕެޝަން ޖްވެލަރސްއިންވަނީ މިފަދަ ފައިވާނެއްވަނީ ތައްޔާރުކޮށްފައެެވެ. އެފަހަރު އެފައިވާން ވިއްކާލާފައިވަނީ 15 މިލިޔަން ޑޮލަރަށެވެ. އެފައިވާން ގަނެފައިވަނީ ޑުބާއީގެ ބިލިޔަނަރެއް އޭނާގެ ދަރިފުޅުގެ އުފަންދުވަހުގެ ހަދިޔާއަކަށް ދިނުކަމަށެވެ. ޑުބާއީއަކީ ދުނިޔޭގެ ނިސްބަތުން މުއްސަދި މީހުން ގިނަ ޤައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު