ޖިންނިން އުޅެމުން އަންނަ ގެއެއްގައި ވަގުތު ހޭދަކޮށްލަން މި އޮތީ ރަނުގެ ފުރުސަތެކެވެ. މީގެ އެތައް އަހަރެއް ކުރިން ޖިންނިން އުޅެމުން އަންނަ ގެެއެއް އާއްމުންނަށް ހުޅުވާލީ އެ ގެ ކުއްޔަށް ނަގައިގެން އުޅޭ މީހުންނެެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ނިއު ހެމްޕްޝެއާގެ ޓައުންއެއްގައި ހުންނަ މި ގެ މިހާރު ގެނަގެން އުޅޭ މީހުން މިގޭގައި ވަގުތު ހޭދަ ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލިއިރު، މިއީ އެ މީހުންވެސް ވަރަށް ފަހުން ގަތް ގެއެކެވެ.

މި ގެ އިމާރާތްކޮށްފައި ވަނީ 1768 ވަނަ އަހަރުއެވެ. މި ގެ ގަނެގެން އުޅޭ ދެމަފިރިންގެ ތެރެއިން ފިިރިހެން މީހާ ކޮރީ ހެއިންޒެންއަކީ އެފަދަ ކަންކަން ތަހުގީގު ކުރަމުން އަންނަ ބައެކެެވެ. ހެއިންޒެން ބުނީ، އެ މީހުންނަށް އެ ގެއިން ޖިންނި ފެނިފައިވާކަމަށެވެ.

އެ މީހުން މި ގެ އާއްމުންނަށް ހުޅުވާލި ބޭނުމަކީ މިގޭ ތެރޭގައި ހިނގާ ރޫހާނީ ކަންތައްތައް އާއްމުންނަށް ތަޖުރިބާ ކޮށްލުމަށް ފުރުސަތު ދިނުމެވެ.

އެތަނުގައި ޖިންނިން އުޅޭނެއެވެ. އަދި ތަފާތު ކަންތައްވެސް ހިނގާނެއެވެ. އެހެންކަމުން އެފަދަ ކަންކަން އެކްސްޕީރިއަންސްކޮށްލަން ބޭނުންވާ ފަރާތްތަކަށް މި އޮތީ ރަނުގެ ފުރުސަތެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ. ޖ. އ

    ކެމެރާ ދީފަ އަރީހް ފޮނުވާ

    5
    1
  2. ޖިނާ

    ތީ ހުސޯޯޮހޮލި ވާހަކަ.......