ދަރިން ނުލިބޭނަމަ ދެމަފިރިން ދޫމް doum fruit އިން ހަދާފައިވާ ބުއިމެއް ބޯނަމަ ދަރިން ލިބުމުގެ ފުރުސަތު ބޮޑު ކަމަށް އެކަން އަމިއްލަ އަށް ތަޖުރިބާ ކޮށްފައިވާ މީހުންނާއި ހަވާލާދީ މީހަކު ބުނެފިއެވެ.
މިހާރު ވައިރަލް ވެފައިވާ ފޭސްބުލް ޕޯސްޓްގައި ބުނެފައިވަނީ އޭނާ މަދީނާގައި އުޅުނުއިރު ދިމާވާ ހައްޖާޖީންނަށް ވަރަށް ގިނައިން ދޫމް ހޯދައިދީ އުޅޭ ކަމަށެވެ. ޕޯސްޓް ކޮށްފައި ވަނީ ދިވެއްސެކެވެ. މައްކާ އަދި މަދީނާގައި ދޫމް ގާތްގަނޑަށް 1-2 ޑޮލަރާ ދެމެދުގެ އަގަކަށް ލިބޭ ކަމަށްވެސް އެޕޯސްޓްގައި ބުނެފައިވެއެވެ.
އަދި ބުނެފައިވަނީ މިތަކެތި ވިއްކާ މީހުން މަޢުލޫމާތު ދޭ ގޮތުގައި މިއީ ސިއްޙީ ގޮތުން އެތަކެއް ފައިދާއެއް ލިބޭ އެއްޗެކެވެ.
ދޫމް ބޭނުންކޮށް އަމިއްލަ އަށް ކަންކަން ތަޖުރިބާ ކޮށްފައިވާ މީހުންނާއި ހަވާލާދީ އޭނާ ބުނީ ޕައުޑަރއަށް ހަދައިގެން މީގެ ކުލަ ނިކުންނަހާ މިންވަރަށް ރޯ ކިރަށް އަޅާ މިކްސް ކޮށްގެން ދަރިން ނުލިބޭ ދެމަފިރިން 3 އިރު ބޮއެ، އެކަމަށް އެދި ދުޢާ ކުރުމުން ދަރިން ލިބިފައިވާ ކަމަށެވެ.
މި ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ރަށެއްގައި ދަރިން ނުލިބިގެން 12 އަހަރު ދުވަހު އުޅުނު ދެމަފިރިއަކަށްވެސް މިގޮތަށް މިބުއިން ބޭނުންކޮށްގެން ދަރިން ލިބިފައިވާ ކަމަށެވެ.
ދޫމްގެ އިތުރު ފައިދާތަކުގެ ތެރޭގައި ރަޙިމުގެ ބަލިތަކުން ދުރުވުމާއި މައިދާގެ ބަލިތަކުން ރަނގަޅު ވުން ވެސް ހިމެނެއެވެ.
ކުއްޖަކު ލިބުން ލަސްވުމުން ކުރެވޭނެ ކަމަކީ ބައްޔެއް އުޅޭތޯ ބަލައި ފަރުވާ ހޯދުމެވެ. ނެތް ނަމަ ދުޢާ ކުރުމެވެ. އިންސާނަކު ކަމަކަށް އެދި ދަންނަވަން ހުރީ ހަމަ އެންމެ ފަރާތެކެވެ. އެއީ މާތް ﷲ އެވެ. އެ ކަލާނގެ ފިޔަވާ، މީހަކަށް ދަރިން ރިޒުޤު ކުރައްވާނެ އެއްވެސް ފަރާތެއް ނުވެއެވެ. ވީމާ މުސްލިމަކަށް ލިބިފައިވާ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކުރުން ކަމަށް ވަނީ ވެފައެވެ.
ތިހުރޭ މައްކާ ހަރަމް ވަށައިގެން އެއޮންނަ މަގުމަތީބާޒާރުގަ ފުނިޖަހާފަ...ތިގޭނުމަކީވެސް ހިލަ ގޭނުންފަދަ ބުރަ ކަމެއް..ހަރު ދަގަޑު އެއްޗެއް.
މީތި ހުރޭ އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިއާ، ތައިލޭންޑް ގަ ވެސް ބޯކޮށް...
އެހެންވެގެންނު ދުނިޔޭގަ އެންމެ އާބާދީ ބޮޑު ތަންތަން ގޮތުގަ އެގައުމުތަށް އެހުރީ.
ތި ބޮއިމާ ޖެހޭނީ އިތުރު ބައްޔެއް. ތި ނުބޮއި ދުއާ ކުރިޔަސް ދަރިންދެއްވާނެ. ކީރިތި ގުރުއާނުގެ 1 ސޫރަތުގެ ބަރަކާތް އެބަހުރި ތިޔަ ކަމަށް. އެސޫރަތް ކިޔަވާންވި ގޮތައް ކިޔަވާފި މީހަކަށް ދަރިންލިބޭނެ. ޔަގީން. މިއީ ހަމަ މުޖައްރިބު އެއްޗެއް.
ކޮބާ އެ ސޫރަތަކީ. އަދި އެސޫރަތުއި މިކަމަށް ބަރަކާތް އޮތަ ކަމުގެ ދަލީލަކީ؟ ޝަރުޢީ ކަމެއް އުފަން ކުރެވޭނީ ޝަރުޢީ ދަލީލަކުން
މާމިގިމީހާ އެސޫރަތުގެ ނަން ސިއްރުކުރީ ކީއްވެ؟ އެސޫރަތުގެ ނަން ބުނެލަދީ
އެއީ ކޮން ސޫރަތެއްތޯ. އަދި ކިޔަވަންވީ ކިހިނެއްތޯ.
މާމިނގިލީ މީހާ ބުނީ. ތިމަންނަކައިރީވެސް މީހަކު ބުންޏޯލަ. ޢުތަ..
މިކަހަލަ މިހުނަށް ކިޔަނީ ރޯނުއެދުރުން
ހާދަ ފަންޑިތަހަދާ މީހެއް ވައްތަރު ޖަހަަޭ!
ފޯއްވަޅިން ވަރަށް ފަސޭހަވާނެ ތީގެ މަސައްކަތް ކުރަން. އެއީ އުދަގޫ ކަމެއްނޫން
މިފަހަކަށްއައިސް ފޭސްބުކްގައި ހިޖާމާއަށް މަމޮޅު ކަމަށް ދައުވާ ކުރާ އަންހެނެއް، އޭނާގެ ކްލިނިކް އޭ ކިޔައިގެން ހަދާފަ އިންނަ ކޮޓެރި އެއްގަ. ތި ގަންނަން ލިބެން ހުންނަ ކަމަށް ބުނެ، ބޮޑު އަގުގައި އެ ގަންނަ މީހަކަށް އެކަނި ތީގެ ފައިދާ ކިޔައިދޭނީ ކަމަށް ބުނެ އިޝްތިހާރު ކުރަނިކޮށް މިކަމުގެ މައުލޫމާތު ޙިއްޞާ ކޮށްލި ކަމަށްޓަކާ ޝުކުރު އަދާ ކުރަން.! ވަރަށް ބޮޑަށް ޝުކުރިއްޔާ! جزاك الله خيرا
މާމިގިލީ މީހާ އެއީ ކޮންސޫރަތެއްކަން ބުނެދީފާނަންތަ؟
މަށަޢް ހީވަނީ ސޫރަތުލް ފާތިހާ، ސޫރަތުލް މަރްުޔަމް
ﷲ އިރާދަކުރެއްވިމީހަކަށް ދަރިން ދެއްވާނެ
އެހެންވީމަ މިޚަބަރު ލިޔުނު މީހާ ބުނެދޭން މިއުޅެނީ ދުއާއަށްވުރެ ދޫމް ބާރުގަދައޭތާދޯ. މިވާހަކަ މިގޮތަށް ލިޔުމަކީ ދީނަށް ފުރައްސާރަކުރުން ނޫންބާ؟
ދޫމް ގެ އިގިރޭސި ނަންތަމި..... ނޫނަމަ އިގިރޭސި ނަން ބުނެދީފާނަން
އިގިރޭސި ނަމަކީވެސް "doum fruit". ސައިންސްވެރިން މީދާތައް ބޭނުންކޮށްގެން ކުރެވުނު ރިސާޗަކުން އެގެނީ މިމޭވާ ކައިގެން ދަރިން ލިބުމުގެ ފުރުސަތަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް
މިމީދާތަކަކީ އިންސާނުންގެ ޖީންތަކާ އެއްގޮތްވާ ގޮތަކަށް ސައިންސްވެރިން ފަރުމާކޮށްފައިވާ މީދާތަކެއް. މިމީދާތައް ބޭނުންކޮށްގެން ބޭސްތަކުގެ ލޭތަލްޑޯސްވެސް މިހޯދަނީ. ގަބޫލުކުރަން ބޭނުން ނުވިއަސް ޖެހޭނީ ގަބޫލު ކުރަން.
ތިބާ ނޫނަސް ގޫގުލް ދައްނަ މީހުން މިޒަމާނުގަ އުޅޭނީ ގަބޫލުކުރިޔަސް ކުރަންޖެހޭނީ
ގޫގުލް ބޭނުންކުރާ ގިނަ މީހުން ގޫގުލް އިން ލިބޭ ކޮންމެ މައުލޫމާތެއް ދޮގުތެދު ނުބަލާ ގަބޫލުކުރޭ. އެމީހުން ގޫގުލް ބޭނުންކުރަނީ އަމާކީތީ ފަރަށްދާ އުސޫލުން.
މިކަމަށް އެއްކަލަ ހިޖާމާ ކޮބާ
މީގެ ދިވެހި ނަމަކީ ކަހެރުވައް.
މީގެ ދިވެހި ނަމަކީ "ތާވަށްކާށި"
ކިނބި ކާށި