ކޮންމެ ދެމީހަކު ވެސް ކައިވެނި ކުރަނީ އުމުރު ދުވަހު އެކުގައި އުޅޭށެވެ. ނަމަވެސް ހުރިހާ ފަހަރަކު ކަންތައްތައް ނިމިގެން ދަނީ ހީކުރާ ގޮތަކަށް ނޫނެވެ. "ރެޑިޓް" ގައި މީހަކު ކުރި ޕޯސްޓެއްގައި ޤާނޫނީ ވަކީލުންގެ ކިބައިން އެދުނީ މީހުން ވަރިވާން ވަކީލުންގެ ލަފާ ހޯދި އެންމެ ޖޯކް ކަންކަން ކިޔައި ދިނުމަށެވެ. އެޕޯސްޓަށް ވަރަށް ގިނަ ބަޔަކު ވަނީ ކޮމެންޓް ކޮށްފައެވެ.

އޭގެ ތެރެއިން އެކަކު ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕަ އަކީ އާއިލީ މައްސަލަތަކުގައި ވަކާލާތު ކޮށްދިން ވަކީލެކެވެ. ބައްޕަ ކައިރިއަށް އައި އަންހެނަކު އޭނާގެ ފިރިމީހާ ކައިރިން ވަރިވާން ބޭނުންވީ ދެ ސަބަބެއް އޮވެގެންނެވެ. އެއް ސަބަބަކީ ފިރިމީހާގެ މޭ މަތީގައި އެކަށީގެންވާ ވަރާއި ގާތަކަށް ވެސް އިސްތަށި ފަޅާފައި ނެތުމެވެ. ދެވަނަ ސަބަބަކީ ފިރިމީހާ މާމަޑުން ކާރު ދުއްވުމެވެ.

އެކި މީހުން އެމީހުންގެ ކައިވެނި ރޫޅާލަން ބޭނުންވި ސަބަބު ކަމަށް ވަކީލުން ކިޔައިދީފައިވާ ކަންތައްތަކުގެ ތެރޭގައި ކާއެއްޗެހި ހަފާ އަޑު ގަދަވުން، ވެހިކަލް ދޮންނަން އެކަށީގެންވާ މަސައްކަތެއް ނުކުރުން ފަދަ ކަންތައް ވެސް ހިމެނެއެވެ.

ވަކީލުންގެ ވާހަކަތަކުން އެނގުނު ގޮތުގައި އެމެރިކާގައި ވެސް ވަރިވާން ބޭނުންވާ މީހުންގެ ތެރެއިން 98 އިންސައްތަ މީހުން ވަރިވުމަށް ކޯޓަށް މައްސަލަ ހުށަހަޅަކީ ފިރިމީހާ ނުވަަތަ އަނބިމީހާ އަކީ އޭނާގެ މަންމަ އަށް ކަމުދާ މީހަކަށް ނުވެގެންނެވެ. ވަރި ވާން ބޭނުން ވަނީ މަންމަ ބުނެގެންނެވެ.

ވަރިވާން ހުށަހެޅި އެންމެ ޖޯކް ސަބަބުތައް ބަލަން ކުރި ޕޯސްޓަށް މިހާތަނަށް 18000 އަށް ވުރެ ގިނަ ކޮމެންޓް ލިބިފައިވެއެވެ. އޭގެ ތެރޭގައި ވަރަށް ހެއްވާ ޒާތުގެ ވާހަކަތައް ގިނައިން ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙުސޭނު

    ބެއަރ އެއް ހޯދާ

    14
  2. އ. ޖ. އ

    ކޮބާ ޝާނީގެ ކޮމެންޓަކީ ؟?

    5
    1
  3. ވަގުތު ހޭޓަރ

    އެކި މީހުންނަށް ކަމުދަނީ އެކި ސިފަ.. ވަގުތުގަ ވެސް އިއްޔެ ބިޓު ގޮވައިގެން ޑޭޓަކަށް ދާށޭ އޮތިއްޔާ މިއަދު އޮންނާނެ މުސްލިމުންނަށް އޮތީ ކައިވެނި ކުރުމޭ.. ހަރާން ގުޅުން ތަކެއް ނޫނޭ

    19
  4. ނަހުލާ

    އަސްލުވެސް ފިރިހެނުން މޭމަތީގަ އިސްތަށި ނެތިއްޔާ ފިރިހެން ވަންތަކަން އޭގެ ޒާތުގަ ނުހުރޭ. ކަމެއް ވެގެންދޯ އަންހެނުންގެ މޭމަތީ އިސްތަށި ނުހުންނަނީ. މަށަށް ހަމަ ވަރަށް ލޯބި ފިރިހެނުން ފަން ހެއަރީ ބޮޑީއެއް ހުރީމަ. ބުޅިވީމަ ދެން އެހާ އެހާއެއްނޫން ހެހެ

    5
    25
    • Anonymous

      ފޯރިޔެއް އެބަހުއްޓެއްނު

      8
      1