ކޮންމެ މީހަކުވެސް ވަރުބަލިކަން އިޙްސާސްވުމުން ރުޅި އިސް ކުރެވޭ ފަހަރު އާދެއެވެ. މިފަހަރުވެސް ކަންހިނގީ ދާދި މިކަހަލަ ގޮތަކަށެވެ.

އިންޑިޔާގެ ބެންގަލޫރުގައި ހިނގި މިހާދިސާ ހިނގާފައިވަނީ ދެމީހުންނަށްވެސް ވެފައިތިބި ވަރުބަލި ކަމެއްގެ ސަބަބުންނެވެ. ކާރު ދުއްވަން އިން މީހާވެސް އިނީ އެދުވަހު ހަތަރު ދަމު ކާރު ދުއްވަ ދުއްވާ ވަރުބަލި ވެފައެވެ. އަދި ކާރަށް އެރި ދަތުރުވެރިޔާވެސް އިނީ ދުވަހުގެ މަސައްކަތައް ފަހު ވަރަށް ބޮޑު ވަރުބަލި ކަމެއްގެ ތެރޭގައެވެ.

ދެން ކަންވީ ވަރަށްވެސް ތަފާތު ގޮތަކަށެވެ. ކާރުގެ ޑުރައިވަރު މި ދަތުުރުވެރިޔާ ގާތު ބުނީ ޓްރެފިކް ބޮޑު ކަމުން ދަތުރު ނުކޮށްދެވޭނެ ކަމަށެވެ. ނަމަވެސް ކާރަށް އެރި މީހާ ފައިބާކަށް ބޭނުމެއް ނުވިއެވެ. މިހެންވެ ދެން ފެށީ ބޮޑު ޒުވާބެކެވެ.

ޒުވާބު ހޫނުވެ ގަޔަށް އަތްލާ ހިސާބަށް ދިޔައެވެ. ކާރުން މިމީހާ ނުފޭބުމުން ކާރުގެ ޑުރައިވަރު އެރީ އަމަށަކު ރުޅިއެއް ނޫނެވެ. އަތުކޮޅަށް ކާރަށް އެރި މީހާނަގާ ހޫރާލިއެވެ. މިކަމުގެ ތެރޭގައި މިމީހާއަށް ބޮޑު ޒަޚަމްތަކެއް ލިބުނެއެވެ. ކުރިމަތީގައި އޮތް ކާރުގެ ބިއްލޫރިގަނޑުގައި ޖެހި ބޯވެސް ފަޅައިގެން ދިޔައެވެ.

މިމައްސަލަ މިހާރު ފުލުހުންދަނީ ތަޙްޤީޤް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު