އިނގިރޭސިވިލާތުގެ ސްޓޭޓެއްގައި ޑޮކްޓަރަކު ވިއްސާރައިގެ ތެރޭގައި ދަރިފުޅު ބަލާ އެއާޕޯޓަށް ދިއުމަށް ކާރަށް އަރަން ދިޔަ މަގުމަތީ ގަޔަށް ހޮނިއަޅާ ގެއްލުންތަކެއް ވި ނަމަވެސް، އޭނާއަށް އެކަން އެނގުނީ އޭގެ ދެ ދުވަސް ފަހުން މޫނުގައި ރިއްސަން ފެށުމުންނެވެ.

"އަހަންނަށް ފެނުނީ ބޮޑު ފްލެޝް ލައިޓެއް. ދެން އަހަންނަށް އެނގުނީ އަހަރެން ތެދުވީ ތާރުގަނޑު މަތިންކަން". ޕައުލް ނަމަކަށް ކިޔާ އެ ފިރިހެން މީހާ ބުންޏެވެ.

އޭނާ ބުނީ، އެއްވެސް މީހަކު އޭނާއަށް އެހީތެރިވާން އެއިރު ނައުމުން އޭނާ ހީކުރީ އޭނާއަށް މާބޮޑު ގެއްލުމެއް ނުލިބެނީ ކަމަށެވެ. އެހެންވެ އޭނާ އެތަނުން ތެދުވެގެން ކާރަށް އަރައިގެން ގޮސް ދަރިފުޅު ބަލާ އެއާޕޯޓަށް ދިޔައީ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް ޖުލައި ހަތަރު ވަނަ ދުވަހު އާއިލާ އާއި ރައްޓެހިންނާއެކު މަޖަލުގައި އުޅެނިކޮށް އޭނާގެ މޫނުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުން ވަނީ އޭނާގެ ނޭފަތް ފަޅައިގެން ގޮސް، ދަތްދޮޅިއަށްވެސް ގެއްލުންވެފައިވާކަމަށް ވަނީ އެނގިގެން ގޮސްފައެވެ.

އަދި އިތުރަށް ބެލި ބެލުމުން އެނގުނުގޮތުގައި، އެ ކަންތައް ވީ ހޮނުއަޅައިގެން ކަން ވަނީ އެނގިގެން ގޮސްފައެވެ.

އޭނާ ބުނިގޮތުގައި، ގުގުރާއި ވިދާ ހަދާކަން އެނގުނު ނަމަވެސް، އޭނާގެ ގަޔަށް ހޮނު އެޅިކަން ކުރިން އޭނާއަކަށް ނޭގެއެވެ.

އިނގިރޭސިވިލާތުގައި ހޮނު އެޅުމުގެ ސަބަބުން މީގެ ކުރިން އެތައް ބަޔަކަށް ގެއްލުންވިކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އަދި މިފަދަ ހާދިސާތަކުގައި ގިނަބަޔަކު މަރުވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ. ޖ. އ

    ރަނގަޅު އެނގުން ކަން

    10
    2
  2. ބޯކިބާ

    "އަހަންނަށް ފެނުނީ ބޮޑު ފްލެޝް ލައިޓެއް". ނާހަމަ ތެދެއް؟

    3
    1