އެމެރިކާ މީހަކު، މީހަކު މަރާލިކަން ސާބިތުކޮށް 20 އަހަރު ޖަލުގައި ބޭއްވި ފަހުން އޭނާ އަކީ ކުށްވެރިއެއް ނޫންކަން އެނގުމުން އެންމެ ފަހުން މިނިވަންކޮށްފިއެވެ.

އުމުރުން 43 އަހަރުގެ ކްރިސްޓޮފާ ޓެޕް 30 އަހަރަށް ޖަލަށް ލާން 1998 ވަނަ އަހަރު ޙުކުމް ކުރީ އަންހެނަކު ރޭޕް ކުރުމަށް ފަހު މަރާލި މައްސަލައެއްގައެވެ. ކްރިސްޓޮފާގެ މައްޗަށް ކުރި ދައުވާތަކަށް އޭނާ އިންކާރު ކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާ ޙުކުމް ކުރިއެވެ.

ކްރިސްޓޮފާ އަކީ ކުށްވެރިއެއް ނޫންކަން 2017 ވަނަ އަހަރު އޭނާގެ ފަރާތުން ހުށަހެޅި ޑީއެންއޭ ރިޕޯޓްތަކެއްގައި ކޯޓަށް ސާބިތުކޮށްދިނެވެ. ނަމަވެސް ދައުލަތުން ދައުވާ އަނބުރާ ނުގެންދާތީ އޭނާ ވަނީ މިދިޔަ ހަފްތާ އާއި ހަމައަށް ޖަލުގައި ބަހައްޓާފައެވެ.

ކްރިސްޓޮފާގެ މައްޗަށް ޙުކުމް އިއްވި މައްސަލައިގައި ހިމެނޭ އަސްލު ކުށްވެރިޔާ ފުލުހުންނަށް އަތުލައި ގަނެވުނީ މިދިޔަ މެއި މަހު އެވެ. ބްރިއަން ޑްރިޕްސް ނަމަކަށް ކިޔާ މީހާ ހައްޔަރުކޮށް ސުވާލު ކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފް ވެސް ވެފައެވެ.

ކްރިސްޓޮފާ މިނިވަން ކުރުމަށް ކޯޓުން ޙުކުމް ކުރުމުން އޭނާ ބުނީ މިއީ ބަޔާން ކުރަން ނޭނގޭ އުފަލެއް ލިބުނު ވަގުތުކޮޅެއް ކަމަށެވެ.

"އަހަރެން އާހަޔާތެއް ފަށާނަން. އަހަރެން ބޭނުން ވަނީ ކޮންމެ ދުވަހަކީ ވެސް އުފާވެރި ދުވަހަކަށް ހަދަން." އޭނާ ބުންޏެވެ.

ކްރިސްޓޮފާ ބުނީ ނުކުރާ ކުށެއް ސާބިތުވެއްޖެ ކަމަށް ނިންމާ އޭނާގެ ހަޔާތުން 20 އަހަރު ބޭކާރު ކޮށްލުމުގެ ޒިންމާ ބަޔަކު އުފުލަން ޖެހޭނެ ކަމަށާއި، އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރާނެ ކަމަށެވެ.

އެމެރިކާގެ ޖަލުތަކުގައި މިގޮތައް ޙުކުމް ކޮށްފައި ތިބި އެތައް ހާސް ކުށްވެރިންނެއް ތިބޭނެ ކަމަށް ލަފާ ކުރެވެއެވެ. މީގެ ކުރިން ވެސް މިގޮތައް ޖަލަށް ލާފައިވާ ބައެއް މީހުން އެތައް އަހަރެއް ފަހުން ކުށްވެރިން ނޫންކަން ސާބިތުވެ ޖަލުން މިނިވަން ވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދދދދދދ

    ލަދުހަޔާތްކުޑަ އެމެރިކާ އަދިވެސް މާ ޑިމޮކްރެޓިކް ހެދިގެން އުޅޭ. ނުހައްގުން މީހުންގެ ޒިންދަގީ ނަގާލުމުގަ އެއްވަނަ.

    18
    3
  2. ފަހުދާ

    "އެމެރިކާގެ ޖަލުތަކުގައި މިގޮތައް ޙުކުމް ކޮށްފައި ތިބި އެތައް ހާސް ކުށްވެރިންނެއް ތިބޭނެ ކަމަށް ލަފާ ކުރެވެއެވެ." ، މިހެން ބުނުމުގެ ހައްގެއް ނެތް ލިޔުން ތެރިޔާ އަށް.

    4
    14
  3. އިބްރާ

    މީ މަ މިބުނާ ވާހަކަ ކުށެއްގެތުހުމަތުގައި ހައްޔަރުކުރެވޭ މީހާއަކީ ކުއްވެރިއެއްނޫންކަން ކަނޑައަޅަންދެން އެމީހަކީ ކުއްވެރިއެއްކަމަށް މި ރާއްޖޭގަވެސް އެބަޖެހޭ ކަންޑައަޅަން. އެހެންނޫނީ އަދީބުމެންފަދަ އެތަށްކުއްވެރިންނެތް ތިބޭނީ މިނޮވަންކަންމަތީ.

    3
    1