އަހަރެމެންގެ މުޖުތަމަޢުގައި ކުރިން ވާހަކަ ދެކެވެމުން އައި ގޮތަށް ބަލާއިރުވެސް، ރާވެރިންނަކީ ވަރަށް ދަށް ފަންތީގެ ބައެއްގެ ގޮތުގައިވަނީ ފާހަގަވެފައެވެ. "ރާވެރިއެއްގެ ދަރިއަކަށްވެސް ހަތަރެތިން އެކަތި އޮންނާނެއެވެ"- މި އަދަބީ ބަހުންވެސް އެކަން ސާފުކޮށް އެނގެއެވެ. އެހެންނަމަވެސް، މިއީ މިކަން އޮންނަން ވާނެ ގޮތް ކަމަކަށްވެސް ނުބެލެވެއެވެ.

އެހެންނަމަވެސް، އެނގޭ ހެއްޔެވެ؟ ރާއްޖެއިން ބޭރުގައި މިކަމުންދަނީ ބޮޑު އާމްދަނީއެއް ހޯދަމުންނެވެ. އާނ އެކެވެ. ރާވެރިކަން ކުރަނީ ރާއްޖެއަކުން އެކަންޏެއްވެސް ނޫނެވެ.

އަވަށްޓެރި އިންޑިޔާގެ، ދިވެހިންގެ ބާރުގަދަ ކެރެލާ ސްޓޭޓަށް ނިސްބަތްވާ އީ ޕީ ސަލިމަން ނަމަކަށް ކިޔާ މި މީހާއަކީ ރާވެރިކަން ކޮށްގެން މަހަކު 1.25 ލައްކަ ރުޕީސް ހޯދަމުންދާ މީހެކެވެ.

އޭނާ ބުނެފައިވާ ގޮތުގައި ހޫނު މޫސުމުގެ ދުވަސްވަރު ރުކު ރަލަށް އޮންނަ ޑިމާންޑު އެތައް ތަނެއް ބޮޑެވެ. ސަބަބެއްކަމަށް ބުނަނީ ފިނި ކޮށްލައިގެން އެބާވަތްތައް ބޭނުންކުރަން އެތައް ބަޔަކު ހިތް އެދުމެވެ.

ފާއިތުވި 32 އަހަރު، އެއްވެސް ޗުއްޓީ އެއް ނެގުމެއް ނެތި، އެއްވެސް ކަހަލަ އެހެން ހަރަކާތެއްގައި ބައިވެރިވުމެއް ނެތި ކޮންމެ ދުވަހަކުވެސް މި މަސައްކަތުގައި އޭނާވަނީ ހަރަކާތްތެރިވެފައެވެ. ހަމައެހެންނެ، ކެރެލާގެ ސަރުކާރުން އޭނާއަށް ޚާއްޞަ ހަނދާނީ ފިލައެއްވެސް އަރުވާފައިވެއެވެ. އެއީ އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ރުކު ރާ ބާލައިގެންނެވެ.

ރާވެރިކަން ކޮށްގެން އޭނާއަށް ލިބުނު އާމްދަނީ އިން ބޮޑު ގެއެއްވެސް ބިނާކޮށްފައިވާއިރު އޭނާގެ ދަރިން ދަނީ މިހާރު މާސްޓަސް އާއި ބެޗެލަރސް އަށްވެސް ކިޔަވަމުންނެވެ.

ސަލިމަން އަކީ ކެރެލާގެ ރާވެރިންގެ ވެލްފެއަރ ބޯޑުގެ މެންބަރެއްވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީނަ

    ވަރަށް ސަޅި