މާލޭ މަގުމަތިން ޒުވާން އަންހެނަކު، މުސްކުޅި ފިރިހެނެއްގެ އަތުން ފައިސާ ފޭރެން މަސައްކަތްކޮށްފިއެވެ.
އަންހެން މީހާ، މުސްކުޅި ފިރިހެނެއްގެ އަތުން ފައިސާ ފޭރެން އުޅުނު މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯގައި އަންހެން މީހާ ބުނަނީ މުސްކުޅިޔާ އޭނާގެ އަތުން ފައިސާތަކެއް އަތުލައިގެން ދާން އުޅޭ ކަމަށެވެ.
ނަމަވެސް އެސަރަހައްދަށް މީހުން އެއްވުމުން އަންހެން މީހާ ވަނީ މުސްކުޅިޔާ ދޫކޮށްލާފައެވެ. އެސަރަހައްދުގައި ތިބި މީހުން ބުނާ ގޮތުގައި ފަހުން އެނގުނު ގޮތުގައި އަންހެން މީހާ އުޅުނީ މުސްކުޅިޔާގެ އަތުން ފައިސާ ފޭރޭށެވެ.
https://www.facebook.com/VaguthuMv/videos/2062055984098160/
ފަހަކަށް އައިސް މާލޭގައި ވެސް ފޭރުމުގެ ހާދިސާތައް ހިންގުން ވަނީ އަނެއްކާވެސް އިތުރުވެފައެވެ. ފޭރޭ މީހުންނާއި ވައްކަން ކުރާ މީހުން މަގުމަތިން އަތުލައިގަނެ އެމީހުންނަށް ހަމަލާދީ އަނިޔާ ކުރުމަކީ ވެސް ވަރަށް އާއްމު ވެފައިވާ ކަމެކެވެ. ނަމަވެސް ވަގުންނަށް އަނިޔާ ކުރާ މީހުންނަށް ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅައެވެ.
ފޭރޭކައް ނޫން އުޅުނީ. އަންހެން މީހާ ފިރިހެން މީހާދެކެ ކުއްލިއަކައް ލޯބިވެގެން އަޅައިގަނެގެން ނެއްޓެން ނޭގިގެން އުޅުނީ. މިހާރު އުޅޭ އަންހެން ކުދިން ވަރައް އިޝްގީ. މަށައްވެސް ކުރީ ދުވަހަކު އޭގެކަމަކާ ދިމާވީ.
ވާނުވާ އެނގިގެން ޕޯސްޓު ކޮށްބަ. މި މިހާރު އާންމު ކަމެއް. އަސްލު ވާގޮތަކީ ދޭ ހިދުމަތަށް ކިޔާ އަގަށް ފަހުން މުސްކުޅިމީހާ ލާރި ދޭން ދެކޮޅު ހަދަނީ.
އެއީ ފިރިހެނެއްނަމަ ލައިގެންހުރި އަންނައުނު ބާލުވާފަ ގައިގަ ތަޅަމުން ވީޑިއޯކުރަމުން ގަންހިންގާނެ. އަންހެނެއްވީމަ އެހިސާބުން އެކަން އެނިމުނީ؟ މަޝްހޫރުވާން ހަމަހަމަކަމަށް މަސައްކަތްކުރާ މީހުން އެއްޗެކޭ ބުނަންއެބަޖެހޭ މިކަމާ!
މި ވީޑިޔޯ ކުރި މީހަކު ކީއްވެތަ ހަޅޭލަވައި ނުގަތީ
ފަހަކަށް އައިއްސަ އެއް ނޫން.. ފޭރޭތާ ލައްކަ ޒަމާން ވެއްޖެ.. ހައްލު ކުރާކަށް ބޭނުމެއް ނޫން.. ކުއްވެރިން ނެތިއްޔާމު ޕޮލިހުންގެ ބޭނުމެއްވެސް ނޯންނާނެތީ..
އެ މުސްކުޅި މީހާ އަށް އެހީތެރިވުމުގެ ބަދަލުގައި ވީޑިއޯ ކުރަން.. އަޅެ ދިވެހިންނަށް މިތިބީ ކިހިނެތް ވެފަތަ؟؟؟
އަސްލުވެސް އެހީތެރި ވުމުގެ ކަންފުޅެއްވެސް ދިވެހިންގެ ގިނަމީހުންގެ ނުހުރޭ
އަން ހެނުންނޭ ކިޔާފަ ވަގުންނާ މަގުފޭރޭ މީ ހުން، އަހަންނާވެސް ތިކަހަލަ ކަމަކާ ދިމާ ވި ފަހަތު އަޅުވާއިގެން ލާރިއެއް ދީބަލާށޭކިޔާފައުޅުނު
ނަން ވާނީ ފިރިހެނުން
އަންހެނުން ބާރުވެރިވެފައި ތިހިރީ. އަދިވެސް އެކުދިން އިތުރަށް ބާރުވެރި ކުރުވީމަ ރަނގަޅުވާނީ.
ތިހެންވީއިރު ފިރިހެނުންގެ ބާރުވެސް ކަނޑުވަންވީ
ތީ ހަކުރުބޮމުން މާލޭގަ ދުވާއަންހެނެއް އޭނަ އާންމުކޮށް މުސްކުޅިން އަތުން ފައިސާ ހޯދަނީ ތިހެން ގިނަމުސްކުޅިންނައް ނޭންގެނީ ތީ ޒޮންބީއެއްކަން ތަންކޮޅެއް ކުރީގަވެސް ތި އަންހެނާ ގެ 2 ވީޑިއޯ އުޅުނު ސޯޝަލް މީޑިއާގަ ހަމަ ދެ މުސްކުޅިން
އަންހެން މީހާގެ ބައްޕައެއީ.
ތީ ވަރަށް ކުރީގެ ކަމެއް
ވެލިޒިނީ ބާ؟
ފިރިހެނުންނަށްކުރެވޭ ކޮންމެކަމެއްވެސް އަންހެނުންނަށްވެސް ކުރެވޭނެ. އެއީހަމަހަމަ ވުމަކީ.
ޙެހެ ރަންގަޅުވާހަކައެއް
ތިޔަ ވީޑިއޯ ކުރި މީހާ ނޭވާހޮޅިޔަށް އެޅޭއިރުވެސް އުޅޭނީ އެތަން ވީޑިއޯ ކުރެވޭތޯ …..
ހާދަ ފޯރިގަދަޔޭ ދޯ
ޖެންޑާ ބަޔަސް ފެނިގެން މިދަނީ. ކޮބާ ފެމިނިސްޓުން. ކީކޭބާ މިކަމާ ބުނާނީ. ފުލުހުންވެސް މީ ފިރިހެނެއް ނަމަ މިހާރު ދުވަސް ދުއްވާލައިފީސް. އަންހެނެއްވީމަ ޒީރޯ ޓޮލަރެންސް ނޯވޭތޯ.
އަރި ހުރަހަށް އަތާއި ފައި ބުރި ކުރަންވީ ކޮން އަންހެނެއް ފިރިހެނެއް ނޯންނާނެ އިސްލާމް ދީނަކު އެއް ހަމަ ހަމަ ވާނެ
މިހާރުދެން ތި ހަމަހަމަވީ ދެ ޖިންސް އިނގިއްޖި