"ރަނޑު ފިރިހެނެއް"ގެ ހަޔާތުގެ މައްޗަށް ބިނާކޮށް ނެރުނު އެހެނަސް އަކީ މުޖުތަމައުއަށް ރަނގަޅު މެސެޖްތަކެއް ދޭނެ ވެބް ސީރިޒްއެކެވެ. އެކަން އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑް ބެލުމަށްފަހު މީސްމީޑިއާގައި މީހުން ދައްކަމުންދާ ވާހަކަތަކުން އިނގެއެވެ.

އެހެނަސްއަށް ގިނަބައެއްގެ ލޯތްބާއި ތައުރީފް ލިބިގެން ހިނގައްޖެއެެވެ. އެތައް ބަޔަކު މީސްމީޑިއާގައި އެ ސީރީޒްގެ ވާހަކަދައްކަމުން އެބަދެއެވެ. އޭގެތެރޭގައި ފިލްމް އިންޑަސްޓްރީގެ މީހުންވެސް ހިމެނެއެވެ.

މި އެންމެންވެސް ސީރީޒްގެ ފުރިހަމަކަމަށް ތައުރީފް ކުރަމުންދާއިރު، ތަރިންގެ މޮޅުކަމުގެ ވާހަކަވެސް ދެއްކިއެވެ. މި ސީރީޒްގައި ޝީލާ ނަޖީބު އާއި މުހައްމަދު މަނިކު އަދި ޔުނާން ފިޔަވާ އެންމެންނަކީ ގާތްގަނޑަކަށް މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުތް މީހުންނެވެ. އެހެން ނަމަވެސް އެ މީހުންގެ ހުނަރު ފެނި ހަމަ ކޮަސްވެއްޖެއެވެ. މިއީ އަލަށް ދާއިރާއަށް ނުކުތް ބައެއްހެން ހީވެސް ނުވެއެވެ.

މި މަހުގެ 16 ވަނަ ދުވަހު އެހެނަސްގެ ފުރަތަމަ ފަސް އެޕިސޯޑް އޮލިމްޕަހުގައި ދައްކާލިއިރު، މުޅި މީސްމީޑިއާ އެ ސީރީޒްގެ ވާހަކަތައް ދެއްކިއެވެ. އެއްބަޔަކު ސީރީޒްގެ މޮޅުކަމަށް ތައުރީފް ކުރިިއިރު، އެ ސީރީޒްގެ ވާހަކަ ލިޔުނު އަހުމަދު އިގްބާލަށާއި، ޑައިރެކްޓަރ ރަވީ ފާރޫގް އަދި ރިޝްމީ ރަމީޒުއަށް ތައުރީފް ކުރަމުން އަންނަ މީހުންވެސް މަދެއް ނޫނެވެ.

މި ސީރީޒްއާއި ގުޅޭގޮތުން އެކްޓަރ އަހުމަދު ސައީދު ބުނީ، އެ ސީރީޒްގައިކޮށްފައި ހުރި މަސައްކަތް ސަޅިކަމަށާއި، އިތުރަށް ބަލާލުމަށް ޝައުގުވެރިކަން އުފެދިއްޖެ ކަމަށެވެ.

"އެންމެ އުފާވީ އާ ތަރިންތަކެއް ދާއިރާއަށް ނެރުމަށް ބުރަ މަސައްކަތްކޮށްފައި ޓީމުންކޮށްފައި ހުރިކަން އެނގުމުން. އޯވާއޯލް އެންމެންގެ އެކްޓިންގވެސް ރަނގަޅުކަން ފާހަގަކުރަން". ސައީދު ފޭސްބުކްގައި ލިޔުނު ޕޯސްޓުގައި ވެއެވެ.

މި ސީރީޒްއާއި ގުޅޭގޮތުން ކާމިޔާބު ޑައިރެކްޓަރ އަލީ ޝިފާއު ބުނީ، "އެހެނަސް" ސްކްރިޕްޓަކީ ހަމައެކަނި ވެބްސީރިޒެއްނޫން ކަމަށެވެ.

"މިއީ އަޅުއަގަނޑުމެންގެ މުޖުތަމަޢުގައި ހުރި އަލިއަޅުވާނުލެވޭ ވަރަށް މުހިއްމު މައްސަލައެކެވެ. މިދިޔަ އަންގާރަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރި މިސީރީޒްގެ ފުރަތަމަ 5 އެޕިސޯޑް އަހަރެން ބަލަން އިނީ ވަރަށް ޝައުޤްވެރިކަމާއިއެކުގައެވެ. އާއިލާއެއްގެ ހުންނަ ތަފާތު ފިރިހެންކުއްޖެއްގެ އިޙްސާސްތަކެއްގެ މައްޗަށް ހަދާފައިވާ މިސީރީޒްއަކީ އެތަކެއް ބައިވަރު އިބްރަތްތެރި ފިލާވަޅުތަކެއް ލިބިދޭ ސީރީޒްއެކެވެ. މިއީ އަހަރުމެން އަމިއްލައަށް ވިސްނާ ހޭލުންތެރިވާންޖެހޭ ކަމެކެވެ. ހަނގާކުރުމުން ފެށިގެން ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި ހަމަޔަށް މި ސްކްރިޕްޓް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދީފައިވަނީ ރަވީ ފާރޫޤްގެ ކުޅަދާނަ މޮޅު ޑައިރެކްޝަނުންނާއި މިސީރީޒްގައި ހަރަކާތް ތެރިވާ ފަންނާނުންގެ މޮޅުއެކްޓިންނުންނެވެ. އަދި ބައިސްކޯފުން މިފަދަ ސީރީޒްއެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނީތީ އެކަމަށް އެފަރާތަށް ޝުކުރުއަދާކުރަމެވެ. މިއީ ކޮންމެ ދިވެއްސަކުވެސް ކޮންމެހެން ބަލާލަން ޖެހޭ ސީރީޒް އެކެވެ". އިގްބާލްއަށް ޓެގްކޮށް ޗިއްޕެ ފޭސްބުކްގައި ލިޔުނު ޕޯސްޓުގައި ވެއެވެ.

މީގެ އިތުުރުންވެސް އިތުރު ބައެއް ތަރިންވެސް މި ސީރީޒްގެ މޮޅުކަމުގެ ވާހަކަދެއްކިއެވެ.

އެންމެންވެސް ދެއްކީ ސީރީސްގެ މޮޅު ވާހަކައެެވެ. މިހާތަނަށް ބެލި އެންމެ މޮޅު ސީރީޒްކަމަށްވެސް އެއްބަޔަކު ބުނަމުން ދިޔައެވެ.

 

https://twitter.com/abstractu/status/1151182304414322688?s=09

https://twitter.com/thyyms/status/1151903033812373504?s=09

ބައެއް އާއްމުންވެސް މި ސީރީޒްއާއި ގުޅޭގޮތުން ވާހަކަދެއްކިއެވެ. އެހެނަސްގެ މަސައްކަތް ދިވެހިން ބަލައިގެންފިއެވެ. ޔަގީނުންވެސް މުޖުތަމައުއަށް ދޭނީ ރަނގަޅު މެސެޖްތަކެވެ. މުޖުތަމައު އިން ރަނގަޅު ކުރަން ޖެހޭ ކަންތައްތަކުގެ ވާހަކަތަކެވެ.

މަޝްހޫރު ވާހަަކަލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަނަސް ހަމަ ލޯބިވޭ"ގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ސީރީޒް އެޕިސޯޑްތައް ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު ބައިސްކޯފް އިން ގެނެސް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދަނު

    ތި ސީރީސް ގެ ސަބަބުން ރާއްޖޭގެ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް އިތުރު ހިތްވަރެއް ލިބޭނީ
    ރަންޑުވުމަކީ އުފެދުމުގަ ހުންނަ ކަމެއް ނޫން އޭއީ ކުޑައިރު އެކުއްޖަކަށް އެއްޖިންސުން ގުޅުންހިންގާތަން ފެނިގެން ނޫނީ އެކުޖާޔާ އެގޮތަށް މީހަކުބެހުނީމަ ވާކަމެއް
    މަތްﷲ ވަހީކުރައްވާފަވޭ “ކޮންމެ އިންސާނެއް ވެސް ދުނިޔެ އަންނަނީ ފިތުރަތުގެ ސާފުކަންމަތީއޭ” އެކުއްޖެ ގޮތްގޮތަށް ބަދަލުވަނީ އެކުއްޖެއް އުޅޭ މާހައުލުން

    1
    5
    • މަ

      ނޫނޭ ތިހެނެއް ނުބުނެވޭނެ. މާތްﷲ ކޮންމެ އިންސާނެއްވެސް ފޮނުއްވަނީ އެންމެ ފުރިހަމައަށް.. އެކަމު އެ އިންސާނާ ނުބައި މަގުން ދަނީ ވަކި އެމީހާ އުޅޭ މާހައުލުގެ ސަބަބަކުން އެއްނޫން. އެއީ އެމީހެއް އެ ގޮތަށް އުޅެން ބޭނުން ވާތީވެ.ކިތަންމެ މާތް އާއިލާ އެއްގަވެސް ހަމަ ހުރެދާނެ ހަމަނުލަފާ ކޮންމެވެސ އެކަކު. މި ސީރީސް ބަލައިގެން ކޮންމެހެން ނުޖެހޭ އެއްޖިންސުން ގުޅުން ހިންްގާކަށް. އަދި މި ސީރީސް އަކީ އެއްޖިންސުން ގުޅުން ހިންގަން މަގުފަހި ވެސް ކޮއްދޭ ސީރީސް އެއްނޫން. މީތި ރަނގަޅަށް ބަލާބަލަ ފާޑު ނުކިޔާ..
      ގޭތެރޭގަ ބަދުއަޙުލަގީ އަމަލުތަށް ނުހިނގިޔަސް ގޯސް މަގަކުން ދާން ހުރި މީހެއް ދާނެ. އަދި ކުޑައިރު ޖިންސީ އަނިޔާ ނުލިބި ހުރި މީހެއްވެސް ހަމަ އެއްގިންސުން ގުޅުން ހިންގަ ފާނެ.. އެހެން ވީމަ ތިމާ ހިތަށް އަރާހާ އެއްޗެއް ނުބުނޭ

      ޝުކުރިއްޔާ

      • ހަޤީޤަތް

        ތިކަމަށްއެއްބަސް