އެމެރިކާއަށް ދަތުރު ކުރާ މީހުން ވިސާ ހޯދަން ބޭނުން ނަމަ ފޭސްބުކް އާއި އެނޫންވެސް މީސްމީޑިއާތަކުގެ ޕާސްވޯޑު ހާމަކޮށް ދައްކާން ޖެހޭ ގޮތައް ގަވާއިދު ބަދަލުކޮށްފާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮޮނަލްޑް ޓްރަމްޕް އެމެރިކާއަށް އެތެރެވާ މީހުންނާއި މެދު ގެންގުޅޭ ސިޔާސަތުގެ ދަށުން މިގޮތައް އަމަލު ކުރަން ނިންމާފައި ވަނީ އެގައުމަށް އެތެރެވާ މީހުންނަކީ ކޮން ކަހަލަ ބައެއްކަން ބަލައި އެމީހުންގެ ހަގީގަތް ހޯދުމަށެވެ.

އެގޮތުން ވިސާއަށް އެދިި ހުށަހަޅާ ފަރާތަތްކުން ޓްވިޓާ، ފޭސްބުކް، އިންސްޓަގްރާމް، އަދި އީމެއިލް އެޑްރެސްތަކުގެ "ޔޫޒާނޭމް"އި ޕާސްވޯޑު ކަމާ ބެހޭ ފަރާތްތަކާ ހަވާލު ކުރަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެ ގަވާއިދުގެ ދަށުން ވިސާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މީސް މީޑިއާގައި ކުރި ހުރިހާ ހަރަކާތެއް ބަލާާ ފާސް ކުރެވޭނެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް އިން ހުށަހެޅި މި ބަދަލުގެ އަސަރު 14.7 މިލިއަން މީހުުންނަށް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އޭގެ ތެރޭގައި ސްކޫލު ކުދިންގެ ގޮތުުގައި ދަތުރު ކުރާ މީހުންނާއި ވިޔަފާރި ދަތުރުތަކުގައި ދާ މީހުންނާއި ޗުއްޓީއަށް ދާ މީހުންވެސް ހިމެނޭނެ ކަމަށްވެއެވެ.

އެމެރިކާއަށް އެތެރެވޭ ރެފިއުޖީންނާއި އެގައުމަށް ހިޖުރަ ކުރާ މީހުންގެ ސަބަބުން އެގައުމު ހަލާކުވަމުންދާ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ. އެހެން ކަމުން މި ގޮތައް ގަވާއިދަށް ބަދަލު ގެނެސްފި ނަމަ އެކަން ވެގެންދާނީ މީހުން ގައުމަށް އެތެރެވުމަށް ދަތި ކުރުމުގެ ގޮތުން ގެނައި ބަދަލަކަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ފޭކް އެކައުންޓެއް ހަދާލާ އެކަން ނިމުނީ.... ބީ ކޫލް...

  2. ތިމަންނަ

    ހަމަ ފައްކާ ޑޮނަލް ޑަކެއް .

  3. އެއްމެން

    އެމެރިކާ އަށް އަހުރެން ދާންޖޭހޭ އެއްވެސް ސަބަބެތް މާތް ﷲ ގެ ރަޙްމަތްފުޅުން ދިމަލެއްނުވި އަދި އުއްމީދުކުރަނީ ކުރިޔަށް އޮތްތާގައިވެސް އެމެރިކާ އަށް އަރަން ޖެހޭ ކަހަލަ ކަމެއް މެދުވެރި ނުކުރައްވާނެ ކަމަށް. އަހުރެންނަށް އުޅެން ލިބިފާވަނީ ދުނިޔޭގެ އެމެރިކާ ބައްރުގެ މީހުންގެ ބަހުރުވައިން ނަމަ ސުވަރުގެ ފަދަ ގައުމެއްގަ. ކޮންކމަކާ ހެވާ ނުބާ ވަކިކިރަން ނޭގޭ އެމެރިކާ އަށް ދާންވީ؟ ފޭސް ބުކް ކޯޑު ކީއްކިރަން ބޭންކު ކޯޑު ހޯދަން އުޅުނަސް އަހުރެންނަށް ފަރުވާލެތް ނެތް. ސަބަބަކީ ތިޔަ ތަނަކަށް ނުދާނަން ވިއްޔާ!