އިންޑިޔާގެ މުމްބާއީއަށް އުފަން މަޝްހޫރު ބޮލީވުޑްގެ އެކްޓަރު ރަންވީރް ސިންގް އަށް އޭނާގެ ސަޕޯޓަރެއްގެ ފަރާތުން ވަރަށް ތަފާތު ހާއްސަ ހަދިޔާއެއް ލިބިއްޖެއެވެ.

ރަންވީރްގެ 'ބާޖިރާއޯ މަސްތާނީ' ފިލްމުގެ ބޮޑު ކާމިޔާބީއަށްފަހު ރަންވީރްގެ ފޭނަކު އޭނާއަށް ހަދިޔާ ކޮށްފައިވަނީ، އެ ފިލްމުގައި ރަންވީރް ކުޅުނު ކެރެކްޓާރގެ ކުރެހުމެކެވެ.

ފޭނެއްގެ ފަރާތުން މި ފަދަ ތަފާތު ހަދިޔާއެއް ރަންވީރަށް ލިބިގެން ދިޔަ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރަމުން އޭނާ ބުނެފައިވަނީ، މިއީ އޭނާ ކުރާ މަސައްކަތް އެހެން މީހުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށާއި އެކަމާއި އުފާވާ ކަމަށެވެ.

painting
ރަންވީރަށް ލިބުނު ހަދިޔާ

ރިޕޯޓްތައް ބުނާގޮތުން ރަންވީރް އެ ކުރެހުންވަނީ އޭނާގެ ކޮޓަރި ފާރުގައި ހަރުކޮށްފައެވެ. އަދި އެއީ އޭނާގެ ފޭނުން އޭނާ ދެކެ ލޯބިވާވަރު ހިތަށްއަރާ މޯޓިވޭޓްވާން އެހީވެދޭނެ އެއްޗެއް ކަމަށް ޤަބޫލްކުރާކަމަށްވެސް ރަންވީރު ބުނެފައިވެއެވެ.

"އަސްލު ވަރަށް ހައިރާންވި ފުރަތަމަ މި ކަހަލަ ހަދިޔާއެއް ލިބުނީމަ. ކުރިން އާންމުގޮތެއްގައި ލިބޭނީ ނޯޓެއް ކަހަލަ އެއްޗެއް. އެކަމަކު މި ކުރެހުން ފެނިފަ ހަމަ ބަސްހުއްޓުނު' ރަންވީރް ބުންޏެވެ.

ސެލެބްރިޓީންނަށް އާންމު ގޮތެއްގައި ފޭނުންގެ ފަރާތުން ގިނަ އަދަދެއްގެ ހަދިޔާ އާއި ނޯޓް ފަދަ ތަކެތި ލިބޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު