އީ- ސިނގިރޭޓް ނުވަތަ ވޭޕް އަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ވަރަށް އާންމު އެއްޗެކެވެ. އަދި އެއީ ދުނިޔޭގެ ގިނަ ބަޔެއްގެ ފެޝަނަކަށް ވެފައިވާ ކަމެއްވެސް މެއެވެ. ނަމަވެސް އީ- ސިނގިރޭޓް ބުއިމަކީ މީހާ ވިހައެއް ކެއުމާއި ދާދި އެއްވަރު ކަމެކެވެ.

ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި އީ- ސިނގިރޭޓު ބުއިމަކީ މަސްތުވާތަކެތި ބޭނުންކުރުމަށް ވުރެއްވެސް ގެއްލުން ހުރި ކަމެކެވެ.

ލަންޑަންގެ ޔުނިވާސިޓީއެއްގެ ސައިންސްވެރިން ކުރި ތަހުލީލަކުން ދައްކާ ގޮތުގައި އީ- ސިނގިރޭޓް ނުވަތަ ވޭޕް ކުރުމުން ހަށިގަނޑަށް ލިބޭ ގެއްލުން މަސްތުވާތަކެޔި ބޭނުން ކުރުމުން ވާ ގެއްލުމަށް ވުރެ ބޮޑެވެ.

އީ- ސިނގިރޭޓް އެއް ފަހަރު ބުއިމެކޭ އާދައިގެ 20 ސިނގިރޭޓް ބުއިމެކޭ އެއްވެސް ތަފާތެއް ނެތެވެ. ސަބަބެއް ކަމުގައި ސައިންސްވެރިން ބުނެފައިވަނީ އޭގައި އެކުލެވޭ ވިހަ މާއްދާތަކެވެ.

އީ- ސިނގިރޭޓަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކޮށްލާ އެއްޗެކެވެ. އަދި އެއީ އޭގައިވާ ކެމިކަލް ފްލޭވަރ ތަކުގެ ސަބަބުން ފުއްޕާމޭގެ ބަލިތަށް ޖެހުމަށްވެސް މަގުފަހިވާކަމެކެވެ. މީގެ އިތުރުން ބައެއް ކަހަލަ ކެންސަރަށް މަގުފަހިވުމާއި ހަމުގެ އެކި އެކި ބަލިތަށް ޖެހުމަށްވެސް މަގުފަހިވެއެވެ. އަދި އީ ސިނގިރޭޓަކީ އެ ބޭނުން ކުރުމުގެ ސަބަބުން މީހާގެ ލޮލުގެ ފެނުންވެސް ކޮށިވާ ކަމެކެވެ.

އެހެންކަމުން އީ- ސިނގިރޭޓަކީ އެއްގޮތަކަށްވެސް ބޭނުން ކުރުން ހެޔޮވާ ވަރުގެ އެއްޗެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލ

    އެކަމަކުވެސް ބޭނުންކުރަން ވާނެ. މާމޮޅު ކަމެއްނު

    • މާލޭގެ ފިހާރަތަކުން

      މާލޭގެ ފިހާރަތަކުގައި މީތި ލިބެން އެބަހުރި ކަމަށް އެ ފިހާރަތަކު ގައި އިޝްތިހާރު ޖަހާފައި ހުރޭ.

      • ރުފިޔާ އިބިލީސް

        އައި ލަވް މަނީ މަނީ....މިޔޭ ހުރިހާ ވެސް މައްސަލައަކީ..ރުފިޔާ ލިބެއެއްނުން...ދެން ހެޔޮވާނެ އަނެއް މީހާއަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް.ދެން އެހެން ނޫނަސް ދިވެހި ޒުވާންނުން ބޭނުންވާނެ ތިމާގެ ނަފްސައް ގެއްލުމެއް ލިބެންޏާ ލިބޭ ހުރިހާ ކަމެއްގެ އަޖުމަވެސް ބަލާލަން.އެއީ ޝައިތާނާއާއި އޭނާގެ އައުވާނުންގެ ފުރިހަމަ އެހީތެރިކަމާއިއެކު އިހްތިޔާރުގަޔާއި އިހްތިޔާރުން ބޭރުގަ.ތިމާއަށް ލިބޭނެހާ ގެއްލުމެއް ލިބުނީމަ ދެން މިވިސްނެނީ ދީނުގަ މަނާކުރައްވާފަވާ ކަންކަމުގެ ހަޤީޤީ މަޤްސަދު.