އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ގެއެއްގެ ކަރަންޓް ބިލަށް 286 މިލިން ރުފިޔާ ނުވަތަ 128 ކްރޯޑް ރުޕީސް އަރައިގެން ގޭގެ ވެރިމީހާއަށް ބޮޑު ޝޮކެއް ޖެހިއްޖެއެވެ. ޝަމީމް ނަމަކަށް ކިޔާ އެ ފިރިހެން މީހާއަކީ ނިޝާ ނަމަކަށް ކިޔާ އޭނާގެ އަނބިމީހާއާއެކު އެގޭގައި އުޅެމުން އަންނަ މީހެކެވެ.

އެ މީހުން ބުނާގޮތުގައި، އެ މީހުންނަކީ ހަމައެކަނި ގޭގައި ފަންކާ އަދި ލައިޓް ބޭނުން ކުރަމުން އަންނަ މީހުނެްނެވެ. އެ މީހުންގެ ގޭގެ ކަރަންޓް ބިލަށް އެހާވަރު އަރަންވީ ކިހިނެއްކަމެއް އެ މީހުންނަށްްކަށްވެސް ނޭގުނެވެ.

އަދި މީގެ އެންމެ ގޯސް ތަންކޮޅަކީ އެގޭގެ ކުރީގެ ކަރަންޓް ބިލް ދައްކާފައި ނުވުމުން އެގޭގެ ކަރަންޓްވެސް ކަނޑާލާފައި ވާތީއެވެ.

ޝަމީމް ބުނީ، އެ މީހުން ދައްކާ ވާހަކަ އެއްވެސް މީހަކު ނާހާ ކަމަށެވެ. އެހާ ބޮޑު އަދަދަކުން ފައިސާ ދައްކާނީ ކިހިނެއްކަން ނޭގޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން ޝަކުވާ ހުށަހަޅަން ދިއުމުން ބުނީ، ގޭގެ ކަނެކްޝަން ގުޅައި ނުދެވޭނެ ކަމަށް ބިލް ނުދައްކަނީސް". އެ މީހުން އޭއެންއައި އަށް ބުންޏެވެ.

އެގޭގެ ކަރަންޓް ބިލަށް އެހާ ބޮޑު އަދަދަކުން އެރުމުން އެ މީހުން ބުނެފައި ވަނީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ. އަދި މިއީ މާބޮޑު ކަމެއް ނޫންކަމަށް އެ ޑީޕާޓްމެންޓުން ބުނެފައިވާކަމަށް ޝަމީމް ބުންޏެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތައް ދިމާވެ އެކަން މީޑިއާތަކުގެ ސަމާލުކަމަށް އައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފޭސް

    ހޫނު ގަދަވީމަ އެހެންވާނީ. އަރާފާނެ އެހާ ހޫނު ވިއްޔާ މިހާރު.

    30
    1
  2. ނޯޓު

    ޔާމީނު އަށް ފޮނުވާ އޭނަ ދައްކަފާނެ.

    13
    24
  3. މަރީ

    ނޯޓް އާ ހަވާލުކުރޭ ތި ކަރަންޓްބިލު އޭނަ އެއުޅެނީ ވަރަށް ދައްކާހިތުން ކަންނޭގެ

    29
    3