މައިންބަފައިންނަކީ ދަރިން އުފެދުމުގެ އަސްލެވެ. އެހެންކަމުން ދަރިން ވާން ޖެހޭނީ މައިންބަފައިޮންގެ ހައްޤުގައި ކިތަންމެ ބޮޑު ގުރުބާނީއެއް ވާން ޖެހުނަސް އެކަމާ ފަސް ނުޖެހޭނެ ބަޔަކަށެވެ. މައިންބަފައިންގެ ފުރާނަ ސަލާމަތް ކުރުމަށް ތިމާގެ އަމިއްލަ ނަފްސް ޤުރުބާން ކުރި އެތަށް ބަޔަކު ދުނިޔޭގައި އެބައުޅެއެވެ. އެގޮތުން ތިރީގައި އެވަނީ ބައްޕަގެ ފުރާނަ ސަލާމަތް ކުރުމަށް އަމިއްލަ ފުރަމޭގެ ބައެއް ހަދިޔާކުރި ޒުވާނެއްގެ ވާހަކައެކެވެ.

ކަރްމަން ލަގަރި އަކީ ޕާކިސްތާނުގެ ރައްޔިތެކެވެ. އޭނާގެ އެއްބަނޑު އެއްބަފާ ފަސް ކުދިން ތިބި އިރު އޭނާ އަކީ އެންމެ ދޮށީ ކުއްޖާއެވެ. އިލެކްޓްރިކް އިންޖިނިއަރެއްގެ ވަޒީފާގައި އުޅޭ ކަރްމަން އަކީ އާއިލާގެ އެންމެ ދޮށީ ކުއްޖާ ކަމުން އާއިލާގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އޭނާއެވެ.

މަސައްކަތުގެ ގޮތުން އާއިލާއާއި އެކު އެހާ ގިނަ ވަގުތު ހޭދަނުކުރެވޭ ކަރްމަން އަކީ އޭނާގެ މައިންބަފައިން ދެކެ އިންތިހާއަށް ލޯބިވާ ނަމޫނާ ދަރިއެވެ.

ކަރްމަންގެ ކުޑަ އާއިލާއަށް ކުއްލި ސިހުމެއް ގެނެއީ ކަރްމަންގެ ބައްޕައަށް ފުރަމޭގެ ނުރައްކާތެރި ބައްޔެއް ޖެހުމުންނެވެ. އެ ބަލި ބޮޑުވެ އެންމެ ފަހުން ޕާކިސްތާނުގެ ޝެއިހް ޒައިދް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. އެޑްމިޓް ކުރެވުނުތާ މާގިނަ ދުވަހެއް ނުވެ ބައްޕަގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައް ދިޔައެވެ. އެހެންކަމުން ޑޮކްޓަރުން އެންގީ ކަރްމަންގެ ބައްޕަ، މުޖާހިދް ހާން ލަގަރީގެ ފުރަމޭ ބަލަދު ކުރާށެވެ.

ބައްޕަގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކަރްމަން އޭނާގެ އަމިއްލަ ފުރަމޭގެ 70 އިންސައްތަ ބައްޕައަށް ހަދިޔާ ކުރަން ނިންމި އެވެ. ކަރްމަންގެ އެ ނިންމުމަށް އާއިލާއިން ކިތަންމެ ނުރުހުނަސް ކަރްމަން އަށް މުހިންމުވީ ބައްޕަގެ ފުރާނައެވެ. އަމިއްލައަށް ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތި ކަރްމަން ބައްޕައަށް ފުރަމޭގެ ބައެއް ދިނުމަށް އޮޕަރޭޝަން އެއް ކުރިއެވެ. 15 ގަޑި އިރުގެ އޮޕަރޭޝަން އަކަށް ފަހު ބައްޕަގެ ހަށިގަނޑަށް ކަރްމަންގެ ފުރަމޭގެ 70 އިންސައްތަ ލެއްވައި ބައްޕަގެ ފުރާނަ ސަލާމަތް ކުރެވުނެވެ. ނަމަވެސް ކަރްމަންގެ ފުރާނަ ކުޅަދާނަ ޑަކްޓަރުންނަށްވެސް ސަލާމަތެއް ނުކުރެ ވުނެވެ.

އުމުރުން އެންމެ 24 އަހަރުގައި ފުރާނަ އެ ޤުރުބާން ކުރީ ލޯބިވާ ބައްޕަގެ ހައްޤުގައެވެ. ކޮންފަދަ ނަމޫނާއެއް ތޯއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަނދަ

    ވަރަށް ފުރިހަމަ ލިޔުމެއް. ވަރަށް އަސަރުކޮށްފި. އަދި، ޢިބްރަތެއް ޙާޞިލް ވެއްޖެ. ޝުކުރަން.

  2. ހާސާނު2018

    އިންސާﷲކަރުމަން އައް ރަހުމަތް ލައްވާދޭވެ

  3. ހހހ

    ސުވާލަކީމީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ

  4. ާައަޒްކާ

    ހަމަ ރޮވިއްޖެ