އެމެރިކާގެ އުތުރު ކެރޮލަަނާއިގެ އައްސޭރި ފަށުގައި ހުރި މީހެއްގެ ގައިގަ ބިޔަ ރާޅަކުން ޖެހި އެމީހާ މަރުވެެއްޖެއެވެ.

މިހާދިސާ ހިންގި އިރު އުމުރުން 37 އަހަރުގެ ލީޓިންގް އުތުރު ކެރޮލަަނާއިގެ އޯކް އައިލެންޑްސްގެ އައްސޭރި ފަށުގެއެވެ. އެވަގުތު ނެގި ބިޔަ ރާޅެއް އޭނާގެ ޖެހުނު ބާރުކަމުން ހަށިގަނޑުގެ ގިނަ ގުނަވަންތަށް ބިދި ވަގުތުން މަރުވިއެވެ.

ލީޓިންގް ގެ އަންހެނުން ކުރި ޓުވީޓެއްގައި ބުނީ އޭނާގެ ފިރިމީހާ މަރުވި އިރު އަދި މިހާދިސާ ހިންގި އިރު ތިން ދަރިން އޭނާގެ ކައިރީގައި ހުރި ކަމަށެވެ. އޮކްސިޖަން ދީގެން ވެސް އެކުދިން ކުރި މައްސަކަތުން ވެސް ލީޓިންގް ސަލާމަތް ނުކުރެވުނު ކަމަށް އަންހެނުން ބުންޏެވެ.

ލީޓިންގް ގެ އަންހެނުން އިތުރަށް ބުނީ ފިރިމީހާ އާއި ދިމާވީ އުމުރުން 18 އަހަރުގައި ކަމަށާއި މިހާ ޒުވާން އިރު ފިރިމީހާ ނިޔާވުމުން ފުން ހިތާމަައެއް ލިބުނު ކަމަށެވެ.

" އެކުގައި އުޅެން މި ލިބުނީ މަދު ދުވަސްކޮޅެއް ދުނިޔޭގައި ހަ ކުދިން އެބަތިބި ދެން އުޅެން ޖެހޭނީ ދަރިންނާއި އެކު އެކަނި މުޅި އުމުރު " ލީޓިންގް ގެ އަންހެނުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު