އިންޑިއާގައި ތިން ބޯ ހުރި އަންހެން ކުއްޖަކު ވިހައިފިއެވެ. މި ކުއްޖާއަށް ދިމާވެފައި ވަނީ ކޮން ކަހަލަ ސިއްހީ މައްސަަލައެއްކަން އެނގިފައެއް ނުވެއެވެ.

ދަ ސަންގައި ރިޕޯޓްކޮށްފައިވާގޮތުގައި، މި އަންހެން މީހާ ވިހާފައި ވަނީ އުއްތަރް ޕްރަދޭޝްގެ ސިއްހީ މަރުކަޒަށެވެ. ބަނޑުގައި ރިއްސާތީ އެ ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރު، އޭނާ އެ ތަނަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވަނީސް ވަނީ ވިހާފައެވެ.

އަދި އެ ކުއްޖާގެ ތިން ބޯ ހުރި ތަން ޑޮކްޓަރަށް ފެނުމުންވެސް އެ ޑޮކްޓަރުން ތިބީ ހައިރާންވެފައެވެ. އަދި އާއިލާ މެންބަރުންނަށްވެސް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެ ކުއްޖާގެ އިތުރު ދެ ބޯ ފަޅާފައި ވަނީ އަސްލު ބޮޮލުގެ ފަހަތުގެ ނާށިގަނޑުންނެެވެ.

އެ ކުއްޖާއަށް ދިމާވެފައިވާ މައްސަލަ ދެނެގަތުމަށް އެމްއާރްއައި ހެދުމަށް ވަނީ ނިންމާފައެވެ.

https://www.instagram.com/p/B0LoojjnqVj/?utm_source=ig_embed

މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ސިއްހީ މައްސަލައެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިގޮތަށް އުފަންވާ ކުދިން މާގިނަ ދުވަސްވަންދެން ދުނިޔޭގައި ނުހުންނަ ކަމަށްވެސް ވެއެވެ.

ޑޮކްޓަރުން ބުނީ، އެ ކުއްޖާެގެ މަންމަ ވިހެއި އިރު އެއްވެސް ކަހަަލަ ދަތިތަކެއް ނެތް ކަމަށެވެ.

މިހާރު އެ ކުއްޖާ އާއި މަންމަ ވަނީ ކައިރި ހޮސްޕިޓަލަކަށް އިތުރު ފަރުވާއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުނިޔަ

    ޢިންޑިޔާ މީހުން ތިކުއްޖާޔަށް އަޅުކަންކުރަން ނުފަށައިފިއްޔާ ވެދާނެ!

    32
    2
  2. ތަކުރު

    الله ގެ ކުޅަދުންވަންތަކަން

    42
    1