ޒިނޭ ކުރުމަކީ މިހާރު އާއްމު ވެފައިވާ ބޮޑު ފާފައެކެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އެއްވެސް ބިރަކާނުލައި މިކަން ކުރަމުން އަންނައިރު، ރަޝިޔާގެ ގެއެއްގެ 9 ވަނަ ބުރީގެ ބެލްކަނީގައި ޒިނޭ ކުރަން ތިބި ދެމީހުން ވެއްޓި، އެތަނުން އެކަކު މިވަނީ މަރު ވެފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ހާދިޘާ ހިނގާފައި ވަނީ ފިރިހެން މީހާގެ ގޭގައި އޮތް ޕާޓީއެއްގެ ތެރެއިންނެވެ. ޕާޓީގެ ތެރެއިން ދެ މީހުން ވަނީ ޒިނޭ ކުރުމަށް ބެލްކަންޏަށް ގޮސްފައެވެ. އަދި އެކަން ކުރުމުގެ ތެރޭގައި ދެ މީހުންވެސް ވަނީ ބެލްކަނިން ވެއްޓިފައެވެ. ވެއްޓުމާއެކު ވަގުތުން އަންހެން މީހާ މަރުވެފައި ވާއިރު، ކުދި އަނިޔާތަކެއް ލިބުނު ފިރިހެން މީހާ ވަނީ ސަލާމަތް ވެފައެވެ.

މިކަން ފުލުހުންނަށް ރިޕޯޓު ކުރުމުން އެކަން ތަހުގީގު ކުރަން އައި ފަރާތްތަކަށް ފުރަތަމަ ހީ ކުރެވުނީ އެ އަންހެން މީހާ އޮތީ ޖިންސީ އަނިޔާ ކުރުމަށްފަހު ގަސްތުގައި މަރާލާފައި ކަމަށެވެ. އެއީ އެތަނުގައި އެމީހުން ވައްޓާލާފައި އޮތް ޓީވީއެއް އޮވެފައި، އެ އަންހެން މީހާ އޮރިޔާމުން އޮތުމުންނެވެ. ނަމަވެސް، މަންޒަރު ދުށް މީހުން ބުނެފައި ވަނީ އެ އަންހެން މީހާ ބެލްކަނީގައި އިތުރު އެހެން ދެ ފިރިހެނުންނާއި އެކުވެސް ޒިނޭ ކުރި ކަމަށެވެ.

އަންހެން މީހާ ވެއްޓުނީ އެތަނުން އެކަކާއި އެއްކޮށެވެ. ވެއްޓުމާއެކު ފިރިހެން މީހާ ވަނީ ދުވެފައި ގޮސް އޭނާގެ އެކުވެރިންނާއި ގުޅި އަނެއްކާވެސް ޕާޓީ ކުރަން ފަށައިފައެވެ. ރަޝިޔާގެ ފުލުހުން މިހާރު އެ މީހުން ހައްޔަރު ކޮށްފައި ވާއިރު، މި މައްސަލަ އަންނަނީ ތަހުގީގު ކުރެވެމުންނެވެ.

ޒިނޭ އަކީ ރާއްޖޭގައި ވެސް ވަރަށް އާއްމު ވެފައިވާ ކަމަކަށް ވާއިރު، މިފަދަ ކަންކަމުން އިބުރަތް ލިބިގަންނަމާ ހިނގާށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢަނީ

    ތިން މީހުންނާއެކު ޒިނޭކޮށް ނިންމާލީ، އެ ވެއޓުނީ ނަރަކަޔަށް. ރަނަގޅަށް ވިއްޔާ މީހެއްގެ އަތްބަކަށް ކަންނޭނގެ ވާނީވެސް. މި ކުޑަކުޑަ މާލޭގައިވެސް ވަރަށް އާންމުކަމެއް މިއީ މިހާރު.

    132
    5
  2. މާމިގިލީ މީހާ

    ރާއްޖޭގެ ގިނަ މައިންބަފައިން ދަރިން ލައްވާ ޒިނޭ ކުރުވަނީ. ސަބަބަކީ ރައްޓެހިވެގެން އުޅޭ ކުއްޖާޔާ އެކީ ތައްތަނައް ފޮނުވަނީ ޒިނޭ ކުރާން.

    148
    10
    • ޢަލީ

      އަސްލުވެސް އެކީގަބޭރަށް ފޮނުވާނީ ނޫނީ ގޭގަވަކިން ކޮޓަރިއެއްގަ ތިބޭނީވަދެދުވާލަކަސް ރޭގަނޑުވެސް ރޯދަމަހަކަސް ހަމައެފަދަ ބިރުވެރިކަމުގެ ކަންފުޅެއްވެސް..މައިން ބަފައިން ހަށްދާގޮތް..

      39
  3. އާދަނު

    ރާއްޖޭގަ ޒިނޭކުރުން ހުއްޓުވާކަށް ނޫޅޭ އެއީ މިހާރު ހައްދު ވެސް ނުޖަހާ ބޭނުން ވެގެން ހައްދުޖަހަން ދާމީހުން ގައިގަ މަޑުމަޑުން ފިރުމާލާފަ ގެޔަށް ފޮނުވަނީ

    120
    2
  4. ރާބެ

    މުސްލިމުންނަށް އެއީ ޙަރާމްކަމެއްކަމުގައިވިޔަސް އެނޫން ދީންތަކުގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ. އެހެން ދީންތަކުގައިވެސް ހެއީ މަނާކަމެކެވެ. އަދި އެމީހުންނަސް އެއީ ޒިނޭއެއްވެސް ނޫނެވެ. މިސާލަކަށް ދެމީހުން ރައްޓެހިވެގެންއުޅެ ތިންހަތަރު ދަރިން ލިބުމަށްފަހުވެސް އެބަ ކައިވެނިކުރެއެވެ.

    44
    41
    • ޒަމާން

      އެންމެ ފުރަތަމަ ދީނީ ގޮތުން މިފަދަވާހަކަ މިހެން ފެތުރުމަކީވެސް އެހާރަގަޅުކަމެއްނޫން. މިއީ ރާއްޖެއަކު ވީކަމެއްވެސް ނޫން. ދެން ތިބުނާކަމެއް މިޒަމާނަކު އެކަންޏެއްނޫން އާންމީކީ ތިއީ އަބަދުވެސް ތިކަން އޮންނަ ގޮތް މިޒަމާނުގަ މީޑިއާތައް ހުރީމަ ތިކަހަލަ ހަބަރުފެތުރެނީ. ތިޔަކުޅިވަރުގެ ރަންޒަމާނަކީ ސަދޫމް ޒަމާން.

      7
      3
  5. ވިޢާމް

    އަންހެން މީހާ މަށްޗަށްބާ ފިރިހެން މީހާ ވެއްޓުނީ.

    28
    4
  6. ލަކީ

    ޥިސްނާލަމާ ނުވަވަނަ ބުރިން ވެއްޓޭ މީހަކު ދުވެފަ ދާނެ
    ގޮތެއް ބުނެއްދެއްވާ

    30
    5
  7. ޢަލިބެ

    މިހާރު ވިސާނުލާވެސް ރަޝިޔާއައް ދެވެ ދޯ

    16
    1
  8. ބުރުގާ

    މާޝާﷲ. އަރާމުން ހަރާމައް. އަދިވެސް އެތިބަ ލާދީނީ ކަންބަޅިތަކައް އެއްޗެއް ނުވިސްނޭނެ. އެބައިގަނޑުގެ ހިތްތައްވަނީ ސަލަފު ޖަމިއްޔާއިން ދޭ ހުރާފީ ނަސޭހަތްތަކުން ތަޣަތްޔަރުވެފަ.

    7
    17
  9. ބާބޫ

    ރާއްޖޭގައި އާއްމުނުވާ ކަމަކީ ކޮބާ؟ހުރިހާ ކަމެއްވެސް މިރާއްޖޭގައި އާއްމު.

    20
    1
  10. ލއ

    އަހަރެންގެ ބައްޕަ ބުނި ރައްޓެހި ފިރިހެން ކުދިންނާއި ރައްޓެހި ވެގެން އުޅޭ ކުއްޖާއާއި ވާހަކަ ދައްކަން ބޭނުމިއްޔާ ގެެއަށް ގެނެސް ސިޓިންގް ރޫމްގަ އެންމެން ކުރިމަތީގަ ތިބޭށޭ ދައްކާ ވާހަކައެއް ދައްކަން. އަހަރެން ބޭރަށް ގޮސް ގޮތް ގޮތަށް ނޫޅޭށޭ. އެހެންވެ ހިތަށް ވެސް ނާރާ ތިކަހަލަ ފާފައެއް ކުރަން. އަލްހަމްދުލިއްލާހި. އެދުވަހުގެ ނަސޭހަތް އަޑުއެހުމުން ވަރަށް ފައިދާ ވެއްޖެ.

    24
  11. ދެރަ

    އިބުރަތް ލިބިގަންނަމާ ހިނގާށެވެ

    11