ދުނިޔޭގެ އެންމެ ބޮޑު ފާސްޓު ފުޑް ޗެއިން ކަމުގައިވާ މެކް ޑޮނަލްޑްސްގެ އައުޓްލެޓެއްގެ ތެރޭގައި 4 އަހަރުގެ ތުއްތު އަންހެން ކުއްޖަކު ރޭޕް ކޮށްލައިފިއެވެ.

އެމެރިކާގެ އޮކްލަހޯމާގައި ހުންނަ މެކް ޑޮނަލްޑްސްގައި މި ހާދިސާ ހިނގާފައި ވަނީ އެ ކުއްޖާ ބަލަހައްޓަމުން އަންނަ ޑޭ ކެއާ ސެންޓަރުގެ ކުދިންނާއި އެކު ފީލްޑް ޓްރިޕެއްގައި އެތަނަށް ގޮސް އުޅެނިކޮށެވެ.

އެ އަންހެން ކުއްޖާ ފާހާނާ އަށް ގޮސް މާ ގިނަ އިރުވުމުން އެ ކުއްޖާ ބަލަހައްޓަމުން އައި މުވައްޒަފަކު ވަނީ އޭނާ ވަތް ފާހަނައިގައި ޓަކި ޖަހައިފައެވެ. މިއާއި އެކު އެ ފާހަނާ ތެރެއިން ނިކުތީ ބޮޑު ފިރިހެނެކެވެ.

ފާހާނާ އިން ނިކުތުމަށް ފަހު ކަބަޓްރާ ނަމަކަށް ކިޔާ އެ ފިރިހެން މީހާ ބުނެފައި ވަނީ އޭނާ މޭނުބައި ކޮށް، ހޮޑު ލަވާ ގޮތް ވުމުން ފާހަނާ ދޮރުގައި ޓަކި ޖެހުމަށް ފަހު އެތެރެއަށް ވަނީއެވެ. އަދި އެވަގުތު އަންހެން ކުއްޖާ ފާހަނާ ތެރޭ ހުރި ނަމަވެސް، ސިންކަށް ހޮޑު ލުމަށް ފަހު އަތް ދޮވެގެން އޭނާ އެތަނުން ނިކުތީއެވެ.

ނަމަވެސް، އެ ކުއްޖާ ކައިރީ ކަބަޓްރާ ކަމެއް ކުރިތޯ ސުވާލު ކުރުމުން ވަނީ އާނ އެކޭ ބުނުމަށް ފަހު އެ ކުއްޖާގެ ޖިންސީ ގުނަވަނަށް އިޝާރާތް ކޮށްފައެވެ. މީގެ ކުރިންވެސް ރޭޕްގެ ތުހުމަތު ތަކެއް ކުރެވިފައިވާ އުމުރުން 35 އަހަރުގެ ކަބަޓްރާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ދުނިޔޭގެ އެތައް މިލިއަން ބަޔަކު ކޮންމެ ދުވަހަކުވެސް ޒިޔާރާތް ކުރާ މެކް ޑޮނަލްޑްސްގައި މިފަދަ ހާދިސާއެއް ހިނގުމުން ބައެއް މީހުން ވަނީ ދަރިން ގޮވައިގެން އެތަނަށް ދާން ފަސް ޖެހެން ފަށައިފައި ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިން

    ތަނަކަށް އިޝާރާތް ކުރުން އެއީވެސް ރޭޕްކުރުންތަ، އިވޭހާ އެއްޖެއް ފެންނަ ހާ އެއްޗެއް ޙަޤީޤަތް ނުބަލާ ލިޔުން އަދި މީހުންކައިރީ ދެއްކުން އެއީ ތިބާ އަށް ހެދޭ ދޮގެއްކަމުގައި މެނުވީ ނުވެއެވެ.

    1
    7