އިންޑިއާގެ ލަކްނައުގެ ކިންގ ޖިއޯޖް މެޑިކަލް ޔުނިވާސިޓީގައި ފަރުވާދެމުންދިޔަ އުމުރުން އެންމެ ތިން މަހުގެ ދަރިފުޅު އެ ހޮސްޕިޓަލްގެ ހަތަރު ވަނަ ފަންގިފިލާއިން އެއްލާލި މައްސަލާގައި އެ ކުއްޖާގެ މަންމަ ހައްޔަރުކޮށްފިއެވެ.

އެ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އުމުރުން އެންމެ ތިން މަހުގެ އެ ކުއްޖާ ގެއްލިގެން ހޯދަން ފެށީ މިދިޔަ ހޯމަ ދުވަހުގެ ރޭގަނޑުއެވެ. މި އަންހެން މީހާ ބުނާގޮތުގައި، އޭނާގެ ދަރިފުޅު ހޮސްޕިޓަލްގަެ ސްޓާފަކު ވަގަށް ނެގީއެވެ.

އެންމެ ފަހުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް އެ ކުއްޖާ އެ ހޮސްޕިޓަލްގެ ހަތަރު ވަަނަ ފަންގިފިލާއިން އެއްލާލިކަން ވަނީ ފަޅާއަފާއެވެ. އެކަން ފަޅާ އެރީ އެ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންނަށް ލިބުމުންނެވެ. އެ މައްސަލައާ ގުޅިގެން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

އެ އަންހެން މީހާ އޭނާގެ ދަރިފުޅު އެއްލާލީ ދަރިފުޅުގެ ސިއްހީ މައްސަލަތަކާއި ހެދިއެވެ.

މިކަން ހިނގާފައި ވަނީ އެ އަންހެން މީހާގެ ފިރިމީހާ އާއި ބޭބެ ބޭރުގައި ނިދާފައި ތިއްބާއެވެ.

މިދިޔަ އޭޕްރިލް މަސް ތެރޭގައި ވިހެއި އެ ކުއްޖާގެ ސިއްހީ މައްސަލަތަކެއް ދިމާވެ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެ ކުއްޖާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު