ފޮށުމަކީ މިހާރު މުޖުތަމަޢުގައި އާއްމު ކަމަކަށް ވެފައިވީ ކަމަކަށްވި ނަމަވެސް އެއީ އެއްވެސް ހާލެއް "އޯކޭ" ކަމެއްގެ ގޮތުގައި ނަގައިގެން ވާނެ ކަމެއް ނޫނެވެ. ނަމަވެސް މިފަހަރު ފޮށުނު މީހަކަށް އެކަމުގެ ހިތި ދައްކާލީ ލިމިޓުން ބޭރުންނެވެ.

19 އަހަރުގެ ޒާކިރް އާއި 24 އަހަރުގެ އާމިރް އޭނާގެ ދައްތައަށް މީހަކު ފުރައްސާރަ ކުރި ޚަބަރު ލިބުމުން ކަންކުރީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ފުރައްސާރަ ކުރި މީހާގެ ދުވަސް ދުއްވާލީއެވެ. އޭނާ މަރާލީއެވެ.

ޒާކިރް އާއި އާމިރް ވެގެން މާރާލާފައިވަނީ އުމުރުން 35 އަހަރުގެ ޖަގްދިޝް ކިޔާ މީހެކެވެ. އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަގްދިޝްއަކީ ރިކްޝަރ ދުއްވާ މީހެކެވެ. އަދި ޒާކިރް އާއި އާމިރް ދައްތައަށް މިމީހާ ފޮށިފައިވަނީ މަސްތުގެ ހާލުގައެވެ. އަދި މިވާހަކަ ޒާކިރް އާއި އާމިރް އަށް އެނގުމުން ހާމައަށް އޮތް މަގެއްގައި ގޮސް މިރިކްޝާ ދުއްވާ މީހާއަށް ވަޅިން ހަމަލާދީފައިވެއެވެ.

މަގުމަތީގައި އެއްވެފައިތިބި މީހުން ޒާކިރް އާއި އާމިރް ހުއްޓުވާ، ރިކްޝަރ ދުއްވާ މީހާ ހޮސްޕިޓަލްއަށް ގެންދިޔައިރު، އޭނާ އޮތީ މަރުވެފައެވެ.

ޒާކިރް އާއި އާމިރް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މިމައްސަލަ ފުލުހުންދަނީ ތަޙްޤީޤް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު