ލޯބިވެރިޔާ ކައިރިއަަށް ވަގަން ވަންނަން ދިޔަ މީހަކަށް ލަޑެއް ލިބިއްޖެއެވެ. އޭނާ މަސައްކަތް ކުރީ ލޯބިވެރިޔާ އުޅޭ އިމާރާތުގެ މައްޗަށް ސްޕައިޑާ މޭން އުޅޭހެން އަރާށެވެ. އޭނާ އެ އެޕާޓްމެންޓާއި ހަމައަށް ނުދެވެނީސް އަވަށު މީހުން ވަނީ އޭނާގެ ގައިގާ ތަޅައިގެންފިއެވެ. އިންޑިއާގެ މުމްބާއިއަށް ނިސްބަތްވާ ޒުވާން ފިރިހެނަކު ހެނދުނު ގަޑީގައި ފްލެޓެއްގެ ހަތަރު ވަނަ ފަންގިފިލާއަށް އަރަން މަސައްކަތްކޮށްފައި ވަނީ އިމާރާތުުގެ މަތިން ތިރިއަށް އަޅާފައިވާ ހޮޅީގައި އެލިގަނެގެންނެވެ.

އޭނާ އެތަނަށް އަރަނިކޮށް އެ ސަރަހައްދުގައި އުޅުނު ބަޔަކަށް ފެނިގެން އޭނާ ހިފެހެއްޓިއެެވެ. އަދި އޭނާގެ ގައިގައި ތަޅާވެސް ގަތެވެ.

އޭނާ އެ ތަނަށް އަރާ މަންޒަރު ފެނިގެން އެކަމާއި، އަވަށު މީހުން އޭނާ ހޯދަން އުޅޭކަން އެނގުމުން މަސައްކަތް ކުރީ ފިލާށެވެ. އެގޮތުން އެ އިމާރާތުގެ ޓެރަސްއަށް އޭނާ އަރާ ފިލަަން އުޅުމުން އޭނާ ހިފަހައްޓާ ތަޅައިގަތުމަށްފަހު ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ.

އޭނާ ވަނީ ފުލުހުން ކައިރީގައި އޭނާ އެ އިމާރާތަށް އެރީ ލޯބިވެރިޔާ ކައިރިއަށް ދިއުމަށް ކަމަށް ބުނެފައެވެ. އޭނާގެ ލޯބިވެރިޔާ އުޅެނީ އެ އިމާރާތުގައި ކަމަށާއި، މީގެ ކުރިންވެސް އޭނާ އެ އިމާރާތަށް އެގޮތަށް އަރާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އެ ހާދިސާގައި އޭނާއަށް އަނިޔާއެއް ނުވެއެވެ. އަދި ފުލުހުން އޭނާގެ މައްސަލަ ނުބަލަން ނިންމިއެވެ.

މި މަހުގެ ކުރީކޮޅުގައިވެސް މިފަދަ ހާދިސާއެއް ފެންމަތިވިއެވެ. އުމުރުން 19 އަހަރުގެ ޒުވާނަކު އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާގައި އުޅެމުން އަންނަ ލޯބިވެރިޔާ ކައިރިއަށް، ދިއުމަށް އިމާރާތުގެ މަތިން ތިރިއަށް އަޅާފައިވާ ހޮޅި ބޭނުންކޮށްގެން އެރުމަށްފަހު ފައިބަނިކޮށް ވަނީ ކަހާލައިގެން ވެއްޓިފައެވެ.

އޭނާ އިމާރާތަށް އެރުމަށްފަހު ލޯބިވެރިޔާ ކައިރިއަށް ނުގޮސް ފައިބަން ޖެހުނީ، ލޯބިވެރިޔާގެ ފިރިމީހާ ގޭގައި އުޅުމުންނެވެ.

އެ ހާދިސާގައި އެ ފިރިހެން މީހާ މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯޑް

    ފިލަަން އުޅުމުން އޭނާ ހިފަހައްޓާ ތަޅައިގަތުމަށްފަހު ފުލުހުންނާއި ހަވާލުކުރީއޯ! އަދި އޭނާ އަށް އެއްވެސް އަނިޔާ އެއްނުވެޔޯ!

    • ކުނބޯލި

      އެއަވަށުކުދުންގެއަތް ވަރަށް ސޮފްޓް ވާނެ.

      4
      1
  2. ތަޅާ

    ބަލަ ސްޕަންޖުން ތަޅައިފިއްޔާ އަނިޔާއެއް ނުވާނެއްނު

    11