ބަރުދަން އިތުރުވެ މީހާ ގައިގައި ޖަހާފައި ހުންނަ މަސް އިތުރު ވުމަކީ ހެލިފެލިވެ އުޅުމަށާއި އާދައިގެ ކަންކަން ކުރުމަށްވެސް ވަރަށް ބޮޑު ހުރަހަކަށް ވާ ކަމެކެވެ. ނަމަވެސް އެންމެ ފަހުގެ ދިރާސާ ތަކުން ހާމަވާ ގޮތުގައި ރުއިމުން ބަރުދަން ލުއިވެއެވެ. ނަމަވެސް މިކަން ކުރުމަށްޓަކައި ރުއިން އެންމެ ރަނގަޅީ ކޮން ވަގުތެއްގައި ކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ.

އިންސާނުންގެ ލޮލަށް ކަރުނަ އަންނަނީ 3 ކަމެއްގެ ސަބަބުންނެވެ. އެއް ގޮތަކީ ގުދުރަތީ ގޮތުން އެއްވެސް ކަމެއް ނުކޮށް ހުންނަ އިރު އަންނަ ކަރުނަ ކަމުގައި ވާއިރު ދެވަނަ ވައްތަރަކީ ހިރަފުހާއި އެނޫންވެސް އުނދަލެއް ވުމުގެ ސަބަބުން އަންނަ ކަރުނައެވެ. އެންމެ ފަހު އަދި އެންމެ މުހިއްމު ވައްތަރަކީ ކަމަކާމެދު ދެރަވެ، ހިތާމަ ކޮށް، ނުވަތަ އަންނަ ރުޅީގައި ފައިބާ ކަރުނައެވެ. މީހާގެ ބަރުދަން ލުއި ކޮށްދެނީ މިބާވާތުގެ ކަރުނައިންނެވެ.

އެންމެ ފަހުގެ ދިރާސާ ތަކުން ދައްކާ ގޮތުން މިދެންނެވި ފަދަ ކަރުނަ އަޅައި ރޯން އެންމެ ރަނގަޅު ގަޑިއަކީ ހެނދުނު 7 ކާއި 10 އާއި ދޭތެރޭގައެވެ. އެއީ މީހާގެ ގައިގައި ހުރި އުދާސްތައް ބޭރު ކުރަން އެންމެ ރަނގަޅު އަދި ފަސޭހަ ގަޑިއަކީ މިއީއެވެ.

ތިއީ ހަޔާތުގައި ދިމާވާ ކަންކަމުގެ ސަބަބުން ވަރަށް ގިނައިން ރޯން ޖެހޭ އަދި ބަރުދަނުގެ މައްސަލަ ދިމާވެފައިވާ މީހެއް ނަމަ އެ ގަޑީގައި ރުއިން އާދަ ކުރާށެވެ.

ނަމަވެސް އެ ކަރުނަ ތަކަކީ އަސްލު ކަރުނައަށް ވެގެން ނޫނީ ބަރުދަން ލުޔެއް ނުވާނެއެވެ. އެހެންކަމުން ހިތުގެ އުދާސްތައް ބޭރު ކުރާ ގަޑިއަކީ އެއީ ކަމުގައި ހަދާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އެންމެ ރަގަޅު ވަގުތަކީ ފަލަ މީހުން ގަދަޔަށް ކައިގެން ފިނިކޮށްލަން ތިބޭ ވަގުތު އެމީހުންނާ ދިމާލަށް ބަލަބަލާފައި ރޮވޭނެ ވަގުތެއް!