އެންމެންވެސް ބޭނުން ވަނީ އެމީހެއްގެ ފުރަތަމަ ކައިވެނި ވަރަށް ޚާއްސަ ކުރާށެވެ. އަދި އެ ކައިވެނި އަބަދަށް ދެމި އޮންނާނެ ކަމުގެ ފޮނި އުއްމީދުގައި އެތައް ބަޔަކު ކައިވެނި ޕާޓީ އާއި އެކަމާއި ގުޅިފައިވާ އެހެން ކަންތައް ތައްވެސް ވަރަށް ފުރިހަމަ އަށް ކުރެއެވެ.

ނަމަވެސް، އިނގިރޭސި ވިލާތުގެ ދެ ލޯބިވެރިން މިވަނީ ވަރަށްވެސް އާދަޔާ ހިލާފް ކަމެއް ކޮށްފައެވެ. އެ މީހުން އެންގޭޖް ވުމަށްޓައި އަންހެން ކުއްޖާ ބޭނުންވީ ދަނބު ކުލައިގެ ޑައިމަންޑް އަނގޮޓިއެކެވެ. އެހެންކަމުން އެ އަނގޮޓި ގަތުމަށްޓަކައި އެ ދެ މީހުން އުޅެމުން އައި ގެ ވަނީ ވިއްކާލައިފައެވެ. ރީތި އަނގޮޓިއަކަށް އުޅެމުން އައި ގެ ވިއްކައިލި ނަމަ މީހުންނަށް ކިޔޭނޭ މާ ބޮޑު އެއްޗެއް ނޯންނާނެއެވެ.

ނަމަވެސް، މި އަންހެން މީހާ އެ އަނގޮޓީގެ ފޮޓޯ އެއް މީސް މީޑިއާގައި ހިއްސާ ކުރުމަށް ފަހު ބުނެފައި ވަނީ އޭނާގެ "ޑްރީމް ރިންގް" ގަތުމަށްޓަކައި ގެ ވިއްކާލީ ކަމަށާއި، އެ އަނގޮޓި އޭނާއަށް ހަމަ ބަރާބަރު ކަމަށެވެ. ހަގީގަތުގައި އެ އަނގޮޓި އެހައި ރީއްޗެއް ނޫނެވެ. އެ އަންހެން މީހާ ކުރި ޕޯސްޓާއި ގުޅިގެން އެތައް ހާސް ބަޔަކު އެކަމަށް ޖޯކު ޖަހަމުން އަންނަ އިރު، އެއްބަޔަކު އެ އަނގޮޓި އާއި ކުޑަކުދިން އަތުގައި އަޅާ އެއްޗަކާއި އެއްފަދަ ކޮށްފައި ވާއިރު، އަނެއް ބަޔަކު ބުނެފައި ވަނީ އެ އަނގޮޓި ބަރާބަރު ކަމުން އޭނާގެ އިނގިލިވެސް ރަތް ވެފައި އޮތް ކަމަށެވެ.

އަނގޮޓި އަށް ފާޑު ކިޔައި މީހުން ކޮށްފައިވާ ކޮމެންޓު ތައް

އެއީވެސް ތެދެކެވެ. އެ އަނގޮޓި ބާރު ކަމުން އޭނާގެ އިނގިލިވެސް އެ އޮތީ ރަތްވެފައެވެ. ކައިވެނީގެ ކުރިން ބާއްވާ އެންގޭޖްމެންޓު ޕާޓީ އަށް ގެ ވިއްކާލައިގެން އަނގޮޓި ގަނެފައި ވާއިރު، ކައިވެންޏެއް ވާނީ ކިހިނެއް ބާވައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ އަންހެން މީހާ މަސައްކަތް ކުރަމުން އަންނަނީ ފިހާރަ އެއްގައެވެ. ކައިވެންޏަށް ކަމަށް ބުނެ ދިވެހިންގެ ތެރޭގައިވެސް މިގޮތަށް ބޭކާރު ހަރަދު ކުރާ އެތައް ބަޔަކު އުޅޭ އިރު މިއީ ވިސްނާލަން ޖެހޭ ކަންކަމެވެ.