އެމެރިކާ އަށް ނިސްބަތްވާ އަންހެނެއްގެ ލޮލު ތެރެއިން ފަނިތަކެއް ނަގައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާއަކީ މިފަދަ މައްސަލައެއް މިހާތަނަށް ކުރިމަތިވި ފުރަތަމަ މީހާއެވެ. އޭނާގެ ވައަތްފަޅީގެ ލޮލުން 14 ފަނި ވަނީ ނަގާފައެވެ.

އުމުރުން 26 އަހަރުގެ އަންހެން މީހާގެ ލޮލުން ފަނިތައް ނަގާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަސް ތެރޭގައެވެ. ނަަމަވެސް ސައިންސްވެރިން އެ ހަދިސާގެ ރިޕޯޓް އާންމު ކޮށްފައި ވަނީ މިިދިޔަ ހޯމަ ދުވަހުއެވެ.

އަބޭ ބްކްލޭ ނަމަކަށް ކިޔާ އެ އަންހެން މީހާއަށް ޖެހިފައިވާ ބައްޔަކީ ތެލަޒިޔާ ގުލޯސާ ނަމަކަށް ކިޔާ ބައްޔެކެވެ. އެއީ ނޮދަން އެމެރިކާ އާއި ސަދަން ކެނެޑާ ހިސާބުގެ ސައިކުރާތަކުގެ ތެރެއިން ފެންނަ ފަނިތަކެއް ކަަމަށްވިޔަސް، އިންސާނެއްގެ ލޮލުން އެ ފަނިތައް ފުނުނު އެއީ ފުރަތަމަ ފަހަރެވެ.

ސައިންޓިސްވެރިން ހާމަކޮށްފައިވާގޮތުގައި، އެ ފަންޏަކީ އުދެހޭ މެހިތަކެއް ގޮތަަށް އުޅޭ އެއްޗެއް ކަމަށާއި، އޭތި ކަރުނަތައް ބޮއެ ލޮލުގެ ކަޅީގެ ތެރެ ފެންކަޅީކޮށްލާ ކަމަށެވެ.

ބްކްލޭއަކީ އޭނާ ދިރިއުޅޭ ހިސާބުގަނޑުގެ އެކި ސަރަހައްދުތަކުގައި އުޅޭ މީހެކެވެ. އޭނާގެ ލޮލުގައި ފަނިތަކެއް އުޅޭކަން އެނގުނީ މާބޮޑަށް ލޯ ހިރުވާތީ ޑޮކްޓަރަށް ދެއްކުމުންނެވެ. އޭނާ ޑޮކްޓަރަށް ދައްކައި ލޮލުން 14 ފަނިނެގިއިރު، އޭގެ ފަހުން އޭނާގެ ލޮލުން ފަނިތައް ފެނިފައެއް ނުވެއެވެ.

އާއްމުކޮށް މި ބާވަތުގެ ފަނިތައް ޖަނަވާރުތަކުގެ ލޮލުން ފެންނަކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު