އިބްރާހިމް ޝަމީލް ނުވަަތަ މޯލްޑިވިއަން އައިޑޮލްގައި މަޝްހޫރު ޗައިވާލާ ކަޓައި މޯލްޑިވިއަން އައިޑޮލްގެ ގަދަ އަށް ބައިވެރިން ޔަގީން ވެއްޖެއެވެ.

މިރޭ ޝަމީލް ކެޓިއިރު، އޭނާ އެދަނީ އެތައް ބަޔަަކަށް އޭނާގެ އަޑުގެ ޖާދޫގައި ޖައްސުވާލާފައެވެ. ރޭ ކުރިއަށްދިޔަ ޝޯވގައި ދެއްކި ހުށަހެޅުމަށް ބަލައި، މިރޭ އޭނާ ކަޓައިގެންދިޔައިރު، ރޭ އޭނާގެ ހުށަހެޅުން ޖަޖުންނަށް އެހާ ކަމަކު ނުދިޔައެވެ.

އެ ޝޯވގެ ހުށަހެޅުންތަކަށް ބަލައި ޖަޖުންގެ 50 އިންސައްތަ މާކްސް އާއި އަދި ބެލުންތެރިންގެ 50 އިންސައްތަ މާކަސްއާއެކު ގަދަ އަށް ބައިވެރިން ޔަގީންވިއިރު، އަންނަ ހަފްތާވެސް ފޯރިގަދަ ހުށަހެޅުންތައް ފެނިގެންދާނެކަން ޔަގީނެވެ.ވާދަވެރި ފޯރިގަދަ ލަވަތަކެވެ.

ރޭގެ ޝޯވގެ ތެރެއިންވެސް ވަރަށް ބޮޑަށް ބައިވެރިން ރަނގަޅު ކުރަންވީ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަދައްކާފައި ވެެެއެވެ.

މިރޭ އަށް ބަލާއިރު، ރީތި ގްރޫޕް ލަވަތަކެއް ބައިވެރިންގެ ފަރާތުން ފެނިގެން ދިޔައެވެ. މިރޭ އޮތީ މޫވީ ނައިޓެވެ. މިރޭ ހާއްސަ މެހްމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ މަޝްހޫރު ނެށުންތެރިޔާ ރަވީ ފާރޫގެވެ.

މޯލްޑިވިއަން އައިޑޮލްގެ ގަދަ އަށއއް ޔަގީންވި ބައިވެރިންނަކީ

ހަސަން ޝަހުދާން

އައިމިނަތު ސައިނާ މުހައްމަދު ރަޝީދު

ތަސްލީމް ޢަބްދުލްކަރީމް

ނައުޝާދު ޢަބްދުލްލަތީފް

ރައިހާން އާދަމް

މަރިޔަމް މައީޝާ

ޢަބްދުﷲ މުނާޒް

އައިޝަތު އަޒަލް އަލީ ޒާޙިރު