ޖެކްލިން އާއި ސަލްމާން ޚާން ކުޅުނު ކާމިޔާބު ފިލްމު "ކިކް" އަށްފަހު "ކިކް 2"ގެ މަސައްކަތް ފަށައިފިއެވެ.

ސާޖިދު ނަދިޔާދުވާލާ ޑައިރެކްޓްކުރި އޭނާގެ ފުރަތަމަ ފިލްމް "ކިކް" އަކީ ޖަކުއަލައިންގެ އެންމެ ކާމިޔާބު ފިލްމު ވެސްމެއެވެ. މި ފިލްމަކީ އެތަށް ބަޔަކަށް ކަމުދިޔަ ފިލްމަކަށްވަނީ ވެފައެވެ.

މިހާރު "ކިކް 2" ގެ ވާހަކަ ދެކެވެމުންދާއިރު ސަލްމާން ޚާން އާއި އެކީގައި "ކިކް 2" ގައި ހަރަކާތްތެރިވާނެ ފަންނާނާއި ގުޅިގެން ތަފާތު ވާހަކަތަކެއް ވަނީ ދެކެވެމުންނެވެ. ބައެއް ފަރާތްތަކުން މިފަހަރުވެސް ލީޑް އެކްޓްރެސްގެ ގޮތުގައި ޖެކްލިން ފެންނާނެ ކަމަށް ބުނާއިރު އަނެއްބައި ފަރާތަކުން ބުނަނީ މިފަހަރު ފެންނާނީ އާ ފަންނާނެއް ކަމަށެވެ.

އެކި ވާހަކަ ތަކަށްފަހު ފިލްމް ޕްރޮޑިއުސްކުރާ ނަދިޔާދުވާލާ ގްރޭންޑްޝަން އެންޓަޓެއިންމަންޓް އިން ވަނީ މި ފަހަރު މި ނެރޭ ކިކް ގެ ދެވަނަ ބައިގައި ލީޑް އެކްޓްރެސްއަކީ އަމީ ޖެކްޝަން ކަން ހާމަކޮށްފައެވެ. އަދި އޭނާ ހަމަޖެއްސީ އޭނާ އަކީ މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ފަންނާނެއް ކަމަށްވާތީއާއި، "ކިކް 2" ގެ ރޯލް އޭނައާއި ގުޅުން ބޮޑުކަމުން ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ.

އަމީ ޖެކްޝަން މިހާރު އުޅެނީ "2.0" ގެ މަސައްކަތުގައެވެ.