ސަރުކާރު ހޮސްޕިޓަލެއްކަމަށްވާ ގާންދީ ހޮސްޕިޓަލްގައި ތަމްރީން ފުރިހަމަ ކުރަމުންދިޔަ ދެ ދަރިވަރަކު، ފިޒިއޮތެރަޕީ ޑިޕާޓެމެންޓުގައި ނެގި ޓިކްޓޮކް ވީޑިއޯތަކެއްގެ މައްސަލަ ފެންމަތިއްވެއްޖެއެވެ.

ޝިޔާމް އާއި ވީނާއަކީ ހޮސްޕިޓަލްގެ ފިޒިއޮތެރަޕީ ޑިޕާޓެމެންޓުގައި ޓެކްނީޝަނުންގެ ގޮތުގައި ތަމްރީން ފުރިހަމަ ކުރަމުން އައި ދެ ޒުވާނުްނެވެ. އެ މީހުން އެ ޑިޕާޓްމެންޓް ތެރޭގައި ޓިކްޓޮކް ވީޑިއޯ ނަގާފައި ވަނީ ބަލިމީހުން ނެތް ގަޑިއެއްގައެވެ.

ދެ ކޮލެޖެއްގައި ކިޔަވަމުން އަންނަ މި ދަރިވަރުން ހޮސްޕިޓަލްގައި ޓިކްޓޮކްގެ ހަތަރު ވީޑިއޯއެއް ނެގިއެވެ. ތަފާތު އެކްޓް ޖައްސަމުން ނެގި އެ ވީޑިއޯތައް މީސް މީޑިއާގެ ސަމާލުކަންވެސް ލިބުނެވެ.

އެ މައްސަލާގައި މިހާރު އެ ދެ ދަރިވަރުން ވަނީ އެ ހޮސްޕިޓަލުން ތަމްރީން ފުރިހަމަ ނުކުރެވޭނެ ގޮތަށް އެތަނުން ކަނޑާލާފައެވެ. މި ދެ ދަރިވަރިން އެ ހޮސްޕިޓަލްގައި ހަ މަސް ދުވަހުގެ ތަމްރީން ފުރިހަމަ ކުރަން ޖެހުން ނަމަވެސް، އެ މީހުންނަށް އެތަނުގައި ހޭދަ ކުރަނީ ތިން މަހެވެ. އެ މައްސަލަ މި ދެ މީހުން ކިޔަވަމުން އަންނަ ކޮލެޖުންވެސް ދަނީ ބަލަުންނެވެ.