އިންޑިއާގެ ޕުންޖާބް ފުލުހުންގެ އިންސްޕެކްޓަރަކު 50 އަހަރު އަންހެނަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މައްސަލައާ ގުޅިގެން އެ ފުލުސް މީހާ ވަނީ ހައްޔަރުކޮށްފައެެވެ. ސުޚްދެވް ސިންގ ނަމަކަށް ކިޔާ އެ ފިރިހެން މީހާ އުމުރުން 50 އަހަރުގެ އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ކާރެއްގެ ތެރޭގައިކަމަށް ވެއެވެ.

އެ އަންހެން މީހާއާ ހަވާލާދީ އިންޑިއާ ނޫސްތައް ބުނާގޮތުގައި، އޭނާ ރޭޕްކޮށްފައި ވަނީ، ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އެ އަންހެން މީހާ ޗަންދިގަރްއަށް ބޭސް ފަރުވާއަކަށް ގޮސް އެނބުރި އަވަށަށް ދިޔުމަށް ކާރުގައި ދިޔަ ވަގުތުގައެވެ.

އެ އަންހެން މީހާ ބުނިގޮތުގައި، ވަކި ހިސާބަކަށް ކާރުގައި ދުއްވާލުމަށްފަހު ސާފު ވައި ބޭނުންވާތި ކާރުން އޭނާ ފޭބިއެވެ. އަދި އެ އެ ވަގުތު އެ ފުލުސް މީހާ އައިސް އޭނާ ރޭޕް ކުރީއެވެ. އެ އަންހެން މީހާ ބުނާގޮތުގައި އެ ފުލުސް މީހާ ދިޔައީ އެ އަންހެން މީހާގެ ހަރަކާތްތަކަށް ފާރަލަމުންނެވެ.

އެ މައްސަލައާ ގުޅިގެން އެ ފުލުސް މީހާ ހައްޔަރުކުރިއިރު، އެ އަންހެން މީހާ މެޑިކަލް ޓެސްޓުތައް ހަދަމުންދާކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އިންޑިއާގެ ޝަރަފް.

 2. އިނޑިއާ މިިހާރު ވިސްނަނީ ކުދި ގައުމުތަށް ވެސް (ރޭޕުކުރަން)

 3. އިންޑިޔާއިން ތިކަންތައް ހައްލުކުރިޔާތާހިރެއނޫން، އެހެންގައުމުތަކުގެ ދާހިލީކަންކަމުގަ ތެރެއަށނުވަދެ!

 4. ކެނަރީ ސޮނިބެ

  އިންޑިޔާއިން ތިކަންތައް ހައްލުކުރިޔާތާހިރެއނޫން، އެހެންގައުމުތަކުގެ ދާހިލީކަންކަމުގަ ތެރެއަށނުވަދެ!

 5. ޑިމޮކްރަޓިސްޓް

  ތި ފުލުސް މީހާ ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް އިންޑިޔާ ސަރުކާރަށް ގޮވާލަން:::::::

 6. ޭތިލަދުންމަތި

  ހެހެހެ މޯދީބޭ